ހދ. ހަނިމާދޫ: އެ ރަށުގައި ކުލަ ގަދަކޮށް އީދު ފާހަގަ ކުރަން ވަނީ ނިންމާފައި-- ފޮޓޯ/ ފޭސްބުކް
27 އޯގަސްޓް 2016 - 17:03
އަންނަ ބޮޑު އީދަށް ހަނިމާދޫ ޒީނަތްތެރިކޮށް، ކުޅިވަރުތައް ކުޅުމަށް ކައުންސިލުން ނުވަ ލައްކަ ރުފިޔާ ކަނޑައެޅުމުން އެ ފައިސާ ހަރަދު ނުކޮށް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް އަނެއްކާ ވެސް އިތުރު ނުވަ ލައްކަ ރުފިޔާ ހަރަދު ކުރުމަށް ކައުންސިލުން ފާސްކޮށްފި އެވެ.
ކައުންސިލްގެ ތިން މެމްބަރުންގެ މެޖޯރިޓީން ކައުންސިލްގެ ބަޖެޓުން މި ހަރަދު ކުރަން ނިންމީ އީދަށް ރަށުތެރެ ރީތިކުރުމުގެ ގޮތުން ގެތަކުގެ މަގުމަތީ ފާރު ރާނައި، ކުލަ ލައި އެކި ކަހަލަ މޮނިއުމަންޓްތައް ހަދައި މިއުޒިކް ކުޅޭ މީހުން ރަށަށް ގެންދިޔުމަށެވެ.
އީދު ފާހަގަކުރުމަށް ހަރަދުކުރަން ހަނިމާދޫ ކައުންސިލަރުން އެންމެ ފުރަތަމަ ފާސްކުރީ އެ ރަށުގެ ކުނި ނައްތާލުމަށް ބަޖެޓުގައި ކަނޑައެޅި ފައިސާއިންނެވެ. އެކަމަކު އެ ގޮތަށް ނިންމި ކައުންސިލް ބައްދަލުވުމުގެ އެޖެންޑާ އާއި ޔައުމިއްޔާ އޭސީސީއަށް ހުށަހެޅުމަށާއި އެ ފައިސާ ހަރަދުކުރުމާ ބެހޭ ގޮތުން ގޮތެއް ކަނޑަނާޅަނީސް ފައިސާ ހަރަދު ނުކުރަން އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ.
މި މައްސަލައިގައި ހަނިމާދޫ ކައުންސިލްގެ ރައީސް އާދަމް އިބްރާހިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
"މި ފަހަރު ހަމަ އެ އަަދަދަށް މި ފާސް ކުރީ އޭސީސީން މަޑުޖައްސާލަން އެންގީ ކުނި ނައްތާލާ ބަޖެޓުން ކަނޑައެޅި ފައިސާ ކަމާއި މިއީ އެހެން ފައިސާއެއް ކަމަށް ބުނެ. އެކަމަކު ހަގީގަތުގައި ކައުންސިލްގެ ބަޖެޓުން މި ފާސް ކުރެވުނީ މިލިޔަނެއްހާ ރުފިޔާ،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އެއްވެސް އުސޫލެއް ނެތި ކައުންސިލުން މިހާ ގިނަ ފައިސާ އީދަށް ހޭދަ ކުރުމަށް ނިންމުމުން ކަމަށެވެ. އޭނާ މިކަން ސިފަކުރެއްވީ ޖޯކެއްގެ ގޮތުގަ އެވެ.
މިކަމާ ގުޅޭގޮތުން ކައުންސިލްގެ އެހެން މެމްބަރަކު "މިހާރު" އަށް ކުރިން ވިދާޅުވީ ކުނި ނައްތާލަން ކަނޑައަޅާފައިވާ ބަޖެޓުން ފައިސާ ބޭނުންކުރަން ނިންމީ އެ މަސައްކަތް މި އަހަރު ނުކުރެވޭނެ ކަމަށް ބަލާފައި ކަމަށެވެ.
"މިއީ އަޅުގަނޑުމެން ރަނގަޅު ނިޔަތެއްގައި ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތެއް. އެހެންވެ، އޭސީސީން މިކަން ބަލައިގަންނާނެ ކަމަށް އުއްމީދުކުރަން،" ކައުންސިލަރު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮނިޔަތުގައި
28 August 2016
ވައްކަން ކުރާ މީހާ ވައްކަން ކުރަނީވެސް ހެޔޮ ނިޔަތުގައެވެ. އެލިބޭ ލާރިން އޭނާގެ ދިރިއުޅުމުގައި ނުފުދި ހުރި ބޭނުންތައް ފުރިހަމަ ކުރުމަށެވެ. ވުމާ އެކު ހެޔޮ ނިޔަތުގައި މިކަން ކުރުމަކީ މިކަން ރަގަޅުވާންވީ ސަބަބެއް ނޫނެވެ.
އުންބެ
28 August 2016
މިކަމާ ދެކޮޅުހަދަނީ މަދު މީސްކޮޅެއް މިމީހުން ތިބޭނީ ހަޅޭއްލަވަން ރަށުބަޖެޓުގަ ބިލިއަނުން ރުފިޔާހުރުމުން ވާ ފައިދާއެއްނެތް،ކިޔެއްވާނި ރަށުގެ މަގުތަކާ ފާރުތައް ރާނާ ރީތިކޮށް،މިކަހަލަ ،އިޖުތިމާއީ އީދަކަށް ތައްޔާރުވާން،ކޮންމެ ތަނެއްގާވެސް އުޅޭނެ މިކަހަލަ ތާކުން ތާކު ނުޖެހޭ މީހުން،،އެފައިސާއަކީ މާލޭސަރުކާރު ފައިސާއެއް ނޫން....
އުނބުށެން
28 August 2016
ހެޔޮ ނިޔަތުގައޭ ބުނެފައި ރަށުގައި ނުރާނާހުރި އަމިއްލަ މީސްމީހުންގެ ގޭގޭގެ ހުރިހާ ފާރެއް ރާނައި ކުލަލައިދީ ހަދަން ދައުލަތުގެ ފައިސާ ހޭދަކުރަން ކައުންސިލަށް ނިންމެނީ ކޮން ހަމަޔަކުންތަ؟
ޙިމެ
28 August 2016
ކޮންމެސް ބަޔަކަށް ލާރިގަނޑެއް ދޭހިތުން އެއުޅެނީ ..
އިބްރާހީމް
28 August 2016
އެމީހުންގެ އަމިއްލަ މަސައްކަތުން ހޯދި ފައިސާއޭ ތިބުނީ ކޮންގޮތަކުން ހޯދި ފައިސާއެއްވީމަތަ؟ ކައުންސިލަށް ލިބޭ ފައިސާއަކީ އެއްވެސް މީހެއްގެ އަމިއްލަ ފައިސާއެއްނޫން. އެއީ ދައުލަތުގެ ފައިސާ. އެއީ ރައްޔިތުންލައްވައި މަސައްކަތް ކުރުވައިގެން ލިބުނު ފައިސާ ކަމަށްވިޔަސް އަދި ސަލާންޖަހައިގެން ލިބުނު ފައިސާ ކަމަށްވިޔަސް އެކަމަކަށް ނުކުތީ ކައުންސިލްގެ ނަމުގައި ކަމަށްވާނަމަ އެފައިސާ ވާނީ ދައުލަތުގެ ފައިސާއަށް. ކައުންސިލަރުންގެ އަމިއްލަ ފައިސާ ހުންނާނީ އެމީހުންގެ ގޭގައި. ކީރިތި ނަބިއްޔާގެ ޒަމާނުގައި ޒަކާތް ނެންގެވުމަށް ބޭކަލަކު ފޮނުވުމުން އެބޭކަލަކު ޒަކާތް ނަންގަވައިގެން ވަޑައިގެން، "މިއީ ތިމަންނައަށް ލިބުނު އެއްޗިއްސޭ، މިހުރީ ދައުލަތަށް ލިބުނު އެއްޗިއްސޭ" ބުނުމުން ކީރިތި ރަސޫލާ އެމީހާއަށް ދެއްވި ޖަވާބު ވަރަށް ގިނައިން ހުކުރު ޚުޠުބާގައި ކިޔާ. ކައުންސިލަރުން ހަނދާންކޮށްލަން ރަނގަޅު ފިލާވަޅެއްމީ.
ނޯޗޮއިސް
28 August 2016
އޭސީސީން އަންގާފައި ވަނިކޮށް އޭސީސީގެ އެންގުމާއި ޚިލާފަށް ހަނިމާދޫ ކައުންސިލަރުންނަށް ފައިސާ އާއި ބެހޭ މުއާމަލާތް ތައް ނިންމުމުގެ ގާނޫނީ ބާރު އެބައޮތްތޯ އެއީ ކޮށްލަން ބޭނުންވާ ސުވާލެކެވެ. ހަނިމާދޫ އެއްކޮށްލުމުން ވެސް އަހަރު ދުވަސް ތެރޭގައި 1 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ނުދެއްކޭ އިރު ކީއްވެގެންތޯ އޭސީސީގެ އެންގުމާއި ޚިލާފަށް އޭސީސީ އަށް ގޮން ޖަހާފައި ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފައިވިއްދަނީ. އަނެއްކާ ތި ޚަރަދު ކުރަން އުޅޭ ކަމުން ތީގެ ރިޓާންގެ ގޮތުގައި އެންމެ ރުފިޔާ އެއްވެސް ނުލިބޭނެއެވެ. އެއްގޮތަކަށް ވެސް ތިކަން ތިގޮތަށް ހަނިމާދޫ ކައުންސިލުން ކޮށްގެން ނުވާނެއެވެ، ކޮށްގެން ނުވާނެ ނުވާނެ ނުވާނެ ނުވާނެއެވެ. މީގައި އިތުރު އެއްވެސް ޗޮއިސް އެއްވެސް އޮވެގެން ނުވާނެ އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއެވެ. އެނިމުނީ އެވެ.
ބެެއްޔާ8
28 August 2016
ކެވުނު ގޮތަކަށް ކައިފަ ބަހައްޓާ.
އިބްރާހިމް
28 August 2016
އެންމެންނަށްވެސް އެނގޭފަދައިން ހަނިމާދޫގެ ގިނަ މީހުންނަކީ ގޅބައެއް. މިހާރު ކުރަންމިއުޅޭ ކަންތަކުންވެސް އެކަން ވަރަށް ރަނގަޅަށް ސާފުވޭ. ރަށުގައި ނަރުދަމާއެއްނެތް. ކުނިކޮށި ހުރީ ނުނިމި. މަގުތައް ހަދަން އުޅެ އެކަންވެސްވަނީ ކޮޅެއްގައި ނުޖެހި. މިކަހަލަ އެތައްކަމެއް މިހެން އޮތް ދަނޑިވަޅެއްގައި އީދަށް މިވަރުގެ ހަރަދެއް ކުރަން ނިންމުމުން ކައުންސިލާއި، މިކަމަށް ހިތްވަރުދޭ ރައްޔިތުންގެ ސިކުނޑީގައި ތެތްކަމެއްނެތްކަން ސާފުވެގެންދޭ. އަދިވެސް މި ނިންމުން ބަދަލުކުރަން ވަގުތު އެބައޮތް. !!Please get your priorities straight
ކެރޭނު
28 August 2016
ކައުންސިލް އިން ރައްޔިތުންގެ މާލިއްޔާއަށް ލާރިއެއް ވަންނަ ކަމެއް ކުރިއްޔާ ވާނީ ކީއް؟ މި ކައުންސިލް އިން ރއްޔިތުންގެ ބަޖެޓަށް ވަތް ހަމަ އެކަނި ފައިސާ އަކީ ކެރޭނު ލާރި. އެވެސް ބަޔަކަށް ލަނޑު ދީގެން.
ތިލަދުން
27 August 2016
އެންމެނަށް ވެސް ބުނެލަން އޮތީ ހަރަދު ކުރަން މިއުޅެނީ ރިއްޔިތުން ހޯދި ފައިސާ އޭ.....:... ..ދައުލަތުން......ނޯޓިލަސް ، އަދި ސައީދު ދިން ފައިސާއެއް ނޫނޭ
ގަމާރު
28 August 2016
އެއީ ކޮންމެ މީހަކު ދިން ފައިސާ އަކަށް ވިޔަސް ރައްޔިތުންގެ މާލިއްޔާއަށް އެފައިސާ ވަނުމަށްފަހު އެއިން ޚަރަދު ކުރެވޭނީ ކަނޑަ އަޅާފައިވާ ގަވާއިދު ތަކާ އުސޫލު ތަކުގެ މަތިން. އެއާ ޚިލާފަށް ޚަރަދު ކުރާނަމަ އެކަން ހުއްޓުވާނެ. މާލެ އެއް އަތޮޅުތަކެއް ތަފާތެއް ނޯންނާނެ. އަމިއްލަ ބާލީސް ދަށުގައި ފޮރުވައިގެން ގެންގުޅޭ 50 ރުފިޔާއަށް ފޯއްކޮޅާ ދުންފަތްކޮޅު ގަންނަހެން ރައްޔިތުންގެ މާލިއްޔާއިން ހަރަދެއް ނުކުރެވޭނެ.