ކެވިން ވާނާ ބްރޮސްގެ ޗެއާމަނާއި ސީއީއޯގެ މަގާމަށް އައްޔަން ކުރީ 2013 ގައި.
22 މާޗް 2019 - 07:27
ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ވޯނާ ބްރަދާޒްގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސިއީއޯ) އަދި ޗެއާމަން ކެވިން ސުޖިހާރާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތަކާއި މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލާގައި އޭނާ މަގާމުން އިސްތިއުފާ ދީފި އެވެ.
އިސްތިއުފާއާ ގުޅިގެން ކެވިން ނެރުނު ދިގު ބަޔާނުގައި ބުނީ އޭނާގެ މައްޗަށް ތުހުމުތަކެއް ކުރެވުފައިވާތީ މަސްލަހަލަތަށްތަކައި މަގާމުގެ މަސްއޫލިއްޔަތުތަކުން ވަކިވާން ނިންމާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވާނާ ބްރޮސްގެ ހިންގުމަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމަށް ބުންޏެވެ.
"މި ވަގުތު މަގާމުން އިސްތިއުފާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ އިސްތިއުފާ ދޭން ނިންމީ،" ކުރިން ވޯނާ ބްރޮސްގެ ރައީސްގެ މަގާމު ވެސް އަދާކުރި ކެވިން ބުންޏެވެ.
— Peter Kafka (@pkafka) March 18, 2019
އޭނާ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަން ކުރީ 2013 ގެ މާޗްގަ އެވެ. އަދި ޗެއާމަނަކަށް އައްޔަން ކުރި އެ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ކެވިން، 54، ގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒް ކުރި "އޯޝަންސް 8" ކާސްޓުންގެ ތެރޭގައި ހިމެނޭ ބަތަލާ ޗާލޮޓް ކާކް އެކު ލޯބީގެ ގުޅުމެއް ބާއްވައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާ އަށް ފިލްމުތަކުން ފުރުސަތުތައް ހޯދައި ދޭން މަސައްކަތްކޮށްފައިވުމާއި އެކި އަންހެނުންނަށް އޭނާގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނާ މައްސަލަތައް ހިމެނެ އެވެ.
ކެވިން މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ވޯނާ ބްރޮސް އިން މިހާރު އައު ސީއީއޯއަކު ހޯދަން އަތްފުނާ އަޅަމުން އަންނަ އިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުކޮށްފައި ވަނީ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކިމް ވިލިއަމްސްއާ ހަވާލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy