ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހޯމް މިނިސްޓަރު
24 އެޕްރީލް 2019 - 14:11
ސުލްހަ މަސަލަސްކަމާއި އާއިލާތަކުގެ ބަދަހިކަމާއި އިގުތިސާދު ވެސް ރަނގަޅުވުން ބިނާވާނީ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރާ މިންވަރުގެ މައްޗަށް ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
"ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުން" މި ނަމުގައި ހޯމް މިނިސްރީން ބާއްވަމުން އަންނަ ސިލްސިލާގެ 12 ވަނަ ބައްދަލުވުން ރ. އުނގޫފާރުގައި ފައްޓަވައި ދެއްވަމުން އިމްރާން ވިދާޅުވީ ތަރައްގީ އާއި ކުރިއެރުން ލިބޭނީ ވެސް ފަރުދީ ޒިންމާ ރަނގަޅަށް އަދާކޮށްގެން ކަމަށެވެ.
"ސުލްހަ މަސަލަސްކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް. އަޅުގަނޑުމެންގެ އެކުވެރިކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް. އަޅުގަނޑުމެންގެ އިޖުތިމާއީ ހަމަޖެހުމާއި ދުޅަހެޔޮކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް،" އިމްރާން ވިދާޅުވި އެވެ.
ބައްދަލުވުމުގެ ބައިވެރިންނަށް އޭނާ އިލްތިމާސް ކުރެއްވީ އެ ހުރިހާ ކަމަކާ މެދު ފުންކޮށް ވިސްނައި ފަރުދީ ޒިންމާ އަދާކުރުމުގެ ވިސްނުމައިގެން ތެދުވުމަށެވެ.
އުނގޫފާރުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ބައެއް ބައިވެރިން. ފޮޓޯ: ހޯމް މިނިސްޓްރީ
އުނގޫފާރުގައި ފެށި ބައްދަލުވުމުގައި ބައިވެރިވީ ރ. އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލްތަކުގެ މެމްބަރުން، ޒިންމާދާރު ވެރިން އަދި ޖަމިއްޔާތަކާއި އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި ބައްދަލުވުމުގެ ބޭނުމަކީ އަމާން ވެއްޓެއް ގާއިމްކުރުމާއި ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށްހެދުމަށް މަސައްކަތްކުރުމާއި ފަރުދީ ޒިންމާ ނަގަން ހިތްވަރު ދިނުމާއި ޒިންމާދާރު ގޮތެއްގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތްކުރުމުގެ މުހިއްމުކަން އަންގައިދިނުމެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވާނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ހެލްތް މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު އަދި ހޯމް މިނިސްޓްރީގެ ބޭފުޅުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
24 April 2019
ކަންކަން ބަލަހައްޓަން ހަވާލުކޮށްފަ ހުންނަ މީހާ އަބަދު މިކިޔަނީ ފަރުދީ ޒިންމާ ނަގާށޭ. ބަލަ ފަރުދީ ޒިންމާ ތިވަރުން ނަގާނަމަ ކީއްކުރާ ފުލުހުންނެއްތަ؟!
ކުމުންދޫ އަލީ
24 April 2019
7 ފެބްރުއަރީގައި މަގުމަތީ އުޅުނު މީހުން 2 ފޮޓޯއިންވެސް ފެންނަނީ...
ކަރީޕަހުމީ
24 April 2019
ކަންކަން ރަނގަޅުވުން ބިނާވަނީ ފަރުދީ ޒިންމާ އަށް: އިމްރާން، ވިދާޅުވާއިރު ވިޔަފާރިކުރާތަންތަނުގައި ބިދޭސީން ތިބުން މަނާ މިގާނޫނުވެސް ތަންފީޒު ނުވަނީ މިވެސް ފަރުދީޒިންމާތޯ ދެން ކީއްކުރާ މުއައްސަސާތަކެއްތޯ ބޮޑު ޙަރަދުކޮއްގެން ރަށްޔަތުން ޓެކްސް ފައިސާއިން މުސާރަ ދެއްވައިގެން
ފުލުސް
24 April 2019
ފުލުހުންނަކީވެސް ރައްޔިތުން. ތިމީހުންގެ ދަރިން ތިކިޔަވަނީ ފުލުހުންގެވެސް ޓެކްސް ފައިސާއިން
ހިގޮ
24 April 2019
ފަރުދީ ޒިންމާ ރަގަޅަށް އުފުލޭނީ ސިޔާސީ މީހުންގެ ޝިކާރައަކަށް ރައްޔިތުން ނަހަދާ އިލްމީ ގާބިލް މީހުން ގައުމުގެ މުއައްސަސާތަުގަ ތިބެގެން ރަށްޔިތުންނަށް ބޭނުންވާ އަސާސީ ޚުދުމަތް ދައުލަތުން ފޯރުކޮށްދީ ފޯރުންތެރިކަންއިތުރު ކޮށްދީގެން....ނިކަން ވިސްނަވާ އިމްރާން މެން އިސްވެތިބެގެން ކުރި މޭޑެ މުޒާ ހަރާގަ ކިތައް އާއިލާ ނިކަމެތިވީ ޖަލުގަބައެއް ބޭފުޅުން ނިޔާވީ މިޢީ ކިހާ ދެރަކަމެށް އެއީ ފަރުދީ ޒިންމާ އެއްކަމަށް ބުނެ ފަރުދުން ނެރެ ފަރުދުންނަށް ދެރަ
ޝޮކްތެރަޕީ
24 April 2019
އަޅުގަނޑު ހީކުރީ މަނިކުފާނަކީ ރަގަޅުމީހެއްކަމަ. ވަތަންދެކެ ލޯބިވާ މީހެއްކަމަ. އަމިލްލައެދުން މިއިސްކުރީ.