ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ތަށި އުފުލާލާއިރު ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
17 ޖެނުއަރީ 2019 - 09:03
ޖިއްދާ، ސައުދީ އަރަބިއާ (ޖެނުއަރީ 17) – ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ހަމައެކަނި ގޯލާ އެކު 1-0 އިން އޭސީ މިލާން ބަލިކޮށް އިޓާލިއަން ސުޕަ ކަޕް ޔުވެންޓަސް އިން ރޭ ކާމިޔާބުކޮށްފި އެވެ.
ސައޫދީ އަރަބިއާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ރޭ ހޯދި ކާމިޔާބީއާ އެކު ޔުވެންޓަސް އަށް ވަނީ މި ތަށި އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ޝަރަފް ލިބިފަ އެވެ. އިޓާލިއަން ލީގާއި އިޓާލިއަން ކަޕުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މެޗު ޔުވެންޓަސް އަށް ފަހަރު ކާމިޔާބުކޮށްފައިވާއިރު މިލާން ވަނީ ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ކްލަބް ދޫކޮށްލުމުގެ މަގުމަތީގައި ހުރި ގޮންޒާލޯ ހިގައިން، ގަދަ ހުމެއްގެ ސަބަބުން ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި މިލާނުން ނުހިމަނަ އެވެ. އަދި ސަސްޕެންޝަނުގެ ސަބަބުން ސޫސޯ ވެސް ނުކުޅެ އެވެ. އެކަމަކު އެ ޓީމަށް ދާދި ފަހުން ގެނައި ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ފުރަތަމަ އެގާރައިގައި ކުޅުނެވެ.
ރޭގެ މެޗުގައި ޖުމްލަކޮށް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަތީޖާ ބަދަލުކޮށްލި ގޯލް 61 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހީ މިރެލަމް ޕިޔަނިޗް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިލާނުން އެއްވަރުކުރަން ކުރި މަސައްކަތަށް ހުރަސް އެޅުނީ 73 ވަނަ މިނެޓުގައި ފްރޭންކް ކެސީ އަށް ރަތްކާޑެއް ދެއްކުމުންނެވެ. މެޗުގެ ފަހު ވަގުތު މިލާނުގެ އަންދްރޭ ކޮންޓީ އަށް އޭރިއާ ތެރެއިން ޔުވެންޓަސްގެ އެމްރޭ ޗޭން ފައުލްކުރުމުން މިލާނުން ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ.
"ޔުވެންޓަސްއާ އެކު ފުރަތަމަ ތަށި ލިބުމުން ވަރަށް އުފާވެއްޖެ. މި ތަށި ވަރަށް ބޭނުންވި 2019 ވަނަ އަހަރު ރަނގަޅު ފެށުމަކުން ފަށަން. މިއީ ހަމައެކަނި ފެށުން. އަހަރެމެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅާނީ. ދެން އޮތް ޓްރޮފީ ހޯދަން އަނެއްކާ ވެސް ބުރަކޮށް މަސައްކަތްކުރަނީ،" މި ސީޒަނުގައި ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ގެނައުމަށްޓަކައި ޔުވެންޓަސް އިން ދޫކޮށްލި އާޖެންޓީނާ ފޯވާޑް ހިގުއައިން މި ސީޒަނުގައި ލޯން އުސޫލުން މިލާނަށް ބަދަލުވެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. ރޭގެ މެޗުގެ ފަހު ބައިގައި އެރި ނަމަވެސް، ފުރަތަމަ އެގާރައިގައި ނުހިމެނި ހަގީގީ ސަބަބަކީ އޭނާ ޗެލްސީ އަށް ބަދަލުވުމުގެ މަސައްކަތް ހިނގަމުން އައުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީން މިހާރު ވަނީ ހިގުއައިން އާއި ޔުވެންޓަސްއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެކަމަކު އެ ޑީލް ނިމެން އޮތީ މިލާނަށް އެހެން ފޯވާޑެއް ލިބިގެންނެވެ. ޖެނޯއާގެ ޕޮލެންޑް ފޯވާޑް ކްރިސްޓޮފް ޕިއަންޓެކް 40 މިލިއަން ޔޫރޯ އަށް ގަންނަން މިލާނުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަން ނާކާމިޔާބުނުވެއްޖެ ނަމަ މިލާނަށް ލޯން އުސޫލުން މިޗީ ބަޓްޝުއާއީ ދޭން ޗެލްސީ އޮތީ ތައްޔާރުގަ އެވެ. ޗެލްސީގެ ލޯނެއްގެ ދަށުން ވެލެންސިއާ އަށް ކުޅެމުން އަންނަ ބަޓްޝުއާއީ މޮނާކޯ އަށް ބަދަލުވާން ކުރި މަސައްކަތް ޗެލްސީން މިވަގުތަށް ވަނީ ހުއްޓުވާލައިފަ އެވެ. ބޭނުމަކީ ހިގުއައިން ގެންނަން މަގުފަހިކުރުމަށްޓަކައި ބަޓްޝުއާއީ މިލާނަށް ދިނުމެވެ.
ޗެލްސީން ޔުވެންޓަސްއާ އެކު އެއްބަސްވެފައިވަނީ ހިގުއައިން ލޯން އުސޫލުން ގެނެސް ފަހުން ކޮންޓްރެކްޓް ދާއިމީކުރާ ގޮތަށެވެ. ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަކީ ހިގުއައިން ނަޕޯލީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އިރު އެ ޓީމުގެ ކޯޗެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހިގުއައިން ލިބޭނެ ކަމުގެ ޔަގީންކަމާ އެކު، ޗެލްސީން މިހާރު ވަނީ އަލްވާރޯ މޮރާޓާ އެތުލެޓިކޯ މެޑްރިޑަށް ލޯން އުސޫލުން ދޫކޮށްލަން އެއްބަސްވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
19 January 2019
ކިތަންމެ ވަރަކަށް ކަލޭމެން މަލާމާތުގެ ކޮމެންޓްތައް ލިޔުނަސް މަ މެޗްތައް ބަލަން ނުދާކަމަށް ނުވާނެ.ކަލޭމެންތިބެބަލަ.
ނިއުމާާ
17 January 2019
މަރުހަބާ ޔުވެންޓަސްގެ ނަމްބަރ ވަން ފޭން، ރަދީފް. ސްޓޭޑިއަމުން މި މެޗް ބެލިކަމަށް އުއްމީދުކުރަން.
އެންޓިރަދީފު
17 January 2019
އޭނާ ޔުވެންޓާހުހޭ؟ އަހުންނަށް އޮޅިއްޖެ ބައެއްފަހަރު ބާސާ އަނެއްބައި ފަހަރު އާސެނަލް.. މިވަރު މީހަކު ޓީމެއްގެ ނަންބަރ ވަން ފޭނަށް ވަނީ ކިހިނެއް؟؟
ހިސޭ
18 January 2019
ބާރސާ އަދި އާރސެނަލް ކުޅޭ މެޗުތައް ބަލަން އޭނަ ސްޓޭޑިއަމަކަށް ނުދޭ. އެކަމަކު އޭނާއަކީ ޔުވެންޓަސްގެ ސީޒަން ޓިކެޓް ހޯލްޑަރ އެއް. ޔުވެންޓަސްގެ އެންމެ މެޗެއްވެސް މިސްނުކުރޭ
ރަދީފް
17 January 2019
މަރުހަބާ ޔުވެންޓަސް ، މަރުހަބާ ރޮނާލްޑޯ ، ސާބަހޭ ރޮނާލްޑޯ.ރޮނާލްޑޯގެ އެހީތެރިކަމާއިއެކު މިފަހަރު ޔޫސީއެލް ވެސް ޔުވޭ ކާމިޔާބްކުރުން އެއީ ދެކެން ބޭނުންވާ ކާމިޔާބީއެއް. #ފޯޒާޔުވޭ #ފޯޒާޔުވޭ
ކަރާފަޅާ ރަދީފް
17 January 2019
ކަރާބެ ދިޔާންތަ މިމެޗް ބަލަން..؟
ކްރިސްޓިއާނޯ ރޮނާލްޑޯ
17 January 2019
ރަދީފްބޭބެ މިމެޗް ބަލާލަން ސްޓޭޑިއަމަށް ދުރުވި އަދި މަށާ އެކު ސެލްފީވެސް ނެންގެވި،