ޚަބަރު / ޕީޕީއެމް

ޕީޕީއެމެއް ނުފެނުނު، ބޮޑު ބައްޔަކާ އެކު ބޮޑު ލަދެއް!

ޕީޕީއެމްގެ ކޮންގްރެސްގައި ރައީސް ޔާމީނާއި އެ ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ: މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމަށް އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ވަނީ ކުރިމަތިލާން ޖެހިފައި.---ފޮޓޯ: ޕީޕީއެމް

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބަލިވީ ބޮޑު ބައްޔަކުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވި ގޮތުން އެމަނިކުފާނަށް ދެ ވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވީ އެވެ. އެ ނާކާމިޔާބީގެ ފިލާވަޅުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދުމަކީ އެ ޕާޓީން ރައްޔިތުންނަށް ވީ ވައުދެކެވެ.

އެކަމަކު، ހަ މަސް ފަހުން އިއްޔެ ބޭއްވި އިންތިޚާބުގައި ޕީޕީއެމް ބަލިވީ މާ ބޮޑު ބައްޔަކުންނެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވެސް ޕީޕީއެމް ބަލައި ނުގަތީ އެވެ. މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ޖުމްލަ 46 ގޮނޑި އަށް ޕީޕީއެމާއި ޕީއެންސީން ވާދަ ކުރި އެވެ. އެއީ، ޕީޕީއެމުން 24، އަދި ޕީއެންސީން 22 ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ކާމިޔާބު ކުރެވުނީ، ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އެންމެ ހަތަރު ގޮނޑި އެވެ.

އެއީ، ތ. ގުރައިދޫ ދާއިރާ އަށް ވާދަ ކުރެއްވި މުހައްމަދު ޣައްސާން މައުމޫނާއި މަހިބަދޫ ދާއިރާ އިން އަހްމަދު ތޯރިގާއި އޭދަފުށީ ދާއިރާ އިން އަހްމަދު ސަލީމާއި ނައިފަރު ދާއިރާ އަށް ވާދަކުރެއްވި އަހްމަދު ޝިޔާމެވެ. ނަތީޖާ ގުނައި ނުނިމޭތީ، މާވަށު ދާއިރާ އަށް ވާދަ ކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރ. މަޑުއްވަރީ ދާއިރާ އަށް ވާދަކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ގޮނޑި އަދި ކަށަވަރެއް ނުވެ އެވެ.

ޕީޕީއެމާއި ޕީއެންސީގެ އެންމެ ވަރުގަދަ މެމްބަރުންގެ ގޮތުގައި ނުކުތް އަދި މިދިއަ 10 އަހަރު ސިޔާސީ ދާއިރާގައި އެންމެ އަޑުގަދަ، ގިނަ ބޭފުޅުން ރައްޔިތުން މިފަހަރު ބަލައެއް ނުގަތެވެ.

ނާކާމިޔާބުވި ބައެއް މެމްބަރުން

- ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން/ ތިނަދޫ ދެކުނު ދާއިރާ

- އަބްދުއްރަހީމް އަބްދުﷲ/ ފޮނަދޫ ދާއިރާ

- ޑރ. އަބްދުﷲ ޚަލީލް/ ނިލަންދޫ ދާއިރާ

- އަލީ އާރިފް/ ކެލާ ދާއިރާ

- އަބްދުﷲ ރިފާއު/ މާފަންނު ދެކުނު ދާއިރާ

- އިބްރާހިމް ފަލާހް/ އިނގުރައިދޫ ދާއިރާ

- މުހައްމަދު އަލީ/ ދުވާފަރު ދާއިރާ

- މުހައްމަދު ޝާހިދު/ ހުޅުދޫ ދާއިރާ

- މާފަންނު މެދު ދާއިރާ/ އަސްމާ ރަޝީދު

- އަހްމަދު އަސްއަދު/ ގަލޮޅު ދެކުނު ދާއިރާ

- މުއާޒް މުހައްމަދު ރަޝީދު/ މަޑަވެލި ދާއިރާ

މި މެމްބަރުން ބަލައި ނުގަތުމަކީ، ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށް، ސަރުކާރު ޒިންމާދާރުކުރުވާނެ ކަމުގެ ވައުދާ އެކު ނުކުތް ޕާޓީ އަށް ކުރިމަތިވި ލަދުވެތި ކަމެކެވެ. ހަައްގުތަކުގެ ވާހަކަ އެ ބޭފުޅުން ދެއްކެވި ނަމަވެސް މިދިއަ ފަސް އަހަރު، އެތައް ހައްގެއް ނިގުޅައިގަނެ، ހިޔާނާތުގެ ބޮޑެތި އަމަލްތައް ހިންގުމުގެ ތުހުމަތު އޮތުމުން، އިތުރަށް ފުރުސަތު ދޭން ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންނުވީ އެވެ.

ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭންގައި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ .---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މަޖިލީސް އިންތިޚާބުގެ ނާކާމިޔާބީއާ ގުޅޭ ގޮތުން ޕީޕީއެމުން އަދި ވާހަކައެއް ނުދައްކަ އެވެ. ޕާޓީގެ އިސް ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ ރަސްމީ ކޮމެންޓެއް ނުލިބުނެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މި އިންތިޚާބުގައި އަމިއްލަ ގޮތުން އުނގޫފާރު ދާއިރާ އަށް ވާދަ ކުރެއްވި އަބްދުލްމަތީން ދެކެވަޑައިގަންނަވާ ގޮތުގައި ޕީޕީއެމަށް މި އިންތިޚާބު ނާކާމިޔާބުވި ސަބަބުތައް ގިނަ އެވެ.

ފުރަތަމަ ކަމަކަށް އޭނާ ވިދާޅުވީ، މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީޕީއެމްގެ ފައިސާ ހިފެހެއްޓުމެވެ. ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ކަނޑައެޅި ފައިސާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ވެސް މި އިންތިޚާބުގެ ކެމްޕޭނަށް ޚަރަދު ކުރިޔަ ނުދޭން ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.

"އަނެއް ކަމަކީ ޕީޕީއެމަށް ކެމްޕޭން ކުރެއްވިޔަ ނުދޭން ރައީސް ޔާމީން ބަންދުކުރީ. ނަތީޖާއަކަށް ވީ ޕާޓީގެ ލީޑަޝިޕްގެ ކެމްޕޭނެއް ނެތި އެ މީހަކާ އެ މީހެއް ކުރިއަށް ގެންދިޔައީ،" މަތީން ވިދާޅުވި އެވެ.

"ދެން މިވީ ގޮތަކީ، ޕީޕީއެމުން ޓިކެޓު ދީފައި ތިބި ޕީޕީއެމްގެ އިޚްލާސްތެރި މެމްބަރުންގެ އަތުން ޓިކެޓް އަތުލުން. މިއީ، ރައީސް ޔާމީނަށް ކުރިމަތިވި ފިއްތުންތަކުގެ ތެރޭގައި ޕާޓީގެ ނިންމުމެއް. އެކަން ޕީޕީއެމްގެ ސަޕޯޓަރުންނަށް ބަލައެއް ނުގަނެވުނު."

މަތީން ވިދާޅުވި ގޮތުގައި ޖޭޕީއާ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަން ޕީޕީއެމުން ގާތްގަނޑަކަށް 30 ދާއިރާއެއްގެ ޓިކެޓް އަތުލަން ނިންމި ނިންމުމަކީ ޕާޓީ އަށް ކުރިމަތިވި ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. ޓިކެޓް އަތުލި ދާއިރާތަކުގެ ކެންޑިޑޭޓުން ނުކުތީ އަމިއްލަ ގޮތުންނެވެ.

"އެ ދާއިރާތަކުގެ ޕީޕީއެމް/ޖޭޕީ ޓިކެޓް ބައިބައިވީ. އެމްޑީޕީގެ ވޯޓުތައް ހުރި ގޮތަށް ހުރީ. އެއީ އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީ އަށް ލިބުނު ވަރަށް ބޮޑު ފައިދާއަކަށް ވި،" މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގެން މަޝްރޫއުތައް އިއުލާން ކުރައްވައިި އިންތިޚާބަށް ނުފޫޒު ފޯރުވުމަކީ ވެސް އިދިކޮޅު ޕާޓީތައް ފުނޑާލަން އެމްޑީޕީން ކުޅުނު ގޭމެކެވެ.

"ވަރަށް ރޭވުންތެރިކަމާ އެކު ވަރުގަދަ ކެމްޕޭނެއް އެމްޑީޕީން ކުރީ. އެ ކެމްޕޭން ކުރީ އިދިކޮޅު މުށުތެރެއަށް ލައިގެން ބާރާއި ނުފޫޒު ބޭނުންކޮށްގެން. އެމްޑީޕީ އަށް ކުޅެވެން ހުރި ހުރިހާ ކާޑުތަކެއް ކުޅުނު،" މަތީން ވިދާޅުވި އެވެ.

އެކަމަކު ފެންނަން އޮތް އަނެއް ހަގީގަތަކީ، ޕީޕީއެމްގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ރޭވުންތެރި އެއްވެސް ކެމްޕޭނެއް ކުރިއަށް ނުގެންދެވުމެވެ. ޖަލުގައި އޭރު އޮންނެވި ޔާމީނާ ހިސާބުން ޕާޓީގެ ކުރިމަގު ބަނަވީ ކަމަށް ދެން ތިއްބެވި ބޭފުޅުން ގަބޫލުކުރެއްވި ފަދަ ގޮތަކަށް މުޅި ޕާޓީ އޮތީ ވިއްސިވިހާލިވެފައި ކަމަށް ފެނުނެވެ.

މިހާ ބޮޑު ބައްޔަކުން ޕީޕީއެމް ބަލިވުމުން ދެން އެ ޕާޓީ އަލުން ސިޔާސީ ދާއިރާއަށް ނުކުންނާނެ ގޮތަކާ މެދު ވެސް ސުވާލުތަކެއް އެބަ ހުއްޓެވެ. އެކަމަކު އެ ޕާޓީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުންގެ މެދުގައި ފުރަތަމަ މި އޮތީ ލަދުވެތި ބައްޔާ މެދު ފުންކޮށް ވިސްނުމެވެ.

166 ކޮމެންޓް, 387 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 6%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމާ

09 April 2019

ސްރީލަންކާގައި ދިވެހިރާއްޖެއަށް ޚާއްސަކޮށްގެން ހުޅަގުން ހުޅުވާފައިވާ އޮފީސް ތިކާމިޔާބީއަށް ފުދޭނެ. ހުރިހާވެސް މައްސަލައަކީ ދިވެހިން އަމިއްލަ ސިނކުޑިން ނުވިސްނުމެވެ.

The name is already taken The name is available. Register?

1212

09 April 2019

މަތީނު އަމިއްލަ ގޮތުން ނުނިކުމެ، އިލްހާމަށް ތާއީދުކުރިނަމަ ނުވަތަ އިލްހާމު މަތީނަށް ބައިއަތު ހިފިނަމަ ތިޔަ ގޮނޑި ނަގާލަން ޕޕމއަށް އުނދަގުލެއް ނުވީސް..

The name is already taken The name is available. Register?

ޖަމަލޭސް11

09 April 2019

ބަލިވީމާ ބަލި ޤަބޫލުކުރަންވީ. ތިމަންނާމެން ބަލިވީ ޕުލޭނެއްނެތި ތެޅިބޭލީމާ. އެމްޑީޕީން އެހެދީ ޕޕމ އިން ވެރިކަމުގެ ބާރުގަ އޮތް އިރު ހެދި އެތި. ކަރުމާ އެނބުރި އައިސް ޕޕމ ހޫރާލީ ލަދުވެތިގޮތަކަށް. ޕޕމ ގަ ނުހުރޭ މޑޕގަ ހުރި ޖޯރެއް..

The name is already taken The name is available. Register?

ހަމްދަރުދީ

08 April 2019

ދެންވެސްވިސްނާ ގާބިލްދަރިންނައްޕާޓީގެ އިސްސަފުން ޖާގަދެއްވާ ދެޕާޓީ ހިނގަން ނޫޅެ ކޮންމެސްޢެއްޕާޓީއެއް ހިންގަބަލަ ޑީއާރުޕީ..ޕީއޭ..ޕީޕީއެމް..ޕީއެންސީ..މެންބަރުން ނުދުއްވާ ދާއިރާ ގޮފިތަކާ ރަށުގޮފިތައް ރުކުރުވާލާ އަދި މޮޅިވެރިކަމުގެ ސާލުލާން ގާތްނުވޭ ރައްޔިތުންތިބީ ބަލަން 300 ބިލިއަންވަރުގެ ވައުދު އެއޮތީވެފަ ނުފުއްދިއްޖިއްޔާ އިގޭނެ މާލޭމީހުންކާރީބުނީ މަލެސަރަހައްދުން ފުލެޓާ ގެދޮރުދޭނީ މާލޭ މީހުންނަށޭ ދެންކަލޭމެން ކުއްޔައްދޭށޭ ރައްފުށުމީހުނައް

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

08 April 2019

މަޖުލިސް އިންތިޙާބާއި ރިޔާސީ އިންތިޙާބުން ޕީޕީއެމް ބަލިވާން ޖެހުނު ސަބަބު 3 އެކެވެ. 1. ޕީޕީ އެމް ރަޢީސް މަޢުމޫނު އަތުން އަތުލުން. 2. ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ބަޤާވާތެއް ކޮއް ވެރިކަން ބަދަލު ކުރުން. 3. ރައްޔިތުންގެ ވެރިކަން ބަޤާވާތަކުން ވައްޓާލަން އެންމެ އިސްކޮއް ހުންނެވި މީހުންގެ ތެރޭގައި ސޭޓުޖީ ހުރުމުން އެ ސޭޓުޖީގެ އަތުގައި ހިފައިގެން ރައްޔިތުން ނާއި ދެކޮލަށް ނުކުތުން. މި ހުރިހާ ކަންކަމީ ރައްޔިތުން ވަރަށް ގާތުން ބަލަމުން ދިޔަ ކަންކަން

The name is already taken The name is available. Register?

މުޙުއްމާ

08 April 2019

ތިޔަށްވުރެ ކުޑަލަދެއްނޫނެއްނުން ވައްކަންކޮށްފަ އެވައްކަން ފަޅާއެރީމަ. ރައްޔިތުންނަށް އެގޭ ވައްކަން ކުރި މީހުން. އެހެންވެ އެމީހުން ބޭރުކޮލީ. ސޭޓް ބޜނުންހާ ގޮތެއްވެސް ދެން ނެހެދޭނެ. ސޭޓް އަތް ނުފޯރާހިސާބުގަ މިހާރު އެމް.ޑީ.ޕީ. މެޖޯރިޓީ އޮތީ.

The name is already taken The name is available. Register?

ސަލާހު

08 April 2019

އަންނި އެއީ މާސްޓާމައިޑު އަދި އެހާމެ ހިއްވަރުގަދަ ބޭފުޅެއް ކަމުގަ ދެކެން

The name is already taken The name is available. Register?

ކަކޯލްޑް

08 April 2019

އަދުރޭ އާއި ނިހާނުމެންނަކީ މެނޭޖްމަންޓްގެ ރޮނގުން ތައުލީމުވެސް ތަޖުރިބާވެސް ނެތް ދެމީހުން. މިފަދަ މީހުންނާ ޕާޓީގެ ހުރިހާ ކަމެއް ހަވާލުކުރީމާ ވާނީ މިހެން.

The name is already taken The name is available. Register?

ލީން

08 April 2019

އޯކޭ އެއްނު، ވާ ވަރަށް ގައުމު ބަނޑުއެޅިފައޭ ހުރީ. ދެން އެހެން ބަޔަކު އެކަން ކުރަން ޗާންސް ދީ. ކެވުނުލެއް މަދެއްނޫން ދެރަވާކަށް.

The name is already taken The name is available. Register?

ހަސަން ނިހާދު

08 April 2019

ފަށްފަށުން މާތް ﷲ ސުބްހާނަހޫ ވަތައާލާއަށް ހަމްދާ ސަނާ. ހާދަ ދުވަހެއް ވެއްޖޭ އަހަރުމެން އެމްޑީޕީ ކޮންމެ މީހެއްގެ ބޮލުގައި ލާދީނީ ޓެގް އަޅުވައިގެން ކަލޭމެން އުޅޭތާ. އިންޝާﷲ ދެން އެ ޓެގް ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމުގެ ފުރިހަމަ މިސާލެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454