ސިންގަޕޫރު: ސިންގަޕޫރުގައި އުޅޭ ދިވެހިން އޮންލައިންކޮށް ރަޖިސްޓްރީ ވާން އެމްބަސީން އެދެފި. --ފައިލް ފޮޓޯ
26 މެއި 2019 - 17:15
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިން، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓަރީ ވާން އެމްބަސީން އެދިއްޖެ އެވެ.
އެމްބަސީން ބުނީ އެގޮތަށް އެދުނީ، އެ ގައުމުގައި ދިރިއުއުޅޭ ދިވެހިންނަށް ކުއްލި ހާލަތެއްގައި ވެސް އެންމެ ފަސޭހަ އިން ޚިދުމަތް ދިނުމަށްޓަކައި ކަމަށެވެ.
ސިންގަޕޫރުގެ އެމްބަސީން ބުނީ، އެ ތަނުގައި ދިވެހިން ރަޖިސްޓަރީ ވުމުގެ ނަތީޖާ އަކީ އެމްބަސީން ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް ވެސް ދިނުން ފަސޭހަވުން ކަމަށެވެ. އަދި ކުއްލި ހާލަތުތަކުގައި ވެސް ދިވެހިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ލުއިފަސޭހަ ވާނެ ކަމަށް ބުންޏެވެ.
Online Registration with the Embassy | Maldives Embassy (Singapore)
ONLINE REGISTRATION WITH THE EMBASSY Please use the form below to provide your personal information, filling in all spaces as applicable. The information you provide allows the Embassy to provide you with services, information and support more efficiently and keep you informed of the latest events i…
ސިންގަޕޫރުގައި އުޅޭ ދިވެހިން ރަޖިސްޓްރީވާން ކަނޑައަޅާފައިވާ ޕޭޖު
ސިންގަޕޫރު އެމްބަސީގައި ރަޖިސްޓަރީ ވެވޭނީ އޮންލައިންކޮށް ފުރާ ފޯމަކުންނެވެ. އެ ފޯމުގައި، މައިގަނޑު ގޮތެއްގައި އެދެނީ އެ މީހެއްގެ ނަމާއި ގުޅޭނެ ނަންބަރެއް ނުވަތަ އީމެއިލް އެމްބަސީ އަށް ދިނުމަށެވެ.
އެމްބަސީން ބުނިގޮތުގައި އެތަނުގައި ރަޖިސްޓަރީވާ މީހުންގެ މައުލޫމާތު ރައްކާތެރިކޮށް ބަލަހައްޓާނެ އެވެ. އަދި އެހެން މަގުސަދެއްގައި އެ މައުލޫމާތު ބޭނުން ނުކުރާނެ ކަމަށް ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލު ސައިންސް
27 May 2019
ދެން ތަންތާގަ ކީއްކުރަން ހުޅުވާފަ ހުންނަ އެންބަސީތަކެއްތަ. އެވަރުގެ ޑާޓާބޭސް އެއް މިހާޒަމާންވިއިރު ނެހެދޭ. އަދިކިރިޔާ ރަނގަޅުވެރިޔަކާ އެތަން ހަވާލުވީ. މިހާރު އެގޭ ކުއްލިހާލަތުވެސް އަންނާނެކަން
ޢާޒި
27 May 2019
ޥަރައް މުހިންމުކަމެއް
ޙަސަނު އަލީ
27 May 2019
ރަނގަޅު ނިންމުމެއް. ޝުކުރިއްޔާ ޑރ. މައުސޫމް
ޖުލައި
26 May 2019
ހެޔޮ. ނޫޅެން ތިތާގަ ރަޖިސްޓުރީ ވާކަށް
މުހައްމަދުން
26 May 2019
މިހާތަނަށް ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ރައްޔިތުންދިން މައުލޫމާތު ވަނީ ނަހަމަ ގޮތުގައި ބޭނުންކޮއްފައި.