ރައީސް އިއްޔެ ސައުދީއަށް ވަޑައިގެން އެގައުމުގެ ރޯޔަލް ޕްރޮޓޮކޯލް މިނިސްޓަރާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
30 މެއި 2019 - 13:13
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތުމުން އެ ގައުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސަށް މަރުހަބާ ދަންނަވާފައި ވަނީ ސައުދީގެ ރޯޔަލް ޕްރޮޓޮކޯލް މިނިސްޓަރެވެ.
ރައީސް އޮފީހުން އާއްމުކޮށްފައިވާ ރައީސްގެ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ހުންނެވީ އުމުރާގެ އަޅުކަމަށް އިހުރާމް ބަންނަވައިގެންނެވެ.
ރައީސް އިއްޔެ ސައުދީ އަށް ވަޑައިގެން އެގައުމުގެ ރޯޔަލް ޕްރޮޓޮކޯލް މިނިސްޓަރާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓު އޮންނާނީ މާދަމާ މައްކާގަ އެވެ. އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.
އޯއިސީ ސަމިޓުގައި ރައީސް ތަގުރީރު ކުރައްވާނެ އެވެ. އަދި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ ކޮބާ
01 June 2019
30އަހަރު މައުމޫނު އިހްރާމް ހެދުމުގަ ނުފެނި މުޅިން ކޯޓު ފަޓުލޫނުގަ ގޮށް ބޮޑު ޓައީ އަޅައިގެން.. ހަހަހަ
އެނގުނަސް
02 June 2019
ސައޫދީ ރަސްގެފާނުވެސް އުމުރާހެދުމުގައި ނުފެނޭ. އަދި ގެފުޅުގެއިމާމުންވެސް އުމުރާ ހެދުމުގައި ނަމާދުކުރައްވަނިކޮށް ނުފެނޭ. މައުމޫނުވެސް ވަހީދުވެސް ނަޝީދުވެސް ޢުމުރާވިއްޔާ ފޮޓޯވެސް ނަގާފައި ހުންނާނެ. ވެރިންފެންވަރުގެ ބޭފުޅުން އުމުރާގެ އަޅުކަން އަދާކުރައްވާ ފޮޓޯ ނަގާނީ އޭނަގެ ފޮޓޮގްރާފަރ. އެތަކެތި އާންމުކުރުމާއި ނުކުރުމުގެއިޚުތިޔާރު އެވެރިޔަކަށް އޮންނާނެ.
މަގޭ ނަޒަރު
31 May 2019
ރައީސް އިޙްރާމް ހެދުމުގައި ، ޝާހިދު ކޯޓްފަޓުލޫނުގައި... އެކުގަ ދިޔައިޔާ ރައީސް ހުޔޮކަމެއް ކުރުން ރަނގަޅުހެން ހީވަނީ..
ޙިނި
31 May 2019
ރައީސް ސައުދީން އީރާނައް ދޭން ރާވާ ރޭވުން ތަކުގަ ބައިވެރި ނުވެރާއްޖެ އާދޭ. ނުބައި ރޭވުން ތަކައް ނުނެކޭ ބުނަން ކެރެންވާނެ...
އަޒީމް
31 May 2019
މަރްޚަބާ ހޫނު ވީ ކިހިނެތްތޯ.. ސައުދީމިދުވަސްކޮޅު ހޫނުގަދައީތަ.
ހޮޓްކިންގ
31 May 2019
ކޮބައިތަ ހޫނު މަރުހަބާއަކަށްވެފަ؟
ޖަންބެ
31 May 2019
މިރައީސް އޯކޭ. މަޖިލީސް ސްޕީކަރު މިރައީސްއާ ތޮޅެން ނޫޅެތި. މިއީ ދިވެހިންގެ ރައީސެއް.
އަލަތު
30 May 2019
މިއީ ރައީސް ސޯލިހުގެ ފުރަތަމަ އުމްރާހެން ހާދަ ހީވެއޭ..
ހަސަދު
30 May 2019
ރަސްމީ ތަދުރެއްގައި ގޮސް މިހާފާޅުގައި އުމްރާވުން ކޮންކަހަލަ ކަމެއްބާ. ދަތުރު ނިންމަވާފައި ދެން އަމިއްލަ ގޮތުން އެތާ މަޑު ކުރައްވާފައި ކުރާކަމެއް ކުރެއްވިއަސް މައްސަލަ އެތްނެތް. އަޅުގަނޑުމެންނަށް އުމްރާ އަކަށް 25،000 ދައްކަން ޖެހޭ.
މާޑު
31 May 2019
ހައްޖާއި އުމްރާއަށް އިހްރާމް ބަނުމަށް މީގާތެއް އިނދޭ ، ދީނުގެ ކަންކަން ނޭގޭތާ ވާހަކަ ނުދެއްކުން ރަނގަޅީ
ހުސީނާ
01 June 2019
ސައޫދީ ދައުވަތަށް ރަސްމީ ދަތުރުގައި ސައޫދީއަށް ދާ މުސްލިމުން އުމުރާ ވެވޭގޮތަށް އިންތިޒާމް ކުރެވިފައި އޮންނަނީ. ވަކިރައީސެއްނޫން، އެހެން އޮފިޝަލުންވެސް. މައްކާއަށް ވަދެ ގެފުޅުގައި ތަވާފްކޮށް އުމުރާ ކަޑާލުމަކީ މާބައިވަރު ފައިސާ އެތަނަށް ގޮސްހުންނަމީހަކު ޚަރަދު ކުރަންޖެހޭ ކަމެއްނޫން. މައްކާއިން ބޭރުވެފައި ކަޑައެޅިފައި އޮންނަ ޕޮއިންޓަކުން އިހުރާމްބަދެ މައްކާއަށް ވަންނަ ވަނުމަކީ އުމުރާވުން. މިއީ މާބޮޑުކަމެއް ނޫން.
މަ އުފާވަނީ
30 May 2019
މަ އުފާވަނީ، މިހާރު އަހަރުމެންނަށް ލިބިފަ މިހުންނެވި ޞާލިޙު ރައީސް، ބޭރު ޤައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވާއިރު، އިސްކޮޅު ވެސް އެމީހުންނާ ދާދި އެއްވަރަކަށް ހުންނާތީ އެވެ. އޭގެ ސަބަބުން މިރާއްޖެ ވެސް ކުޑަ ޤައުމެއް ކަމުގެ އިޙުސާސެއް ނުކުރެވެއެވެ.
ޣޣ
30 May 2019
އުފާވެރި މަންޒަރެއް....