ސީރިއާގެ ރައީސް ބައްޝާރުލް އަސަދު. --ފޮޓޯ:އޭއެފްޕީ
08 މާޗް 2019 - 10:07
ދަ ހޭގް (މާޗް 8) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ މައްސަލައެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް އިންސާނީ ހައްގުތަކާ ބެހޭ ވަކީލުންތަކެއް ހުށަހަޅައިފި އެވެ.
ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އަސަދާ ދެކޮޅަށް މައްސަލަ ހުށަހެޅީ ޖޯޑަންގައި ދިރިއުޅޭ ސީރިއާގެ 28 ރެފިއުޖީއެއްގެ ފަރާތުންނެވެ. ދައުވާގައި ބުނެފައި އަސަދުގެ ސަރުކާރުން އެ މީހުން ވަނީ ގައުމުން ބޭރުކޮށްލައިފައި ކަމަށެވެ.
ގާނޫނީ ޓީމުތަކުން ދަނީ ސީރިއާގައި 2011 ވަނަ އަހަރު މަދަނީ ހަނގުރާމަ ފެށި ފަހުން އަސަދު ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަހުގީގު ކުރުމަށް އައިސީސީ އަށް ގޮވާލަމުންނެވެ. ސީރިއާގެ މަދަނީ ހަނގުރާމައިގައި ވަނީ 360،000 މީހުން މަރުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފަ އެވެ.
ސީރިއާ އަކީ އައިސީސީގެ މެންބަރު ގައުމެއް ނޫނެވެ. އެހެން ކަމުން ސީރިއާ ސަރުކާރާ ދެކޮޅު މައްސަލައެއް އައިސީސީން ބެލުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ވަކީލުން ވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޖާ ރެފިއުޖީންނާ ގުޅޭ ގޮތުން އައިސީސީން ނިންމި އިޖުރާއަތުގެ ދަށުން އަސަދުގެ މައްސަލަ އެ ކޯޓަށް ވައްދައިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އައިސީސީގެ ވަކީލުން ނިންމާފައި ވަނީ މިއަންމާ އަކީ އައިސީސީގެ މެންބަރު ގައުމެއް ނޫން ނަމަވެސް ރޮހިންޖާ މީހުންނަށް އަނިޔާ ލިބެމުންދަނީ ބަންގްލަދޭޝްގެ ސަރަހައްދުގައި ކަމަށްވާތީ މައްސަލަ ބެލޭނެ ކަމަށެވެ. ބަންގްލަދޭޝް އަކީ އައިސީސީގެ މެންބަރެކެވެ.
އަސަދާއި ސީރިއާ ސަރުކާރާ ދެކޮޅަށް މީގެ ކުރިން ހުށަހެޅި މައްސަލަތައް ނުބެލި ވަނީ ވެސް ސީރިއާ އަކީ އައިސީސީގެ މެންބަރަކަށް ނުވާތީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
08 March 2019
ހުރިހާ ޖަރީމާ ތަކުގެ މަންމަ އަކީ އެމެރިކާ އާ އިގިރޭސި ވިލާތް . ސޫރިޔާގެ މައްސަލަ އުފެއްދީވެސް އެ ދެފަރާތުން . ބައްސާރަކީ ގައުމުގެ ވެރިޔާ . ގައުމުދިފާއުކުރުމަށޤޓަކާ ކުރަންޖެހޭ ކޮންމެ ކަމެއްނުކުރުމަކީ ބައްސާރު ކުރަންޖެހޭނެކަމެއް. އެއީ މީހުން މަރައިގެންކަމަށް ވިޔަސް.
ވަސްމާ
08 March 2019
އަސަދާ ދެކޮޅަށް ހަތިއާރު އުފުލީމަ ދޯ އަސަދުވެސް ހަތިއާރު އުފުލީ. ކޮބާތަ އާލުސޫދުން ޔަމަނުގާ ހިންގާ ޖަރީމާ. ކޮބާތަ އެމެރިކާއިން ހިންގި ޖަރީމާތައް.
ރާއްޖެ
08 March 2019
ޢަސަދު ރަގަޅެކޭ ނޫން. ޢެކަަމަކު މަރުވި ބުޝްއާއި، ބުޝްއާއި، އޮބާމާއާއި، ޝެރޯންާއިި، ނަތަންޔާހޫއާއި މިމީހުން މިއީ ގާނޫނު ތަކުން މަތީގަ ތިބި މީހުންތަ؟
ޙގސހސ
08 March 2019
މި ނޫސް ތަކުން ވެސް އަސަދު ހިންގާ ޖަރީމާ ތަކުގެ ވާހަކަ ލިޔާކަށް ނުކެރޭ.