ވެސްޓް ހޭމްގެ ސްނޮޑްގްރާސް (ކ) ކައިރިން ލިވަޕޫލްގެ ލަލާނާ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
05 ފެބުރުއަރީ 2019 - 08:44
ލަންޑަން (ފެބްރުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ރޭގެ މެޗުން ލިވަޕޫލަށް މޮޅުނުވެވުނުއިރު، ލީގުގެ އެއް ވަނައިގައި އެ ޓީމު އޮތީ 25 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 25 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ބުދަ ދުވަހުގެރޭ ރަށުންބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް އެއް ވަނަ އަށް އެރޭނެ އެވެ.
ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 22 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަަގައިިދިނީ ސަޑިއޯ މާނޭ އެވެ. މާނޭ ލަނޑު ޖަހަން ބޯޅަ ދިންއިރު، ލިވަޕޫލްގެ ކެޕްޓަން ޖޭމްސް މިލްނާ ހުރީ އޮފްސައިޑްގަ އެވެ. ވެސްޓް ހޭމްގެ ކުޅުންތެރިން އެކަމާ ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ.
ލިވަޕޫލަށް ލީޑު ހިފަހައްޓާލެވުނީ ހަ މިނިޓް ވަންދެނެވެ. މެޗުގެ 28 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ފިލިއްޕޭ އެންޑަސަން ދިން ބޯޅަ މިކާއިލް އެންޓޯނިއޯ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހު ފޮނުވާލި ދެ ބޯޅައެއް ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއާންސްކީ މަތަކުރިއިރު، އެ ޓީމުގެ ކެޕްޓަން މާކް ނޯބަލް އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.
މި ފަހަރުގެ ލީގުގެ ފުރަތަމަ 20 މެޗުން ލިވަޕޫލް އަތުން ގެއްލުނީ އެންމެ ހަ ޕޮއިންޓެވެ. އެކަމަކު އެންމެ ފަހުން އެ ޓީމު ކުޅުނު ފަސް މެޗުން ވަނީ ހަތް ޕޮއިންޓް ގެއްލިފަ އެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅެއްނުލިބެ އެވެ.
ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެ ޓީމުން ޖެހި ގޯލު އޮފްސައިޑްކަން ފަހުން ރެފްރީ އަށް އެނގުމުން އޭނާގެ ގިނަ ނިންމުންތައް ހުރީ ލިވަޕޫލާ ދެކޮޅަށް ކަމަށެވެ.
"އަހަރެމެން ޖެހި ގޯލު އޮފްސައިޑްކަން ރެފްރީ އަށް އެނގުނު ހިސާބުން ފެށިގެން ދެން ގިނަ ފައުލުތައް ހުރީ އަހަރެމެންނާ ދެކޮޅަށް 50-50 ބޯޅަތައް ވެސް ނިމެނީ އެކޮޅަށް ފައުލު ލިބިގެން. ރެފްރީންނަކީ ވެސް އިންސާނުން ގޯސްތަކެއް ހެދޭނެ. އެކަމަކު އެ ހެދޭ ގޯސްތަކުގެ ސަބަބުން އިތުރަށް އެހެން ކަންތައްތައް ގޯސްކޮށްދިޔަ ދީގެނެއް ނުވާނެ،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ލިވަޕޫލަށް އޮތް ޕްރެޝަރުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި ހުންނާނީ ޕޮޒިޓިވްކޮށް ކަމަށެވެ. އެކަމަށް އެންމެ ބާރު ލިބޭ ސަބަބަކީ މިހާތަނަށް ލީގުގައި ބަލިވީ އެންމެ މެޗަކުން ކަމަށްވުން ކަމަށް ކްލޮޕް ބުންޏެވެ.
ވެސްޓް ހޭމްގެ ކޯޗު އަދި ކުރިން ސިޓީ އަށް ކޯޗުކޮށްދިން މެނުއަލް ޕެލެގްރީނީ ބުނީ ލިވަޕޫލަކީ ފަހަކަށް އައިސް އާންމުކޮށް ގިނައިން އޮފްސައިޑް ލަނޑުތަކެއް ޖަހާ ޓީމެއް ކަމަށާއި އެކަމަކު މި މެޗުގައި އެ ޓީމަށް އެ އެޑްވާންޓޭޖް މުޅިން ނުނެގުނީ އޭނާގެ ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީދުކަޅުބެ
06 February 2019
ލިވަރޕޫލް ރޭގައި މެޗެއްކުޅުނުތޯ!!! ޓީވީ ބަލަން މަ އިންއިރު މަށަށް ހީވީ ލިވަރޕޫލްގައި 11 ކީޕަރުން ދަނޑުމަތީގައި އުޅުނުހެން. ގައިމުވެސް ދުވެގެން ބޯޅަ ހޯދައިގެން ކުޅުނު މީހަކުނެތް. ދަނޑުމަތީގައި ކީޕަރު ހުންނަހެން ހުއްޓައި ބޯޅަ ލިބުނީމަ އަނެއް ކީޕަރަށް ޖައްސާލާތަން ފެނުނެވެ.
ސްޕޯރޓްސް ކޮމެންޓޭޓަރ ޙަލީފާ
05 February 2019
އެއްވަނައިގަ އޮތް ލިވަޕޫލް އާ މަގޭ ވެސްޓްހޭމް އެއްވަރު ވުމަކީ މަ ވަރަށް އުފާ ކުރާ ކަމެއް، މަ ނުބުނަން މަ އެޓީމަށް ސަޕޯރޓް ކުރަން ފެށީމަ ވީ ކަމެކޭ.
މައުމޫން ޢޤ
05 February 2019
ލިވަރޕޫލް އަދިވެސް އެއްވަނައިގަ. ރޯނުއެދުރު ރަދީފްބެގެ 4ސެނަލް އޮތީ 6ވަނައިގަ. ދެ ޓީމު ދެމެދުގައި 15ޕޮއިންޓްގެ ފަރަގެއް އެބައޮތް. އެހެންވީމާ، ދިމާކޮށް، ބުލީކުރުމުގެ ފުރުސަތެއް ނެތެއް ނޫންތޯ؟
ރަދީފް
05 February 2019
ވަރަށް ސިންސިއާކޮށް މަރުހަބާ ކިޔާލީމަވެސް ތިބުނީ މަލާމާތޭ.ދެރަކަމެއް.
ސޮށްޕެ
05 February 2019
އޮފްސައިޑް ގޯލްޖަހައިގެން އަބަދަކު މޮޅެއް ނުވެވޭނެ އެނގިއްޖެ، މިފަހަރު އިރާދަކުރެއްވިއްޔާ ސިޓީ ތަށިނަގާނެ..
ރަދީފް
05 February 2019
މަރުހަބާ ލިވަޕޫލް.މަރުހަބާ ހުދުމުޙްތާރު މައުމޫން އ ގައްޔޫމް.
ރަދީފްގެ ކޮއްކޮ
05 February 2019
އަމައްޔާއި ރަދީފްބެ މައުބެ ކައިރިން ނުނެއްޓިގެން އުޅޭ ފާޑެއް..
ހޮލާކޯ
05 February 2019
މަހީކުރީމޭ ވަރަށް ޕްރޮފެޝަނަލޭ. މަގޭ ހީ މިވީ ކުށަކަށް
ރަދީފް
05 February 2019
ހޮލާކޯ.ބައެއް ފަހަރު އެތިކްސް އެއްފަރާތްކުރަންޖެހޭ ހާލަތްތައް ވެސް މެދުވެރިވޭ އެހެންނޫންތޯ!!
ލކއވ
05 February 2019
ލިވަޕޫލްވާ އެއްވަރު ކޮއްފިދޯ. ހުދުމުހުތާރު މުގާބޭ ސަޕޯޓްކުރާ އާސެނަލް ކުރީރޭގަ ހެދީ ކިހިނެއްތަ؟ މޮޅުވިތަ ނޫނީ އެއްވަރުވީތަ؟އިއްތިހާދު ސްޓޭޑިއަމަށް މެޗްބަލަންދިޔަ މަމޮޅު ހެދިގެންއުޅޭ ރަދީފް ޖަވާބުދީބަލަ.