ޚަބަރު / ރަމަޟާން 2019

ކަދުރު ދެނީ ފަގީރުންނަށް، ބެހުން ކައުންސިލްތަކަށް

ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ބަހާއިރު އިސްކަން ދޭނީ ފަގީރުންނަށް ކަމަށާއި އެ ކަދުރު ބެހުމަށް ކައުންސިލްތަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޑެޕިއުޓީ މިނިސްޓްރީ އަހުމަދުﷲ ޖަމީލް، "މިހާރު" އަށް ވިދާޅުވީ ފަގީރުންގެ ލިސްޓަށް ބަލައި ކައުންސިލްތަކާ ކަދުރު ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. އިތުރު މީހުންނަށް ކަދުރު ބަހާނީ ފަގީރުންނަށް ބަހައި ބާކީވާ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ރަށެއްގެ ކައުންސިލާ ވެސް ކަދުރު ހަވާލުކުރާނަން. އަޅުގަނޑުމެންގެ އަތުގައި އެބަ އޮތް ފަގީރުންގެ ލިސްޓް. އެ ލިސްޓަށް ބަލައި ހަވާލުކުރާނީ،" އަހުމަދުﷲ ވިދާޅުވި އެވެ.

Saudi in mifaharu ves dhinee 50 ton kadhuru

Saudi in mifaharu ves dhinee 50 ton kadhuru

The most trusted news source in the Maldives

Mihaaru

ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރުން--

ސައުދީން ލިބިފައިވާ ކަދުރުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ނުބެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން އާއްމުކޮށް ބެހުމަށްޓަކައި އެހެން ގައުމުތަކުން ކަދުރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ކުރީ އަހަރުތަކުގައި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުން ވެސް ރާއްޖެ އަށް ކަދުރު ހަދިޔާކުރި އެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެސް ހިމެނެ އެވެ.

36 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 7%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

.ކަދުރު

03 May 2019

.މިސަރުކާރުން ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ރަނގަޅު ވަނީތޯ؟ ރޯދަމަހާ ދިމާކޮށް ތި ދޭ ކޮންމެ އެއްޗަކީ ކަދުރަކަސް އެހެން އެއްޗަކަސް ދިވެހި ރާއްޖޭގެ ރައިއްޔަތުންނަށް ދޭ އެއްޗެއް މީހަކަށް އެއްމެ ކަދުރު އޮށެއްވިއަސް މުޅި ރައިއްޔަތުން ޝާމިލު ކުރަން ޖެހޭނެ ސައޫދީން ކަދުރު ފޮނުވާއިރު ފަގީރުންނަށޭ ނޫން ބުނަނީ ދިވެހި ރާއްޖޭގެ ރައިއްޔަތުން ހިމަނަންޖެހޭނެ! .މިހެން ބުނަން މިޖެހުނީ މީގެ ކުރީގާ ތި ކަދުރެއްގެ ވާހަކަ ދެއްކި ގޮތުން ކަދުރުހިމަނައިގެން މީހުނަށް ނަ

The name is already taken The name is available. Register?

ނާޑުވާ

09 May 2019

ހާދަ އަމިއްލަ އެދުން ބޮޑު ދަހި ގޮލަޔެކޭ. ޟަ ދީފާނަން ކަދުރު ޕެކެޓެއް.

The name is already taken The name is available. Register?

ހަބީބު

02 May 2019

ރަަގަޅު ނިއްމުމެއް ކިޔާލާއިރު. ފަހުން ހަދާނެގޮތެއްނޭގޭތީ!!!!!

The name is already taken The name is available. Register?

ހަސަން ނުވަވަނަ

02 May 2019

ކޮބާ ފަގީރުން. ހާބަރު ކަޑަތަކުގެ ހުސް ގޮނޑިއެއް ނުހުންނާނެ. އަތުގަ އެއްމެ ފަަހުގެ ފޯނާ ސައިކަލު. އަންހެންވެރިން ވަދެ ސިންދިތާ ފުރާލާފަ. ދަރިން ބަލަން ކަތަމަންޑޫއިން މެއިޑެއް ކޮންމެ ގެއެއްގަ. އަހަރުމެންނަށް އޮޅިއްޖެ ފަގީރުން.

The name is already taken The name is available. Register?

އަލީ އަސްފާގު

02 May 2019

ގޭގަ ޑިސް އެންޓަނާ އާއި މީޑިއާ ނެޓު ގުޅާފަ، އަތުގަ 10 ހާހަށްވުރެ އަގު ބޮޑު ފޯނެއް. ފަހުގެ ސައިކަލް. ގެން ކޮންބަޔަކަށްތޯ މި ރާއްޖޭގައި ފަގީރޭ ކިޔަންވީ

The name is already taken The name is available. Register?

ރަށްވެހި މީހާ

02 May 2019

ފަޤީރުންގެ ލިސްޓް ފޮޓޯއާއި އެކު ޢާންމު ކުރުން ރަނގަޅުވާނެކަމަށް ފެނޭ. އޭރުން ފަޤީރުންނަށް އެހީތެރިވާން ބޭނުންވާ މީހުންނަށްވެސް ފަސޭހަވާނެ.

The name is already taken The name is available. Register?

ޝަރީފު އާދަނު

02 May 2019

ކަދުރު ގަންނަން ލިބޭނެ ވަރަށް ގިނަ ފިހާރަ ތަކުން ކަދުރުން ރޯދަ ވީއްލުމަކީ ސުންނަތެއް ކިތައްމެ ކުޑަ ޘަވާބު ކޮޅެއް ނަމަވެސް ލިބި ގަނެވޭތޯ ބަލަން ޖެހޭ އަނެއްކާ ހަށިގަނޑާށް ވަރަށް ފައިދާ ކުރާކަމެއް ކަދުރުން ރޯދަ ވީއްލުމަކީ މައުލޫމާތު ހޯދާލައިގެން ކޮމެންޓް ކުރެވޭތޯ ބަލާ

The name is already taken The name is available. Register?

ރަނާ

02 May 2019

ސައޫދީން ލިބިފައިވާ ކަދުރު ހުރިހާ ގޭބިސީ ތަކަށް ނުބެހޭބެ ކަމަށް ބުނި އިރު މިދިޔަ އަހަ.ރުވެސް ލިބުނު އަދަދަށް މިފަހަރުވެސް ލިބުނީ ތިޔަބައިމީހުން ހަޅޭއްލީ ދޮތަ ހުރިހާ ގޭބިސީ އަކަށް ކަދުރު ނުލިބިގެން މިދިޔަ އަހަރު ބަލަ 50 ޓަނު ކިހިނެއް ބަހާނީ ރާއްޖޭ އެންމެނަށް ރާއޖޭގަހުރީ ފަންސާސް ހާސް ގޭ ބިސީބާ

The name is already taken The name is available. Register?

ނާޑުވާ

09 May 2019

މިދިޔަ ފަހަރު ލިބުނު ކަދުރު ބެހީ މެޑަމް ދޯ؟

The name is already taken The name is available. Register?

ކަދުރު މެޑަމް

02 May 2019

ކަދުރު މަރިޔަބާ ހަވާލުކޮއްލަނީކޮއް ނިކައް އަވަހައް ބަހާލަދީފާނެ

The name is already taken The name is available. Register?

ާކުރީގެ މެމްބަރ

02 May 2019

މަޖިލިސް މެމްބަރުކަން ކުރިން ކޮށްފަ ތިބި މީހުންނަށް އިސްކަންދޭ އުޞޫލަކުން މިކަން ކުރަންފެނޭ.

The name is already taken The name is available. Register?

ޢަބޭ

02 May 2019

އަހަންނަށް މާރަނގަޅު ތިޔާ ގެންގޮސް ޔަމަނުގަ ހާލުގަ ޖެހިފަތިބި މީހުނަށް ހަވާލުކުރިއްޔާ! އެމީހުން އެއުޅެނީ ބަނޑަށް މަރުވާތީ! ކާނެކާއެއްޗެއް ބޯއެއްޗެއް ނުލިބި އެމީހުންތިބޭތާ މިހާރު ކޮންއަހަރެއް. ސައުދީއަށް ތިކަދުރުތައް ފޮނުވާލައިފަ ބުނޭ އެމީހުންނަށް ދޭށޭ. މިފެށޭ ރަމަޟާންމަހު އަހަރެމެންނަށް ވުރެން އެމަިހުންނަށް ތިމާބޭނުންވާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454