އިމްރާން (ވ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހު ކުޅުނު ހާއްސަ މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ފެބުރުއަރީ 2019 - 23:01
ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދަށް ނިއު ރޭޑިއަންޓުން ދޭން ޖެހޭ މުސާރަ ހޯދަން އޭނާ އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލަ ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިމްރާނަށް ނިއު އިން ދޭން ޖެހޭ މުސާރަ ނުލިބިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 3 ވަނަ ދުވަހު އޭނާ އެފްއޭއެމަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ނިއު އިން ވަނީ އޭނާގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. ނިއު އިން އެއްބަސްވުން ބާތިލްކުރިއިރު، ބުނީ އެކަން އެ ގޮތަށް ކުރީ ޕްރެކްޓިހަށާއި މެޗަށް ހާޒިރުވުން ހުއްޓާލުމުން ކަމަށެވެ.
އެފްއޭއެމަށް މި މަހު 18 ވަނަ ދުވަހު އިމްރާން ވަނީ ސިޓީ އަކުން އޭނާގެ މައްސަލައިގައި ގޮތެއް ނިންމުން ލަސްވާ ސަބަބެއް އޮޅުން ފިލުވަން އެދިފަ އެވެ. އެ މައްސަލައިގައި އެފްއޭއެމުން ފޮނުވި ޖަވާބުގައި އެ އިދާރާއިން ބުނީ އިމްރާން ހުށަހަޅާފައިވާ މައްސަލަ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ބަލަމުން އަންނަ ކަމަށާއި އަދި ވަކި ގޮތެއް ނިމިފައިނުވާ ކަމަށެވެ.
އިމްރާން އޭނާގެ ފޭސްބުކްގައި މިރޭ ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެފްއޭއެމަށް އޭނާ ހުށަހަޅާފައިވާ މައްސަލަ އަށް 4 މަހާއި 25 ދުވަސްވީއިރު، މިއަދާ ހަމައަށް ވަކި ގޮތެއް ނުނިމި ލަސްވެގެންދާ ދިއުމަކީ އޭނާ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ.
"ބައެއް ފަރާތްތަކުގެ މުސާރައިގެ މައްސަލަ ވަރަށް އަވަހަށް ނިންމާ އެ ކްލަބް އަށް ފިޔަވަޅު އެޅި ތަންވެސް ވަނީ ފެނިގެން ގޮސްފައި. އަޅުގަނޑުގެ މި މައްސަލަ ނުނިންމި މިހާ ގިނަ ދުވަސްވެގެން މި ދަނީ ކީއްވެތޯ" އިމްރާން ސުވާލު އުފައްދާފައިވެ އެވެ.
New in Imran ge contract uvaalaifi
The most trusted news source in the Maldives
Mihaaru
ނިއު އިން ވަނީ މިދިޔަ އޮކްޓޫބަރު މަހު އިމްރާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލާފައި.
ނިއުގެ އޮފިޝަލަކު އޭރު ބުނީ އިމްރާނަށް މިދިޔަ އަހަރު ދޭން ޖެހޭ މުސާރައިގެ 70 ޕަސެންޓް އެޑްވާންސުގެ ގޮތުގައި ދީފައިވާ ކަމަށާއި ބާކީ 30 ޕަސެންޓް ފައިސާ ތިން ޕޭމަންޓަކަށް ބަހާލައިގެން ދޭން އެއްބަސްވެ ކޮންޓްރެކްޓް ބާތިލްކުރުމާ ހަމަޔަށް މުއްދަތު ހަމަވެފައިވަނީ އޭގެ ތެރެއިން ދެ ޕޭމަންޓެއް ކަމަށެވެ. އެކަމާ ބެހޭގޮތުން އޭރު އިމްރާން ބުނީ އެޑްވާންސުގެ ގޮތުގައި ދިން ފައިސާ އަކީ ވެސް ކްލަބުން އޭނާއާ އެކު ހެދި ކޮންޓްރެކްޓުގެ ދަށުން ދޭން އެއްބަސްވި އެއްޗެއް ކަމަށާއި އެޑްވާންސް ދިނުމަކީ، އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުން ފަސްވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އުމުރުން 37 އަހަރުގެ އިމްރާން ވަނީ މި ސީޒަނުގައި ވެސް ކްލަބަކުން ފެންނާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
އެފްއޭއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ވަނީ ދާދި ފަހުން ނިއުގެ ދެ ކުޅުންތެރިންގެ އެއްބަސްވުން އުވާލައިފަ އެވެ. އެއީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އޭގެ ތެރެއިން ހޮކޭ ވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފަ އެވެ. އަދި ހަމްޕު ވެސް ވަރަށް އަވަހަށް ޓީމަކަށް ސޮއިކުރާނެ ކަމަށް ބެލެވެ އެވެ. އަދި ނިއު އިން ވަނީ އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލަށް ރިލީސްދީފަ އެވެ.
މިދިޔަ ޖޫން މަހު އޭރު ނިއު އަށް ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) ވަނީ މުސާރަ ނުލިބޭތީ އެ މައްސަލަ އެފްއޭއެމަށް ހުށަހަޅައިފަ އެވެ. ދަގަނޑޭ މައްސަލަ ހުށަހެޅީ ޓްރާންސްފާގެ މުއްދަތެއްގެ ތެރޭގައި ކަމަށްވުމުން އެފްއޭއެމުން ވަނީ އޭރު އެ މައްސަލަ ވަރަށް އަވަހަށް ބަލައި ނިއު އާއި ދަގަނޑޭއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ. ސީޒަނުގެ ފަހު ބައިގައި ދަގަނޑޭ ކުޅުނީ ޓީސީ ސްޕޯޓްސް ކްލަބް އަށެވެ.
އިމްރާން (ކ) އާއި ނިއުގެ ޖެނެރަލް ސެކްރެޓަރީ ޓެޑްއާ އެކު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް މުސާރަ ނުލިބި ހުރި ގިނަ ކުޅުންތެރިންތަކެއް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކަކަށް މުސާރަ ނުލިބޭތީ ހުށަހަޅާފައިވާ މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ނިއު ނަގާފައި އެންމެ މައްސަލަ ގިނަ ކްލަބަކީ ވިކްޓަރީ އެވެ.
މީގެ ކުރިން އެފްއޭއެމުން "މިހާރަ"ށް ބުނީ މުސާރައިގެ ކަންތައްތައް ހަމަނުޖައްސާނަމަ އެފްއޭއެމުން ކްލަބްތަކަށް ދޭ ފައިސާ ތެރެއިން އެ ކަންތައްތައް ހަމަޖައްސާނެ ކަމަށާއި އެ ނޫން ގޮތްތަކުން ވެސް ކުޅުންތެރިންނަށް ހައްގުވާ މުސާރަ ހޯދައިދޭން ހަދާފައިވާ ގަވައިދުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ.
އެފްއޭއެމުން މިދިޔަ ޖެނުއަރީ މަހު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު އެހެން ކްލަބްތަކުގައި ވެސް އެ މައްސަލަ ދިމާވެފައި އޮއްވާ، ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.
ސަސްޕެންޑްކޮށްފައި އޮތުމުން، އެ މުސާރަ ދެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި ސަސްޕެންޝަން އުވާލައިފި ނަމަ މަސައްކަތްކުރާނީ ދަރަނިތައް ހަލާސްކޮށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެލެވޭވަރުގެ ޓީމެއް މި އަހަރު ނެރެން ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސަޅޭ
03 March 2019
ބައްސާމު އަށް މުސާރަ ނުދީ ހިފާއްޓާލެވޭކަށް ނެތްތަ. ހިހިހިހި
ފޭން
01 March 2019
ޓީމެއް ގަދަ ކުރާއިރަށް މުޅި ފޯސް އެއްކޮށް އަންނާނެ. ބަގުރޫޓް ކޮށްލާފަ އެނެއްކާވެސް ގަދަ ޓީމަށް ދާ ސަގާފަތެއް މިގައުމްގަ އޮވޭ
ނިއުމާާ
02 March 2019
ބަލަ ކްލަބްތަކަށް އެނގެންވާނެދޯ އެމީހުންނަށް ލާރި ލިބޭ ވަރާ ޚަރަދުކުރަންޖެހޭ ވަރާ؟ ނުފޯރާ ފޮތިން ފޫ ގަޅަން އުޅޭތީ މައްސަލައަކީ. ކަލޭމެންނަށް އަދިވެސް ގޯސްވަނީ ކުޅުންތެރިން؟ ކުޅުންތެރިންތަ ޓީމް ބަނގުރޫޓްކުރަނީ؟ ކުޅުންތެރިންނަށް މުސާރަ ދޭންޖެހޭތީ ބަނގުރޫޓްވަނީތަ؟ ކީއްކުރަން މުސާރަ ދެވޭ ފެންވަރު ނެތީސް އަގުބޮޑުކޮށް ގެންނަނީ؟ ކަލެެއަށް މުސާރަ ނުލިބި ކިތައް މަސްވަންދެން މަސައްކަތް ކުރާނަން؟ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނުގެ ފޭނުން މީ ގަޅި ބައެއް ހުވާ
ބޯވަ
01 March 2019
އިމްރާނު މުސާރަ ނުލިބެން ކައިގެން ބޮއިގެން އުޅެވޭގޮތެއް ނެތި މަގުމަތިވެފަ. އެފްއޭއެމުން އަވަހަށް އޭނަގެ މުސާރަ ހަމަޖަންސަދީ
ރާއްޖެ
01 March 2019
ކްލަބްތައް ހިންގަން ނޭނގި ބަގުރޫޓް ވީމާ ވެސް ގޯސްވާނީ ބައްސާމް.