ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހު ކުރަން މިދިޔަ ޖެނުއަރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
31 މެއި 2019 - 00:07
ރާއްޖޭގައި ވަކި ސިނގިރޭޓް ވިއްކުން މިރޭ 12 އިން ފެށިގެން މަނާވެއްޖެ އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދު މިދިޔަ ޖެނުއަރީ 31 ގައި ގެޒެޓުކުރިއިރު، އެ ގަވާއިދަށް އަމަލުކުރަން ފަށަން ހަމަޖައްސާފައިވަނީ ތިން މަސް ފަހުންނެވެ. އެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާނީ ވަކި ސިނގިރޭޓު ވިއްކުމާ ބެހޭ ބަޔަށެވެ.
އެ ގަވާއިދުގައި ދެން ހިމެނޭ، ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރަން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި 31 ވަނަ ދުވަހެވެ. އިންޒާރުގެ ފޮޓޯ ނުޖަހައި ހުންނަ ސިނގިރޭޓް ފޮށި ވިއްކުން މުޅިން މަނާވާނީ އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެންނެވެ. ގަވާއިދާ ހިލާފުވާ ފަރާތްތައް އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
31 މޭ 2019 އިން ފެށިގެން ވަކި ވަކި ސިނގިރޭޓާއި ބިޑި ވިއްކުމަކީ މަނާކަމެއް#BeAware #Tobaccokills #QuitNow
— HPA Maldives (@HPA_MV) May 29, 2019
#GHW #BeatNCD #25by25 @MoH_mv pic.twitter.com/HyB4L3GHJA
ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމާއި ދުންފަތުގެ އާ ގަވާއިދާ ގުޅޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ދުންފަތާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފަށާއިރު އެއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ދުންފަތާ ދެކޮޅު ނިންމުންތަކުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކީ ޒުވާން އާބާދީއަކަށް ވާއިރު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އާބާދީ ބޮޑުކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތް ކުރަނީ އެކަމުގެ ހަގީގަތް ގަބޫލުކޮށްގެން ހުރެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
31 May 2019
މަގޭދަރި ހަލާކުވީ ރައްޓެހިންގެ އަވައިގަ ޖެހި ސިނގިރޭޓު ބޮމުންގޮސް އެއައްވުރެ ބާރުގަދަ އެއްޗެއްބޯހިތުން ގޮސް ފަތްބޮއިގެން މިހާރުއޮތީ ކޯސްފުރިހަމަކުރަން ޖަލުގަ މަނޫޅެން އިބޫއައް ސިޓީލައިގެން ސަލާމަތް ކުރާކައް އަލާފިލަންދެން ބާއްވާ މަރުގެ އަދަބުދޭތަނެއްނަމަ މިހާރު ދެފަހަރައް މަރާފާނެ
ޢައިމިނަ
31 May 2019
ތިކަމެއް ނުވާނެ ތި ގާނޫނު ހަދާ ވާހަކަ ދެއްކި ދުވަހުވެސް ވިލިމާލެގެެ ފިހާރަ އެއްގެސޭޓު ބުނެފަ އޮތީ ތިމަންނަ މެން ވިއްކާނަމޭ ކޮންމެ ގަވައިދެއް ހެދިޔަސް
ހޯރަ
31 May 2019
ފޮށިވެސް ވިއްކުން މަނާކުރަށްވީ. ކާޓޫނު ގަނެގެން ބޯމީހަކު ބޮއިފާނެންނު. މިރެއިން ފެށިގެން ޖައްވަން ދޫކުރާ ތި ދުންގަޑް ކޮންމެވެސް ވަރަކަށް މަދުވާނެ ކަންނޭ.
ހަސަން ނުވަވަނަ
31 May 2019
ނުވާނެ. ބަންގާޅީންނަށް ވަގު ވިޔަފާރީގެ އިތު ދޮރެއް ތި ހުޅުވާލަ ދިނީ. އަހަރުމެން ބޮނީ ކާޓޫނ ގަނެގެން އަބަދުވެސް.
އައްޑޫ ރަދުން
31 May 2019
އަދި ތިގަވާއިދު އިސްލާހު ކޮށްލަން އެބަޖެހޭ..."މިބުނި ގަވާއިދަށް އަމަލުކުރުމުގައި ފްރީ ވިސާ ބަންގާޅީ ބޮންދުން އިސްތިސްނާ ވާނެއެވެ."..
ހަސަން ނުވަވަނަ
31 May 2019
ކެރެންޏާ ތި އެތެރެކުރުން ހުއްޓުވަބަލަ ފުރަތަމަ. ރިޒާވް ބަނޑުއަޅައިގެން ގައުމު ހިންގާނެ ލާރިއެއް ނެތީމާ ރައްޔިތުން އަތުން ގިނަ ލާރި ފެލޭނެ ގޮތެއް ހޯދަން. އެނގޭވިއްޔާ ގަންނާނެކަން.
ހަސަން ބާރަބައި
31 May 2019
ހާޑުނުވޭ މާބޮޑައް ރޯދަމަސްމީ ކޮންސިނގިރޭޓެއްބޯކައް ކާޓޫނު ނޫނީ ނުވިއްކޭގޮތް ހަދަންވީ ފޮށިވެސް މަނާކުރަންވީ މިއަންނަ އަހަރު މިދުވަހުން ފެށިގެން
ހިޔާލު
31 May 2019
ހަމަ ހިނި އަންނަނީ. މި ގައުމުގަ ކަންކަން ރަނގަޅު ނުވަނީ ގާނޫނުނެތިގެންތަ؟ ގާނޫނާއި ގަވާއިދު ކިތަންމެ ރަނގަޅަކަށްވެސް ހެދިދާނެ. އެކަމަކު ނުވެފަ އޮންނަނީ އެ ތަންފީޒު ކުރުން.
އިންސާރފް
31 May 2019
ބޮންދުން ސޭޓުންނަށް ތިބުމާއި މިކަމާއި ވަރަށް ތަފާތު. ތިޔައިން ދިވެސްސަކު 6000ރ ގެ މުސާރަައަކަށް 12 ގަޑިއިރު ތިބޭނަންތަ؟ ދެން ފިހާރަ ހިންގަނީ ކިހިނެއް؟ ލޯކަލްކޮށް ގަނެގެން ސާފު ފައިދާ އަށް މިލިބެނީ 40000 ވަރަކަށް ރުފިޔާ ގެޔަށް ގެންދަން. އެއީ 24 ގަޑިއިރު ވެރިމީހާ މަސައްކަތް ކޮގެން. ޓެކުހުގެ ގަވާއިދުތައް ހުރި ގޮތުން ރިސޯޓެއް ހިންގާ މީހާ އާއި އެއްވަރަކަށް ހިސާބު ބަލަހައްޓަންޖެހޭ.
ޝޮކްތެރަޕީ
31 May 2019
މީރަގަޅު ކަމެ މިކަމުގެ ސަބަބުން ސިގިރޭޓު ބޯމީހުން މަދުވާނެ.
ކޮރަލް
31 May 2019
ވަކި ސިނގިރެޓް އެންމެ ގިނައިން ވިއްކަނީ ގަވާއިދާ ހިލާފައް ސޭޓް ކަން ކުރާ ބަންގްލަދޭޝް މީހުންނެވެ. އަދި އެންމެ ގިނައިން ވަކި ސިނގިރޭޓް ގަންނަނީ ބަނގްލަދޭޝް މީހުންނެވެ. އެއްބައެކެވެ.
ބުރުގާ
31 May 2019
އަނެއްކާވެސް އަނެއް ޖަމަލު ފޮޑި ގާނޫނެއް. އެއްކަމެއްވެސް ނުވާނެ. ވަކިވަކިންނާއީ ފުކުފުކުންވެސް ސިނގިރޭޓު ވިއްކާނެ.