ސައުދީ ރަސްގެފާން ސަލްމާން (ވ) އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
13 ފެބުރުއަރީ 2019 - 13:24
ރިިޔާޒް (ފެބްރުއަރީ 13) - އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ހިމެނޭ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސައުދީ ރަސްގެފާން ސަލްމާން ދެއްވައިފި އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ރިޔާޒުގައި ބައްދަލު ކުރައްވާ ސަލްމާން ރަސްގެފާން ވިދާޅުވީ ސައުދީ އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނާ އެކު ކަމަށެވެ. ސައުދީ ރަސްގެފާން މިހެން ވިދާޅުވެފައި މި ވަނީ ޕޮލެންޑުގައި ބާއްވާ ބައްދަލުވުމަށް ފަލަސްތީނާއި އިޒްރޭލުން ސުލްހަ ގާއިމްކުރުމަށް އެމެރިކާ އިން ހުށަހެޅުމެއް ހުށަހަޅަން އުޅޭކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެފައި ވަނީ ޕޮލެންޑުގެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވާނެ ކަމަށެވެ.
ރައީސް މަހްމޫދު އައްބާސްއާ ހަވާލާދީ ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފައި ވަނީ މެދުއިރުމަތީގެ ސުލްހައިގެ އެންމެ ފަހުގެ މައުލޫމާތު ސަލްމާން ރަސްގެފާންއާ ހިއްސާކޮށްފައިވާ ކަމަށެވެ.
ޕޮލެންޑުގެ ބައްދަލުވުމަކީ އެމެރިކާގެ މަކަރުވެރި ރޭވުމެއް ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ. އަދި އެމެރިކާ އިން ހަމަހަމަ ސިޔާސަތެއް ނުގެންގުޅޭހާ ހިނދު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ފަލަސްތީނުން ދަނީ ދެކޮޅު ހަދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިމީހާ
14 February 2019
ދަރި އިސްލާހުކޮށްބަލަ ފުރަތަމަ ރަސްގެފާނޫ!
އުދުހޭ
13 February 2019
އެހެން މީހުންނަށް ކަމެއްކޮށްދެވޭނީ އަމިއްލަ ގައުމުގެ ސިޔާސީ މީހުން މެރުން ހުއްޓާލުމަށްފަހު ނޫންތަ؟
ކޭސާ
13 February 2019
ތިކަން ތިމީހުން ބޭނުންނަމަ ކުރިންވެސް ކުރީސް ނަމަވެސް، ބޭނުން ނުވާތީވެ ނުކޮށް ތިޔަ އުޅޭނީ. ތިޔައީ ހަމަ އެމެރިކާޔާއި އިސްރާއީލުގެ ހާދިމް، ދުނިޔޭގެ މުސްލިމުންގެ ވެރިންކަމަށް އަމިއްލައަށް ވާންވެގެން އުޅޭ މީހުންގެ ހާލަކީ ތިޔައީ، އުމުއްތުގެ ހަލާކަކީވެސް ސައުދީ، އިސްލާމީ އުއްމަތް އެއް އުމަތެއްގެ ގޮތުގައި ނޯންނަނީވެސް އާލު ސުއޫދުންގެ ސަބަބުން .
ޓާޒަން / ބ.ހިތާދޫ
13 February 2019
ފަލަސްތީނު މީހުން ގާތުގާ ބުނަނީ ވަކިއެއްޗެއް. އިޒްރޭލާ އެމެރިކާގެ ވެރިންގެ ގާތުގާ ބުނަނީ ވަކިއެއްޗެއް. ދިވެހިބަހުން މިކަމަށް ކިޔަނީ މުނާފިގުކަން.