15 އެޕްރީލް 2019 - 07:35
މީގެ 12 އަހަރު ކުރިން ހޯދި ކުޑަ ޕްލެނެޓަކަށް ކިޔާނެ ނަމެއް ހޮވަން އާންމުންގެ އެހީ ހޯދަން ސައިންސްވެރިން ނިންމައި ވޯޓަކަށް ހުޅުވާލައިފި އެވެ.
ނެޕްޓޫންއާ މާ ދުރު ނޫން ހިސާބަކުން 2007 ގައި ފެނުނު ކުޑަވަރެއްގެ ފްލެޓަށް މިހާރު ނުރަސްމީކޮށް ބޭނުންކުރާ ނަމަކީ (225088) 2007 އޯއާރް10 އެވެ.
މި ޕްލެޓަށް ދޭނެ ނަމެއް ހޮވަން ފުރުސަތު ހުޅުވައިލި އިރު ތިން ނަމެއް އިހުތިޔާރުގެ ތެރޭގައި ހިމެނެ އެވެ. އެއީ ގޮންގްގޮންގް، ހޯލް އަދި ވިލީ އެވެ. އަދި މީގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ނަމެއް ޕްލެނެޓަށް ރަސްމީކޮށް ދޭނީ އިންޓަނޭޝަނަލް އެސްޓްރޮނިމިކަލް ޔުނިއަން (އައިއޭޔޫ) އިންނެވެ.
‘The website they’ve set up for this is really nice’ - thanks @GeertHub and @Alex_Parker! https://t.co/e872uSEeA4
— Meg Schwamb (@megschwamb) April 12, 2019
ސައިންޓިސްޓުން ބުނި ގޮތުގައި ޕްލެނެޓަށް ކިޔާނެ ތިން ނަމެއް ކަނޑައެޅީ ރަތް ކުލަ އަށް ނިސްބަތްކޮށްފަ އެވެ. އަދި ނަންތަކަށް ވޯޓް ދިނުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ އޮންލައިންކޮށް ހުޅުވާލައިފަ އެވެ.
އައިއޭޔޫ އިން ބުނި ގޮތުގައި ތިން ނަމުގެ ތެރެއިން އެ މީހަކަށް އެންމެ ގަޔާވާ ނަމަކަށް އެއް ފަހަރަށް ވުރެ ގިނައިން ވޯޓް ދެވޭނެ އެވެ. މި ވެބްސައިޓަށް ވަދެލައިގެން ވޯޓް https://2007or10.name/index.html#vote ލެވޭނެ އެވެ.
ނަމެއް ކަނޑައަޅަން އާންމުންނަށް ފުރުސަތު ހުޅުވައިލި ޕްލެނެޓަކީ ތިން ސައިންޓިސްޓުންތަކެއްގެ މަސައްކަތުން ހޯދާފައިވާ ޕްލެނެޓެކެވެ. އެ ތިން މީހުންނަކީ ހަވާއީގެ ޖެމިނީ އޮބްޒަވޭޓްރީ އަށް ނިސްބަތްވާ މެގް ޝުވެމްބް، ކެލިފޯނިއާގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީމައިކް ބްރައުން އަދި ކަނެކްޓިކަޓްގެ ޔޭލް ޔުނިވަސިޓީގެ ޑޭވިޑް ރޮބިންނޯވިޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަވާޒު
15 April 2019
ޕްލެނެޓް އެޖެންޑާ19 ކިހިނެއްވަނީ؟
ގޯނި
15 April 2019
ގޮންގްގޮންގް ވަރަށް ސަޅި. ދެން ބަލަން ތިބެއްޗޭ ތިޔަށް ދިވެހިން ކިޔާނެ ނަން. ނެޕްޓޫންއަށް ކިޔަނީ ނަފްޠޫން. ގޮންގްގޮންގް އަށް ކިޔާނީ ގޯނިގޯނި ކަންނޭނގެ