ފަލަސްތީނުން ރާއްޖެ އަށް ކަނޑައެޅީ ސަފީރު ވަލީދު އޭއެމް އަބޫއަލީ، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް (ކ) އަރުއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
14 އެޕްރީލް 2019 - 20:43
ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ރާއްޖެ އިން އަބަދު ވެސް ތާއީދުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުން ރާއްޖެ ކަނޑައެޅި އާ ސަފީރު، ވަލީދު އޭއެމް އަބޫއަލީގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެ ގައުމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ ތާއީދު ދެމި އޮންނާނެ ކަމަށެވެ. އަދި ފަލަސްތީނަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ މަގާމެއް ދީފައިވާ ގައުމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ސަފީރުގެ ވާހަކައިގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ހެޔޮއެދުންތައް ރައީސަށް ރައްދުކުރެއްވި އެވެ. އަދި ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އާއި ފަލަސްތީނާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ފަލަސްތީނުގެ މައްސަލައިގައި ޔަމަނުން 2017 ވަނަ އަހަރުގެ އދ.ގެ އާންމު މަޖިލީހަށް ހުށަހަޅި ގަރާރެއް ރާއްޖެ އިން ކޯ-ސްޕޮންސާކޮށްފައިވެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިރުމަތީ ގުދުސް އަޅުވެތިކުރީ 1967 ވަނަ އަހަރުގެ ހަނގުރާމައިގަ އެވެ. އެ ބިން އަޅުވެތި ކުރުމަށް ފަހު އިޒްރޭލުން ދައުވާ ކުރަމުން ދަނީ މުޅި ގުދުސަކީ އިޒްރޭލުގެ ވެރިރަށަށް ހަދާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފފފފ
15 April 2019
އެމް.ޑީޕީ ގެ ވެރިކަމުގައިވެސް ތިހެން ގޮވި. އެކަމަކު، ޖެނެރަލް އެސެމްބްލީގަ ރާއްޖެއިން ބައިވެރިވެ، ފަލަސްތީނަށް މިނިވަންކަން ދޭން ނުފެންނަކަމަށް ވޯޓްލީ. މުނާފިޤުކަން އިންތިހާ.
ބުޒުރާދީ
14 April 2019
އަނހާ! ބަލަ ލާދީނީ ސަރުކާރޭ ކިޔާތީ އަޑުއިވޭ! ރަށުތެރޭގައި ހައެއްކަ މީހުން ލާދީނީއޭ ކިޔާ ނަގާއިރު، މި ފެންނަނީ މުޅިން އެހެން މަންޒަރެއް ދެއްތޮ؟ އެކަހަލަ ފީކަޅާ ވާހަކަ ދައްކާތީދޯ އެކަހަލަ މީހުން ދައްކާ ވާހަކަ ނުދައްކާ އެމް.ޑީ.ޕީއަށް ދިވެހި ރައްޔިތުން 65 ގޮނޑި ދީގެން މިއުޅެނީ.. އަޅެފަހެ އަޖައިބެއް ނުވާނެތަ! އަމިއްލައަށް ދޯ ހައެއްކަ މީހުން މި ފަލީޙަތްވަނީ.. ހީހީ ހަލާކުވެއްޖެ އިނގޭ! ނޫނޭވާ ނަޝީދު މޮޅު، މި މީހުންގެ އަގު ރަނގަޅަށްވެސް ވައްޓާލައިފި!
އާދަނު މުހައްމަދު
15 April 2019
ކުދިން ވަރަށް ޅަ. 2012 ގަ ނިމުނު ވެރިކަމުގައި، ކަންހިނގި ގޮތް ހަނދާންކޮށްލަ ދެންތޯ؟ ކެރަފާ ނަސީމު އދ.ގެ އާއްމު ބައްދަލުވުމުގައި، ފަލަސްތީނުގެ މައްސަލައަށް ވޯޓް ދިނީ އެގައުމުގެ މިނިވަންކަން ނުދިނުމަށް. އެކަމަކު، ދިވެހިރާއްޖޭގެ ވެރިކަމުގެ ފަރާތުން ދިވެހި މީޑިޔާތަކަށް އިންޓަރވިއުދިނީ، ދިވެހި ސަރުކާރުން އަބަދުވެސް ފަލަސްތީނާ އެކު ވާނެކަމަށް. މިވަރުގެ ދެފުއްކެހެރި ނުލަފާ ބަޔަކުކަން މިހާއަވަހަށް ހަނދާންނެތެނީ. ޕަބްޖީ ކުޅެވޭލެއްގިނަވީމަ.