ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދަށް މަރުހަބާ ކިޔުމަށް ޕާކިސްތާނުގައި ބަހައްޓާފައިވާ ބިލްބޯޑެއް. --ފޮޓޯ:އޭއެފްޕީ
17 ފެބުރުއަރީ 2019 - 13:18
އިސްލާމްއާބާދު (ފެބްރުއަރީ 17) - ސައުދީ އަށް ދަތުރު ކުރާ ޕާކިސްތާން މީހުންގެ ވިސާ ފީ ވަރަށް ބޮޑުތަނުން ކުޑަކޮށްފި އެވެ.
އިސްލާމްއާބާދުގައި ހުންނަ ސައުދީ އެމްބަސީން ބުނީ ޕާކިސްތާން މީހުންގެ ސިންގަލް އެންޓްރީ ވިސާ ފީ ވަނީ މި މަހު 15 އިން ފެށިގެން 2،000 ރިޔާލް (533 ޑޮލަރު) އިން 338 ރިޔާލް (90 ޑޮލަރު) އަށް ކުޑަކޮށްފައި ކަމަށެވެ. އަދި މަލްޓިޕްލް އެންޓްރީ ވިސާ ފީ ވަނީ 3،000 ރިޔާލް (800 ޑޮލަރު) އިން 675 ރިޔާލް (180 ޑޮލަރު) އަށް ކުޑަކޮށްފައި ކަމަށް ބުނެފައިވެ އެވެ.
ސައުދީން މި ބަދަލު ގެނެސްފައި ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާނަށް މިއަދު ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. ޕްރިންސް މުހައްމަދުގެ ދަތުރުގައި ސައުދީއާ އެކު ވަރަށް ގިނަ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޮޑު ވަޒީރު އިމްރާން ޚާންގެ ދައުވަތަކަށް ޕްރިންސް ކުރައްވާ ދަތުރުގައި ސައުދީގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެ އެވެ. ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަރަފް ޕްރިންސް މުހައްމަދަށް އެރުވުމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސިމް
17 February 2019
ދިވެހިންވެސް ވިސާފީ އަގުހެޔޮކުރަން ބޭނުން، ސައުދީގައި ހުންނަ ދިވެހި އެންބަސީގެ ޒިންމާއެއް އެއީ، ހެޔޮނުވާނެ ، ފްރީ ވިސާއަށް ހުށައަޅުއްވާ، އޭރުން ކަމެއް ވީކަމަކަށް ވާނީ
ޢިސްތަސި ނާދިރާ / ޖޭޕީ ސޭޓުކޮމްޕެނީ ލިމިޓެޑު
17 February 2019
މަމެން ބޭނުމެއްނޫން ސައުދީ ވިސާ ހިލޭވެސް.. ހައްޖު އަދި އުމުރާ ފުރީ އެންޓުރީ ވިސާ މިހާރުވެސް އޮންނަ އުސޫލުން ދެނިކޮށް ރަނގަޅު