ސައީދު: މާވަށު ދާއިރާ އިން އޭނާ ކުރި ހޯއްދެވީ ފަސް ވޯޓުގެ ތަފާތަކުން. --ފޮޓޯ/މިހާރު
08 އެޕްރީލް 2019 - 14:51
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެކަން ކަށަވަރު ކޮށްދިން ނަމަވެސް ތަފްސީލެއް ނުދެ އެވެ.
މާވަށު ދާއިރާގައި ހިމެނެނީ އެ ރަށުގެ އިތުރުން ހިތަދު އާއި ކުނަހަންދު އެވެ. ވޯޓުލުމުގެ ހައްގު 2،789 މީހުންނަށް ލިބިފައިވާ މި ދާއިރާ އިން ސައީދު ކުރި ހޯއްދެވީ ފަސް ވޯޓުގެ ތަފާތުންނެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ.
އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމީ އެނގިފައިވާ ގޮތުގައި، ސައީދަށް ކުރި ލިބިވަޑައިގަތީ ބާތިލް ވޯޓުތަކެއް ވެސް ގުނައިގެން ކަމަށް ފަލާހް ޝަކުވާ ހުށަހެޅުއްވުމުންނެވެ.
ސައީދާއި ފަލާހުގެ އިތުރުން ވެސް ދެ ކެންޑިޑޭޓަކު އެ ދާއިރާ އިން ވާދަކުރެއްވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި ސައީދު ކާމިޔާބު ކުރެއްވި ގޮނޑިއާ އެކު ޕީޕީއެމާއި ޕީއެންސީ އަށް ލިބުނީ ޖުމްލަ ހަތް ގޮނޑި އެވެ. މި އިންތިޚާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނާ ސިންގާ
09 April 2019
ތީ ޔާމީނު ކޮޅުގެ މީހަކަށް ވަންޏާ، ސިހުރު ފަންޑިތަ ހެދިތޯވެސް ބަލަންޖެހޭނެ. ދާދިފަހުން ލަންކާގަ ދިވެހިންގެ ބަޔަކު ގޮސް އެކަހަ ފާޑަކަށް އުޅެފި
ޒުލޭހާ
09 April 2019
ޢިލްމުން ވާހަކަ ދައްކާނެ މީހަކުވެސް މަޖްލީހުގައި ހުރެގެންނުވާނެ. ރައްޔިތުން މިތިބީ ރީތި އެއްޗެއް ހިއްޕަވައިގެން.
ގަރުދިތަ
09 April 2019
އިލްމީ ހުރިހާ މީހުން ބޭރުކޮށްފި. އަދުރޭ ނިހާން ބޮޗޭ ޔާމިން ޚަލީލް ރިޔާޒް ކުއްޓި މުސްތަފާ އަލީއާރިފް. އަދި ވަންނަން އުޅުނު އިލްމުވެރިންވެސް ވަނަކަ ނުދިން އަލްހާން ޝައިނީ އަދި ޔާމީނަށް ގާނޫނު ފަރުމާކޮށްދިން ގޮނޑިގެެއްލުނު ސިލްސިލާގައި އުޅުނު 11 މީހުންވެސް. ވައްކަމުގެ އިލްމު ހުސްވެއްޖެ.
މާޥަށު
09 April 2019
މިއީ މާވަށު ދާއިރާގެ ރައްޔިތުން ނަށް ބޭކާރުވި ގޮޑިއެ ކެވެ. ތި ގޮޑި ސައީދަށް ލިބިއްޖެ ނަމަ ތި ގޮޑި ހުންނާނީ މަޖްލީހުގެ ފެންޑާ މަތީގައެވެ.
މަރޭމިތުރު
09 April 2019
ތިސައީދަށް ފުރަތަމަ މިނިސްޓަރުކަން ލިބުނީމާ އޭނާޔަށް ފުރަތަމަ ޑުރައިވަރަކު ކާރައް ހަމަޖައްސައި ހޯދައިދިނީ އަހަރެން. އަހަރެން ބުންން އޮތީހަމަ އެންމެ ވާހަކައެއް! ސައީދަކީ ކަމުދާމީހެއްނޫން. މިވަރަށް ބުނެފައި ހުއްޓާލާނީ!
ޢެއްމެ ވޯޓެއް
09 April 2019
މަ އަޑުއަހަން ދެނޭވާދޭތެރޭ “އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލު ކުރެވޭނެ” މިވީކިހިނެތް ތިހެން ގުނަންޏާ ހުރިހާފޮށިތަކެއްގެ ވޯޓު ގުނާ އަދި އެއްމެ ގޮޑިއެއްވެސް އެމްޑީޕީ ނޫން ޕާޓީއަކަށް ދޭން ހަދާނެ ކަމެއް ނެތް. ރިޔާސީ އިންތިހާބުގަ ގުނަން ބުނީމަ ސަރީފު ފަޔައް ހިނިއެރީ. މީ ވަރަށް ވާހަކަ
ކުޜެންދޫ
09 April 2019
ކަޑަވީދޯ ސައިޒު ފެނުނީމަ.......ލޮލް
ސަމީރާ
09 April 2019
"ﷲ ގެ މަގު ނޫން މަގެއް ހިޔާރު ކުރާ ބަޔަކު ދަންނާށެވެ. އެބަޔަކަށް ގެއްލުމާ ހަލާކު ނޫން އެއްޗެއް ނުވެއެވެ."
ޔާސްމީން
08 April 2019
ރަނގަޅު، ގުނާފަ ޔަޤީންކުރޭ! ތިބައިގަނޑަށް ދެން އެއްވެސް ވަގެއް ހެދޭނެ ފުރުސަތު ދީގެން ނުވާނެ!
މިއަދު
08 April 2019
ތިދާއިރާގެވަގުތީނަތީޖާ 1 ވޯޓުން އެމްޑީޕީ ކެންޑިޑޭޓް ކުރީގައި އޮތްނަމަވެސް ތިމޯޓްތައް އަލަކުންނުގުނީސް
ރިޝާ
08 April 2019
ޝަކުވާ ހުށައެޅިމަ ގުނާނެ. މިހާރު ނުފޫޒެއް ނުފޯރުވާނެ
ގގގގ
09 April 2019
އިންސާފު މިފެންނަނީ. ބަޔަކު ގަބޫލު ކުރަނީ، އިންސާފަކީ އެބަޔަކަށް ފައިދާ ހުރި ގޮތްތައްވީމަ އެއަށް ކިޔާ އެއްޗެއްކަމަށް. އެކަމަކު، ﷲ ތަޢާލާގެ ހަޟްރަތުގައި އިންސާފަކީ، ހަމަތަކާ އުސޫލުތަކުން އޭގެން ނުކުންނަ ނަތީޖާ.
ކެން
09 April 2019
ރިޝާ މެން އުޅެނީ މިދުނިޔޭގަ ނޫންވީމަ ހީވާ ގޮތް ތިއައީ. ޝަކުވާ ހުށަހެޅި ކުރިން ޕީޕީއެމުންވެސް. އެކަމު ނުގުނާތަނުގަ ކަރުދާސްތައް ނައްތާލީ ހެދި މަކަރުތައް ފޮރުވަން.
އޭޝް
09 April 2019
ކެން އަށް ބުނެލަން އޮތީ ޝަކުވާ ހުށަހަޅަން އޮތް މުއްދަތުގަ ޕީޕިއެމް އިން ކީއްވެތޯއޭ ޝަކުވަހުށަނޭޅީ ރިޔާސީ އިންތިހާބުގަ. ކަރުދާސްތަޢް ނައްތާލީ ޤާނޫނުގަ ބުނާ މުއްދަތުހަމަވުމައްފަހު.
ދޮންސޭޓް
08 April 2019
5 ވޯޓްގެ ތަފާތަކީ ކުޑަ ތަފާތެއް.. އެހެންކަމުން މައްސަލައެއް ޖައްސާފިއްޔާ އެފޮށިތަށް އަލުން ގުނުމަކީ އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތް، އަދި އެކަމުން ސައީދުގެ ހައްޤެއްވެސް ގެއްލީގެން ނުދާނެ.. ސެކިއުރިޓީ އުރަ ކަނޑާނީ 2 ފަރާތުގެ މަންދޫބުންނާއި މީޑިއާގެ ޙާޟިރުގައި، ގޯހެއް އޮތިއްޔާ އެ އެންމެނަށް ފެންނާނެ.. ބަޔަކު ބަދުނާމު ކުރުމުގެ ކުރީގައި ކަންއޮތްގޮތް ބެލުން ބުއްދިވެރި.
ބާތިލް
08 April 2019
ނޫން ބޮޑުތަނުން ސައީދުގެ ހައްގު ގެއްލޭނެ ވޯޓު ބާތިލްކުރުމުގެ ފުރިހަމަ ފުރުސަތު އީސީއަށް ލިބިފައޮތީމިހާރު ވޯޓު ކަރުދާހުގަ އިތުރު ފާހަގައެ އޮތްނަމަ ބާތިލްވާނެ މިހާރު ސައީދަށް އިތުރުވި ވޯޓުގަ ގޮތެނުހަދާކަމެ ކިހިނެތްއިގޭނީ ޝައްކު ކުރުމުގެ ފުރިހަމަ ޖާގަ އެބައޮތް. ސަރުކާރު ކެންޑިޑޭޓުގެ ޝަކުވާއަކީވެސް ބާތިލް ވޯޓުހުރިކަމަށް އެހެންވީމަ ބާތިލު ކުރުމުގެ ފުރުސަތު އީސީއަށް އެބައޮތް. އިންސާފެނުވާނެ ދެންގުނުމަކުން އަލުން ވޯޓުލާންޖެހޭނީ.
ޖިޒްމާން
08 April 2019
ބަލަ އެންމެން ހާޒިރުގަ ބަންދުކޮށް ސެކިއުރިޓީ ހުރިހާ ކަމެއް ކުރަނީ
ދޮންސޭޓް
09 April 2019
ބާތިލް.... ސެކިއުރިޓީއުރައިގައި ވޯޓްލީ މަރުކަޒުގެ ވެރިޔާ ސޮއިކޮށް އޭނާގެ އައިޑީ ކާޑް ނަންބަރާއި ތާރީޙާއި ގަޑި ލިޔެފައި އޮންނާނެ، އަދި ވޯޓްކަރުދާސް ގުނާ މޭޒުގައި ގަލަން ގެންގުޅުން މަނާވާނެ.. އަދި ހީވާގޮތުން ކުރިން ގެންގުޅުނު ޖާދޫގެ އަނގޮޓިވެސް މިފަހަރު ނުގެންގުޅޭނެ.. އެހެނަސް ފާހަގަތައް ތިރިއަށް ވެއްޓިފަ ނުހުންނާނެއެކޭ ނޫން މި ބުނަނީ..
ކައްމަތިން
08 April 2019
އެހެން ދާއިރާތައްވެސް ގުނަންޖެހޭނެ.
ލިން
08 April 2019
ޝަކުވާ ހުށަހެޅީމަ ގުނާނެ މީޑިއާއާއި 2 ކެނޑިޑޭޓުންނާއި މަންދޫބުންގެ ހާޒިރުގަ ސެކިއުރިޓީ އުރަ ކަނޑައިގެން، އެވަރު ކުޑަ ތަފާތެއް ވިއްޔާ.. އެއީ ޤަވާއިދުގަ އޮންނަ ގޮތް..
އައިމޮން
08 April 2019
ކަލޭގެ އަނގައިގާ ހުރި ދަތްތައް ގުނަންވީނު؟
ބޫމް
09 April 2019
ގަވައިދުގައި އޮތްގޮތް ބެލުން މިމީހުންނަކަށް މުހިއްމެއް ނުވާނެ. ލައްކަ ދުވަހު އެ ސަގާފަތް ދެމެހެއްޓި ބައެއް ތިޔައީ.
ކެން
09 April 2019
ގުނައިފިއްޔާ އެމްޑީޕީއަށް ނުލިބދާނެ. އެހެންވެ ނުވާނެ ގުނައިގެންނެއް.
ފޮނިޓައްޕު ހަސަނު
08 April 2019
ސައީދު އަށް ބަލިވުން ހައްގު. އޭނަ ހާލުގަ ޖެހިގެން ގާސިމްގެ ރިޒޯޓްވަޒީފާއަށް އެނބުރި ގޮސްސާނެ ނުން.
ލޮނު ހިތި ހަސީނާ
08 April 2019
އޭނައަށް ހައްގުވާ ކަންކަން ކަޑައެޅުމުގެ ބާރެއް ކިތައްމެ ފޮނިޓައްޕު ހަސަނަކަސްނެތް އެބާރުއޮތީ ﷲގެ ޔަދުގުދުރަތުގަ. އޭނަގެ ހައްގެ ނިގުޅައިގަނެވިދާނެ މިއަދު ބާރުއޮތީމަ. އަދި އެކަމަކު މާދަން މާބޮޑު ތިލަފަތަކުން މީޒާންކުރާނެ.
ދެބަންދިހާރު
08 April 2019
އެމްޑީޕީ އަށް ކުރި ނުލިބޭ ހުރިހާ ދާއިރާއެއްގެ ވޯޓް އަލުން ނެގުން ރަނގަޅީ
އައްޑޫސިޓީ
08 April 2019
ކީތްކުރަނަނީ 78ގޮނޑި އެއްކޮށްދނީމަ ނިމުނީ.
ސަމާސާ އައިމިނާ
08 April 2019
އެމް ޑީ ÷ އަކަށް އެއްވެސް ގޮނޑިއެއް ދެނެއް ބޭނުން ނުވޭ ނަމަވެސް ވޯޓަށް މަކަރު ހެދިކަމުގެ ތުހުމަތު އޮތީ ތީވެ އަލުން ވޯޓު ގުނަނަޖެހޭ. މިކަމަކީ ވޯޓުފޮށި ކައިރީގައި ތިބި ވިޔާނުދާ ބަޔަކު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ހިންގާފައިވާ އަމަލެއްކަމަށް ވާނަމަ އެބަޔަކާއި މެދު ހަރުކަށި އަދަބުދިނުމަށް ގޮވަން
ޖިޒްމާން
08 April 2019
ނުޖެހޭ. ސްޕަރކޮށް ލިބިފަ އޮތީ. ގުނަން ބޭނުމިއްޔާ ކޮންމެ ކެނޑިޑޭޓަކަށްވެސް ފުރުސަތު އޮވޭ. 5 ވޯޓު ތަފާތު ވީމަ ވ ކައިރި