ޕަބްޖީ ގޭމް--ފޮޓޯ: އާކައިވް
24 އެޕްރީލް 2019 - 20:12
ރާއްޖޭގައި މަގްބޫލުކަން ހޯދާފައިވާ ޕަބްޖީ ގޭމް ކުޅުންތެރިންނަށް ހާއްސަކޮށް އުރީދޫ މޯލްޑިވްސް އިން ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނީ މި ޕެކްތަކުގެ ތެރެއިން 250ރ. ހޭދަކޮށްގެން ޕަބްޖީ އަންލިމިޓެޑް ޕެކެއް ލިބޭނެ ކަމަށެވެ.
އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ، ޕަބްޖީ ކުޅުމުގައި އާއިލާ އާއި ރައްޓެހިންނާ އެކު ގިނަ ވަގުތު ހޭދަކުރާ އިރު އުރީދޫ 4ޖީ+ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރާ ގޮތް ދެނެގަނެ ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ.
ޕަބްޖީ50: 1 ޖީބީ 50ރ. އަށް ހަތް ދުވަހަށް ލިބޭނެ
ޕަބްޖީ100: 1ޖީބީ 100ރ. އަށް 30 ދުވަހަށް ލިބޭނެ
ޕަބްޖީ އަންލިމިޑެޓް: އަންލިމިޑެޓް ޑޭޓާ 30 ދުވަހަށް ލިބޭނެ
ޕަބްޖީ ޕްލޭންތައް އުރީދޫ އެޕް މެދުވެރިކޮށް، ނުވަތަ 5555 އަށް ޕެކޭޖުގެ ކީވޯޑު އެސްއެމްއެސް ކުރުމުން ލިބޭނެ އެވެ.
އުރީދޫގެ ޕަބްޖީ ޕެކްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ooredoo.mv ވެބްސައިޓުން ވެސް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯގަޔާ
25 April 2019
އެހެންހުރިހާ ގައުމެއްގަ ޕަބްޖީ ބުލޮކް ކުރަނީ އެކަމަކު މިގައުމުގަ މީތި ގަދަޔަށް ޕްރޮމޯޓް މިކުރަނީ
ޕޮޗިންކީ، ކުޅުދުއްފުށި
25 April 2019
ޕަބްޖީ ނުކުޅޭ މީހުން ހަމަ ޖޭ ވަނީ ، އިންޓަރނެޓާ، ސޯޝަލް މީޑިޔާއާއި ފޯނު ބޭނުން ކޮއްގެން ކުރާ ނުބައި ކަންތަށް މާ ގޯސް ގޭމު ކުޅުމަށް ވުރެ.
ކަނބާއައިސަާ
25 April 2019
ތިކަން މިއުޅޭނީ މީހާރުވެސް ބޮޑު އުނދަގުލަކަށް ވެގެން ޕބްޖީ ކުޅޭ މީހުން ނިދާފަވެސް އެބަ ނިދިން ހޭލެވޭ އިރުއިރުކޮޅާ، އެމީހުން އަބަދު އުޅެނީ ހަނަގުރާމައިގަ،
ހޮޓްކިންގ
25 April 2019
އުރީދޫއިން މިހާތަނަށް ކުރީ ޒުވާނުންގެ މަގު ނުގެއްލޭ ފައިދާހުރި ކަންކަން. އެކަމަކު މިފަހަރު ތިކުރީ ޒުވާނުންގެ ވަގުތު ޚަރާބުކުރާ މަގު ގެއްލޭފަދަ ނުބައި ކަމެއް. އުރީދޫއިން ތިޔަކުރި ކަންތަކާމެދު އަލުން ވިސްނާލުން މުހިއްމު.
ނިއުޒް
24 April 2019
ރޯދަ މަސް ދެދުވަސް ވެފައި އޮއްވައި ހައްތަހާ ވެސް ޒުވާނުން މަގުފުރެދޭނެ ކަންކަމަށް މަގުފަހިކުރުވަނީ! ސީރީޒް ބެލުމާ، ގޭމް ކުޅުމާ، ފުޓްބޯޅަ މެޗް ބެލުން މިއީ މިގައުމުގެ ޒުވާނުންގެ މައިގަނޑު މަސައްކަތަކީ!
ލިސްވިޒް
24 April 2019
އެހެން ގައުމު ތަކުގައި ތިކަން ހުއްޓުވޭތޯ އެބަލަނީ ...މިގައުމުގެ ކުދިން ހަލާކުވެދާނޭތީ ކަންބޮޑުވާ ބަޔަކު ނެތީބާ؟
ޙަމް
24 April 2019
ގޯސް ކަމެކޭ ނުބުނަން އެކަމަކު ތިކުޅޭ ކުދިން ކުޅޭ ގަޑީގައި ބޭއަދަބީ ބަހުން ވާހަކަ ދައްކާތަން ވަރަށް ފެނޭ. 14!އަހަރުގެ ކުދިން ކިޔައިގެން ނުވާނެ ހަޑި ހުތުރު ބަސްތަށް ބޭނުން ކުރޭ. ދެރަ ކަމެއް
ޠުމް
24 April 2019
ނުސީދާކޮށް ތި ބުނެވުނީ ހަމަ ގޯސް ކަމެކޭ
ޓްސްކް ޓްސްކް
24 April 2019
އަވަށްޓެރި ޤައުމުތަކުގައި ތިޔާ ޕަބުޖީއެއް ބޭން ކުރަނީ. އަދިވެސް އުރީދޫއިން ޕެކޭޖު ދޫކުރަނީ އެ ކުޅޭ މީހުންނަށް ހިތްވަރުދޭން.
ހަސަން އަލީ
24 April 2019
މިކަހަލަ ކަންކަން ޕްރޮމޯޓް ކުރާތީ ހިތާމަ ކުރަން
އެހެންޔާ
24 April 2019
ދިވެހީންނަކަށް ރަގަނޅު އެއްގޮތެއް ވެސް ނޯންނާނެ!