ރިޕޯޓް / ކްލިނިކްތައް

ކްލިނިކްތައް ހުއްޓުން: ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް

ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ކައުންސިލިން ދެނީ. ހެލްތު މިނިސްޓްރީން ގެޒެޓް ކުރި ގަވާއިދުގެ ދަށުން ކައުންސިލިން ފަދަ ހިދުމަތްތައް ދެވޭނީ މާސްޓާސް ނުވަތަ ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި ސައިކޮލޮޖިސްޓުންނަށް. ފޮޓޯ: އައިސީޕީ

ރާއްޖޭގައި ނަފުސާނީ ބަލިތަކަށް ފަރުވާދިނުން އާންމު ވަމުންދާއިރު، އެކަމަށް ހާއްސަ ކްލިނިކްތައް ހިންގާ މީހުންނާއި ނަފުސީ ޑޮކްޓަރުން މިހާރު ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އެލައިޑް ހެލްތު ކައުންސިލްގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާއިން ރަޖިސްޓަރީކޮށްދޭ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތައް ކަނޑައަޅައި، އެ ގަވައިދު ގެޒެޓް ކުރުމާ އެކު، ކައުންސިލަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. އޭގެ ނަތީޖާ އަކީ ނަފުސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކްތައް މިހާރު ބަންދުކުރުމެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ) ވުޖޫދަށް އައުމާއެކު ދިވެހިންގެ ހިތްތަކަށް ފިނިކަމެއް ލިބުނެވެ. އަދި މީގެ ހައެއްކަ މަސް ކުރިން އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) ވެސް ވުޖޫދަށް ވަނީ އައިސްފަ އެވެ.

މި ދެ ކްލިނިކުން އެކަނިވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ 3،000 އަށް ވުރެ ގިނަ ދިވެހިން އެބަތިއްބެވެ. އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި މަސައްކަތް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅައި 50،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމުގެ ބިރާއެކު މި ހުރިހާ އެންމެންނަށް އެއް ފަހަރާ ހިދުމަތް ދެވޭނެތޯ މިއީ އުފެދޭ ސުވާލެކެވެ. ހެލްތު މިނިސްޓްރީން ބުނާ ޝަރުތުތައް ހަމަވަނީ ދެ ކްލިނިކުން އެންމެ ފަސް މީހެކެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް ކަމަށްވާ މިޕްސްޓާ. ހެލްތު މިނިސްޓްރީން އާންމު ކުރި ގަވާއިދެއްގެ ސަބަބުން މި ތަން ވަނީ ހުއްޓުމަކަށް އައިސްފައި. - މިހާރު ފޮޓޯ: ނިޝާން އަލީ

ކްލިނިކްތައް ހުއްޓުމުގެ އަސްލަކީ ކޮބާ؟

ދެ ކްލިނިކްގެ ކަންބޮޑުވުމަކީ އެލައިޑް ހެލްތު ކައުންސިލުގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާއިން ރަޖިސްޓަރީކޮށްދޭ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތަކެއް ކަނޑައަޅާފައި ވުމެވެ. ކައުންސިލްގައި ރަޖިސްޓްރީކޮށްދޭ ޝަރުތުތަކުގެ ތެރޭގައި ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތުމާއި ސައިކޮލޮޖީގެ ރޮނގުން ކިޔެވި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮތުމާއި 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ބިހޭވިއަރަލް އެނަލިސްޓް ސައިކޮލޮޖިސްޓެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ބޭނުންވާ ޝަރުތުތަކަކީ، އެ ދާއިރާއާ ގުޅުން ހުރި ރޮނގަކުން ބެޗެލާސް ޑިގްރީއެއް ހާސިލު ކޮށްފައިވުމާއި ބިހޭވިއަރަލް އެނަލިސިސް އިން މާސްޓާސް ޑިގްރީ އޮތުމާއި 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބުމެވެ. ޕްރޮފެޝަނަލް ކްލިނިކަލް، ޗައިލްޑް، ކައުންސެލިން، އެޕްލައިޑް ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތަކަކީ PHD އާއި PsyD ހާސިލުކޮށްފައިވުމާއެކު 1000 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބުމެވެ.

ކްލިނިކްތައް ހުއްޓުމަކަށް އައުން: ބޮޑު ގެއްލުމެއް:

ހެލްތު މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި ގަވައިދާ އެކު، ސައިކޮލޮޖިސްޓުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށްދޭތީ ދެ ކްލިނިކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސައިކޮލޮޖިސްޓްސް އެސިސްޓެންޓްގެ ވަގުތީ ހުއްދައެއް ލިބެނީ މިދިޔަ އޭޕްރީލްއާ ހަމައަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ ތެރެއިން ސައިކޮލޮޖީ އިން ބެޗެލާސް ޑިގްރީއެއް އޮތް އަދި ރަޖިސްޓްރީވެފައި ތިބި މީހުންނަށެވެ. ގްރެޖުއޭޓްވާ މީހުންނާއި ތަމްރީންގެ މަރުހަލާގައި މަސައްކަތް ކުރާ މީހުންނަށް އެ ފުރުސަތެއް ނެތެވެ.

މިޕްސްޓާ ކްލިނިކްގެ ފައުންޑާ މެމްބަރު އަދި ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވީ އެ ކްލިނިކްގައި ގްރެޖުއޭޓްވެފައި ތިބި މީހުން އަދި ފުރަތަމަ ޑިގްރީ ހަދާފައި ވާ މީހުން އެބަތިބި ކަމަށެވެ. ނަމަވެސް ގަވާއިދުގެ ދަަށުން އެ މީހުންނަށް މަސައްކަތް ނުކުރެވި ނިކަމެތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މިޕްސްޓާ ކްލިނިކް. - މިހާރު ފޮޓޯ: ނިޝާން އަލީ

ނާޒް ވިދާޅުވި ގޮތުގައި އެ މީހުން އެކަހެރި ކުރުމުގެ ބަދަލުގައި މަސައްކަތް ކުރުމުގެ ކޮންމެވެސް ހުއްދައެއް ލިބެން ޖެހޭނެ އެވެ. އަދި އެއްވެސް ކްލިނިކަކާ މަޝްވަރާނުކޮށް، މި ނިންމުން އައީ ކީއްވެގެންކަން ސާފުނުވާ ކަމަށާއި ސަރުކާރުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ގްރެޖުއޭޓުން އެބަޖެހޭ ތަޖުރިބާ ލިބިފައި ތިބި ބަޔަކަށްވާން. އަޅުގަނޑުމެންގެ ކްލިނިކްތަކުން އެ ތަޖުރިބާ ހޯދަނީ. މި ގަވާއިދާ އެކީ އެ މަގު ވެސް ވަނީ ބަންދުވެފައި. --ނާޒް

އާ އުސޫލުގައިވާ ގޮތުން ރާއްޖޭގައި ސައިކޮލޮޖިސްޓަކަށް ވުމަށް ރަޖިސްޓަރީކޮށްދޭ ދާއިރާތަކެއް ހުރުމުން، މި ދާއިރާ އިން ރާއްޖޭން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތެއް ނެތެވެ. އެއީ ރާއްޖޭގައި ހުރި އެއްވެސް ކޮލެޖަކުން މި ފެންވަރަށް ކިޔަވައި ނުދޭތީ އެވެ.

ރާއްޖޭގައި އެންމެ މައްޗަށް ވެސް ހެދެނީ ގްރެޖުއޭޓް ކޯހެކެވެ. ނާޒް ވިދާޅުވާ ގޮތުގައި މި ދާއިރާ އަށް ޝައުގުވެރިވާ މީހުން ރާއްޖޭން ބޭރުން ކިޔަވައިގެން އައުމަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ އެވެ. އެގޮތުން ދޭއް ނުވަތަ ތިން އަހަރުގެ މުއްދަތެއް ދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ.އައިޝަތު އަލީ ނާޒް "މިހާރާ" ރޭ ވާހަކަ ދައްކަވަނީ. - ފޮޓޯ: އައިސީޕީ

"މާސްޓާސްއާ ހަމައަށް ކިޔެވިފައި މިތިބީ އަތުން ގުނާލެވޭ މަދު އަދަދެއްގެ ބައެއް. ރާއްޖެއަކުން މާސްޓާސް ކިޔެވޭނެ ތަނެއް ނެތް. މިހާ މަދު ބަޔަކަށް ކިހިނެއްތޯ ރާއްޖޭގައި ހިދުމަތަށް އެދެމުންދާ މީހުންނަށް ހިދުމަތް ފޯރުކޮށްދޭނީ،" މީގެ 25 އަހަރު ކުރިން ނަފްސާނީ ބަލިތަކަށް ފަރުވާ ދެމުން އަންނަ ސައިކޮލޮޖިސްޓް ސުވާލު އުފެއްދެވި އެވެ.

ގަވާއިދު ގެޒެޓް ކުރުމުގެ ކުރިން މަޝްވަރާއެއް ނުކުރޭ

އައިސީޕީގެ ޓެކްނިކަލް ޑިރެކްޓަރު އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވި ގޮތުގައި ގަވާއިދު ވުޖޫދަށް އައީ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންގެ ލަފައާ އިރުޝާދެއް ނެތި އެވެ. އެހެންވެ ސައުދާ އާއި ނާޒް ވެސް ވަނީ ގަވާއިދު އަނބުރާ ގެންދިއުމަށެވެ. އަދި މެދުކެނޑުމެއް ނެތި ކްލިނިކްގެ ހިދުމަތް ދެވޭނެ ގޮތަކަށް ގަވާއިދު ބައްޓަން ކުރުމަށްފަހު އަލުން ގެޒެޓް ކުރުމަށެވެ.

ސައުދާ ވިދާޅުވީ މި ގަވާއިދުގެ ސަބަބުން ހިދުމަތް ހޯދުމަށް އަންނަ ކްލައިންޓުންގެ ހައްގަށް ވެސް އުނިކަން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މީހުން ގޮތް ހުސްވެފައިވާ ކަމަށާއި ހައްގުތައް މަހްރޫމްވިޔަ ނުދިނުމަށް ގަވާއިދަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން އެދެނީ މި ގަވައިދު ރިވައިސް ކުރަން. ކިޔަވައިގެން ނުކުމެ ވަޒީފާއެއް ނެތްނަމަ އެއީ އަޅުގަނޑުމެންގެ ޤައުމަށް ގެއްލިގެންދާ ވަރަށް ބޮޑު ރައުސުލްމާލެއް. --ސައުދާ

ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކުއްޖަކަށް ކައުންސިލިން ދެނީ. ފޮޓޯ: އައިސީޕީ

ނަފްސާނީ ގޮތުން އަސަރުކޮށްފައި ތިބި މީހުންގެ ބޮޑު ކަންބޮޑުވުމެއް

ހަޔާތުގެ ކޮންމެވެސް ހިސާބަކުން ދިމާވާ ހާދިސާއެއްގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ނަފްސާނީގޮތުން އަސަރުކޮށް، ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް މިއީ ހިތާމަވެރި ހަބަރެކެވެ. ކްލިނިކްތަކުން ހިދުމަތް ހޯދާ ބައެއް މީހުން "މިހާރާ" ވާހަކަ ދައްކަމުން ބުނީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އުންމީދުތައް ހާސިލް ކުރުމަށް ދެކެމުން އައި ހުވަފެންތަކުގައި "ކަސްތޮޅު" އެޅިފައިވާ ކަމަށެވެ.

އަޅުގަނޑުމެން މިތިބީ މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކުރަން ކެތް މަދުވެފައި. އެ ކަން ކުރަން ފުރުސަތު ގެއްލޭތީ ހިތާމަ ކުރަން. --ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ޒުވާނެއް

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ގަވާއިދުގައި ހުރި ކަންކަމާ ގުޅޭ މަޝްވަރާތައް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ކައުންސިލުން ބުނެފައި އޮތީ ވަކި ގޮތެއް ނުނިންމަމޭ ވަކި ބަޔަކު ރަޖިސްޓްރީ ނުކުރާކަށެއް. އަދި ވަކި ކެޓަގަރީއެއް ރަޖިސްޓްރީ ނުކުރާކަށެއް." ތަސްލީމާ ވިދާޅުވި އެވެ.

ނަފްސާނީ އިލްމަކީ ރާއްޖެއަށް ބޭނުންތެރި އިލްމެކެވެ. އެފަދަ އިލްމު އުނގެނިގެން އަންނަ ދިވެހިންގެ އަދަދު ވަނީ ގިނަވެފަ އެވެ. އެކަމަކު ގަވާއިދުގެ ސަބަބުން ގިނަ ބައެއްގެ ހައްގު ވަނީ ގެއްލި މަގުމަތިވެފަ އެވެ. މި ދާއިރާ އިން ކިޔަވައިގެން ވަޒީފާއެއް ލިބޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

9 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 78%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާސަރު

28 May 2016

މިސަރުކާރުގެ ކޮންމެ ވެރިއެއްވެސް ބަލަނީ ގައްޑާނިންމުމެއް ނިންމޭތޯ! އެކަމުން ވެދާނެ ގެއްލުމެއް ، ބަޔަކަށް ވާނެ އުނދަގުލެއްބެލުމެއްނެތް!

The name is already taken The name is available. Register?

އަހްމަދު

28 May 2016

ހަގީގަތުގަ އެއްވެސް ރަގަޅު ގޮތެއްނެތް. ފެންވަރު ދަމަހައްޓަން ޝަރުތު މައްޗަށް ޖައްސާލިޔަށް މަސައްކަތް ކުރާނެ މީހުންނެއް މި ގައުމަކުނެތް. ދެން ފެންވަރުދަށް ކޮށްލީމަ އަލަށް ޑިގްރީ ހަދައިގެން އަންނަ ޅަ ކުދިން މި މަސައްކަތުގަ ޝާމިލް ކުރަންނުޖެހޭ ފެންވަރުގަ ބައިވެރި ކުރީމަ ނުކުންނަ މައްސަލަތައްވެސް ވަރަށް ގިނަ. ކްލިނިކް ތަކުން ބޭނުން ވަނީ ގިނަ މީހުންނަށް ހިދްމަތް ތީ ގިނަ ފައިސާ ހޯދަން. އަދި ފީތައް އެހާ އަގުބޮޑު. ސެޝަނަކަށް 500 ރުފިޔާ އަދި ބައެއް ޕްރޮފައިލްތައް ހަދަިން 2000 ރުފިޔާ ނެގޭއިރު މާސްޓަރޒް ފެންވަރުގެ މީހުންނޭ ހިދްމަތް ދޭންޖެހޭނީ ބުނީމަ ދެން ކީއްވެގެން ތޯ އެކަން މައްސަލަޔަކަށް ވާންޖެހެނީ؟ ރަގަޅު ވާހަކަ ފުޅެއް. މީހުން މަދު. އެހެން ނަމަވެސް އަޅުގަޑުމެން ގަބޫލު ކުރަންޖެހޭ މިއީ ސެންސިޓިވް ދާއިރާއެއްކަން. ހިއުމަން ސަރވިސަސް އޭރިޔާގެ ބްރާންޗެއްގެ ވާހަކަ މި ދައްކަނީ. އެހެން ވީމަ ކޮލިޓީ އެޝުއަރ ކުރެވެންޖެހޭޏެ. ޓެސްޓް ތަކާއި ތިރަޕީތަކަކީ އެނގިގެން އޭގެއިން ނަތީޖާއެއް ނެރެވޭނެ ކަންކަމަށް ވާންޖެހޭނެ. ނިސްބަތުން ބޮޑު ފީ ތަކެއް މި ނަގަނީ. ދެން ސުވާލަކީ މިހާރު ވާ ވަރުވެސް ނުވާނެ ނޫންހޭ ދެން؟ ރަގަޅު ވާހަކައެއް. އެހެން ނަމަވެސް ބައެއް ހާލަތުގެ އެޑްވާންޓޭޖް ނަގަން އެހެން ބަޔަކަށް ހުއްދަ ދޭންވީތޯ؟ ފެންވަރު ނެތް މީހުން މި ރާއްޖޭގަ ނެތުމަކީ ސަރުކާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމެއް. ސަރުކާރުން ނަގަން ޖެހޭނ ޒިންމާއެއް ނުނެގިގެން ޕްރިވެޓް ކްލިނިކް ތަކުން ރައްޔިތުން 'ފެލަން' ތަން ދޭކަށް ކޮންމެ ހެން ނުޖެހޭނެ. ފެންވަރު ހުންނަން ޖެހޭނޭ މި ފެންވަރުގެ އެހެން ގައުމު ތަކުގަވެސް އަޅާ ކިޔޭވަރަށް، އަދި ރާއްޖޭގަ މާހައުލާއި ގުޅޭނެ ފަރުވާ ދެވޭ އަދި ނެގޭ ފީއާވެސް އެކަށީގެން ވާގޮތަށް.

The name is already taken The name is available. Register?

އަލީ

28 May 2016

ނޫސަތަކުން ދެން މޮޔަ ނުގޮވާ ބަލަ.. ވަކި ޕްރޮފެޝަނެއްގެ ބަޔަކު ރަޖިސްޓްރީކޮށްދީ ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމާއި އެމީހުންގެ ޑިގްރީ ގަބޫލުކުރުމާ ނުކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. ޑިގްރީ ގަބޫލު ކުރި ނަމަވެސް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބޭނީ އެކަމަށް އިތުރަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމުންނެވެ.. ލޯޔަރަކު, ލޯޔަރުކަމުގެ ޑިގްރީއެއް ނެގިނަމަވެސް ވަކާލާތުކުރުމުގެ ހުއްދަދީ ރަޖިސްޓްރީ ކުރެވޭނީ އެކަމަށް ފުރިހަމަވާންޖެހޭ އިތުރު ކަންތައްތަކެއް ކުރުމުންނެވެ.. ޑޮކްޓަރަކު އެމްބީބީއެސް ފުރިހަމަކުރިއަސް އިންޓާންޝިޕް ފުރިހަމަ ނުކުރާ ކަމަށް ވަންޏާ ޕްރެކްޓިސްކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ. އަދި ވަކިވަކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ އެކަމަށް ބޭނުންވާ އިތުރު ފާސްތަކާއި ތަޖުރިބާއަށް ފަހުގައެވެ.. އެކައުންޓުގެ ދާއިރާއިން ޑިގްރީއެއް ނެގި ނަމަވެސް ޗާޓަރު އެކައުންޓެއްޓެއްގެ ގޮތުގައި ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ. އެކަމަށް ރަޖިސްޓްރީކުރަން ފުރިހަމަވާންޖެހޭ ކަންތައްތަކެއް ވެއެވެ. ދެން އެހެންވީމާ އޭގެ މާނައަކީ އޭނާގެ އެކައުންޓިން ޑިގްރީ ބަލައި ނުގަތީއޭ ބުންނވީތޯއެވެ. ތިޔައްވުރެ ތަސައްރަފު ފުދެންވެއްޖެއެވެ.

The name is already taken The name is available. Register?

ޖޭމު ދޮންބެ

28 May 2016

އެއްވެސް ޤަވާއިދެއްގެ ދަށުން ކަންތަށް ކުރަން ފަށާފިނަމަ ދިވެހިން ކަންބޮޑުވަނެއެވެ. ދިވެހިން ނަކި ބަދަލު ގެންނަން ބިރުގަންނަ ބައެކެވެ. އެކަމަކު ދަކްޓަރ ކަން ކުރަން ވާނީ އެކަން ދަންނަ ބައެކެވެ.

The name is already taken The name is available. Register?

ބޯގޯސް

27 May 2016

ގަވަައިދެއް ހެދީމާ ކަމު ނު ދާނެ

The name is already taken The name is available. Register?

މުހައްމަދު

27 May 2016

މީ ވަރަށް ބޮޑު ހިތާމައެޢް.

The name is already taken The name is available. Register?

ކާސިމު

27 May 2016

ނަފުސާނީ ކުލިނިކުތައް ހިންގާ ފަރާތްތައް ކުލިނިކުތައް ބަންދު ކުރާކަށް ނުޖެހޭނެ ފެންވަރު ހުރި މީހުން ގެނޭ! މިހާރު ތިދުމަތް ދެނީ ބޮޑު އަގުނަގައިގެން ދައްފެންވަރު މީހުން ގެންނެސްގެން ވާކަމެއް ހަރާމް

The name is already taken The name is available. Register?

ރުބެލްބެ

27 May 2016

މިއީ ދިވެހިން ބޭނޫންވާ ގަތަކީ........ އެގިއްޖެ.

The name is already taken The name is available. Register?

މެންޓަލިސްޓް

27 May 2016

ނަފްސާނީ ބަލިމަޑުކަމަކީ އީމްތެރިކަން ކުޑަވެގެން ، އަގީދާ ބަލިކަށިވެގެން ޖެހޭ އެއްޗެއް ، އެކަންރަގަޅު ކޮއްލީމަ ރަގަލުވާނެ ، ދެން ހުންނާނެ ، ޖިންނި މޮޔަވުން ކަހަލަކަންކަން އެކަންކަންވެސް ރަގަޅުވޭ ،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454