އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ހާއްސަ އެސަމްބްލީގެ ތެރޭގައި: ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލުގައި 2900 ދަރިވަރުން ތައުލީމް ހާސިލްކުރޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 ޖެނުއަރީ 2019 - 14:38
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އޭ ލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ސާނަވީ އަށް ކިޔެވުމަށް 350 ޖާގަ ހާއްސަ ކޮށްފައިވާ ކަމަށެވެ. އެ ފުރުސަތުތަކަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވި އެވެ.
އޯ ލެވެލް އިމްތިހާނުގައި ފަސް މާއްދާ އިން ފާސްވެފައިވާ ދަރިވަރުންނަށް އަހުމަދިއްޔާގައި ސަރުކާރުން ހިލޭ ކިޔަވައިދޭނެ އެވެ. ނަމަވެސް އެއަށް ވުރެ ދަށުން ފާސްވި ދަރިވަރުންނަށް ވެސް، ވަކިވަކި މާއްދާތައް ކިޔަވަން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކިޔަވައިދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައި ވާނީ. މިސާލަކަށް، ތިން މާއްދާ އިން ނުވަތަ ދެ މާއްދާ އިން އޭލެވެލް ހަދަން ބޭނުންވާ ނަމަ، ދަރިވަރު އަމިއްލަ އަށް ފީ ފައްކައިގެން ކިޔެވޭނެ ފުރުސަތު މިހާރު އޮންނާނެ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް މި އަހަރު ކުރާނެ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލްގައި 2،900 ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ. އެތަނުން 300 ދަރިވަރުން އަންނަނީ އޭލެވެލްގައި ކިޔަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯލާ
24 January 2019
މަ ކުދިން ފޮނުވާނީ ސީ އެޗް އެސް ސީ އަށް. އެއަށްފަހު އަހްމަދިއްޔާ ނޫނީ ވިލާ ޓީޗަރުން ކައިރިން ހުރިހާ މާއްދާ އަކުން ޓިއުޝަން ނަގުވާނި. ލޮލް. އެއީ ވިއްޔަ ސީ އެޗް އެސް ސީ ގަ އުޅޭ ގިނަ މީހުންގެ ހާލަކީ.
ފުންއަސަރު
23 January 2019
އަހްމަދިއްޔާ އަކީ ރާއްޖޭގެ ނަންބަރު ވަން. މަވެސް އަހްމަދިއްޔާ. މަގޭދަރިންވެސް ދެން ކިޔަވަން ފޮނުވާނީ އަހްމަދިއްޔާ އަށް. ނަތީޖާ ނެރުމުގާ އަހްމަދިއްޔާވަރެއް ހަމަ ނެތް. އަހްމަދިއްޔާދެ ރަނގަޅުކަމަކީ ކިޔަވައިދޭން ފަށާ ދުވަހުން ފެށިގެންވެސް އެންމެ ދުވަހެއްވެސް ނަގާނުލާ މަސައްކަތް ކޮށްދޭކަން. ފޫކޮޅުގާ ރޯވީމާ ދުއްވައިގަން އުސޫލު އަހްމަދިއްޔާގާ ނުގެންގުޅޭކަން. އަހްމަދިއްޔާގެ ހިޔާވަހިކަން ލިބުމަށްފަހު ދަނޑިމާރު އަޅައިގެންވެސް ކިޔަވައި ދޭނެކަން. ޔަގީން.
މަރޭމިތުރު
23 January 2019
ވާކަދައްކަންވީ އިނގިރޭސިބަހުން، ބޮސްދޭންވީ ދިވެހިބަހައް! ޕްރަނައުންސްކުރަންވީ ބުރިޓިސް، ދަސްކޮށްދޭށޭ އަރަބި!................................ ތައުލީމަކީ މުޅި ދިރިއުޅުން އާރާސްތުކުރާ ބާރަކީ.