ހައްޖަށް ދިޔަ ދިވެހިންގެ ބަޔަކު ސައޫދީގައި. ހައްޖާއި އުމްރާ އަށް ގޮސް އުޅުމުގެ ތެރޭގައި އާންމު ގޮތެއްގައި ގެއްލެނީ އުމުރުން ދުވަސްވީ މީހުން. -- ފައިލް ފޮޓޯ
20 މެއި 2019 - 16:54
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަށް ގޮސްގެން އުޅެނިކޮށް ގެއްލުނު މީހާ ދެ ދުވަސް ފަހުން މިއަދު ފެނިއްޖެ އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ ޞަފާ އާއި މަރުވާއާ ދޭތެރޭ ހިނގަނިކޮށް ހޮނިހިރު ދުވަހު ގެއްލުނު މީހާ ފެނުނީ ހަރަމްފުޅާ ފަސް ކިލޯމީޓަރުން ދުރުން ކަމަށް އެނގިފައިވެ އެވެ. ފެނުނު އިރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ހަމީދު ވިދާޅުވި އެވެ.
ގެއްލުނު މީހާ އަކީ އުމުރުން ދުވަސްވީ މީހެކެވެ. އެ މީހާއާ ބެހޭ މައުލޫމާތެއް ހައްޖު ކޯޕަރޭޝަނުން ހާމައެއް ނުކުރެ އެވެ.
ހައްޖާއި އުމްރާ އަށް ގޮސް އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް މީހުން ގެއްލި އެތައް ދުވަހެއް ހޭދަވެފައިވެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޯދަ މަހު 84 މީހަކު އުމްރާއަށް ދިޔަ އެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ހަމީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
21 May 2019
ޓޯކިޔޯ އޮލިމްޕިކަށް ދިޔުމަށް އެބަ ވިސްނަން. ކޯޓާ ލިބޭނެ ކަމުގައި ހީކުރަން.
އާލަމް1
21 May 2019
ތިޔަ ކޯޕަރޭޝަން ރަނގަޅުވާނީ އެއްކޮން ދޮވެ ސާފު ކޮއްގެން އެމީހުންނަކީ އެއްގޮތަކަށް ވެސް ހާޖީންނަށް އެހީވާބައެއްނޫން ކާތީ ބޯތޯ ވެސް ނުބަލާނެ އެމީހުންގެ އަނބިންނާއި މީހުން ގޮވާގެން ގޮއްސަ އަމިއްލަ ކަންކަމުގައި މަޖާކުރަން އުޅޭބައެއް ތިޔަ ކޯޕަރޭޝަންގައި އުޅެނީ
ކޮއްކޯ
20 May 2019
5 ކިލޯމީޓަރަކީ، ގާތްގަނޑަކަށް 3 މޭލު. ޙަރަމްފުޅާ އެހާދުރަށް އެމީހާ ގައިމު ހިނގާފަ ނުދެވޭނެ. ޞަފާ މަރުވާގަ ހިނގަނީ އެތެރެއަކު ނޫންތަ؟ ގުރޫޕް ގެ ޒިންމާ ކޮބާ؟ އިންޑޮނޭޝީޔާ މެލޭޝިޔާ ފަދަ ގައުމުތަކުގެ ގުރޫޕުން އެއްމެން ގޮވައިގެން ޞަފާ މަރުވާގައި ހިނގައި ޠަވާފްކޮށް ކަންތައްކުރާ ގޮތް ދަސްކޮށްގެން ގެންދާ، އުމުރުން ދުވަސްވީ މީހުނާމެދު ފަރުވާތެރިކަން ބަހައްޓަން ވެއްޖެ ނޫންތޯ؟ އިވެލުއޭޝަނުން މާރކްސް ކެނޭޑޭ ކަހަލަ ކަންކަމަކީ މިހިރީ.
ކޮބާ
20 May 2019
الحمد لله