އައްޑޫގައި ހުންނަ ޝީޝާގެ ޝޯރޫމް: އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް އައްޑޫގައި ސައިކަލް އިންސްޓޯލްމަންޓަށް ދޫކުރަން ފަށާފައި. ފޮޓޯ: ޝީޝާ
06 ސެޕްޓެމްބަރ 2016 - 21:17
ހާއްސަ ޕްރޮމޯޝަނަކާ އެކު ޝީޝާއިން އައްޑޫގައި އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރަން ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫގައި ސައިކަލް އިންސްޓޯލްމަންޓަށް ދޫކުރުމުގެ އިތުރުން "ވިންސްޓޯލްމަންޓް"ގެ ނަމުގައި މިމަހުގެ ތިނަކުން އަންނަ ޑިސެމްބަރު މަހުގެ ތިނެއްގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިޔަށްދާނެ ކަމަށެވެ.
ޝީޝާގެ މާލޭ ޝޯރޫމްގައި ބަހައްޓާފައިވާ ސައިކަލްތަކެއް: އެ ކުންފުނިން ވަނީ ތިން މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި. ފޮޓޯ: ޝީޝާ
"އަޅުގަނޑުމެން އަލަށް މި ފެށީ ސައިކަލް އިންސްޓޯލްމަންޓަށް ދޫކުރަން. މި މަހު މި ފެށި ޕްރޮމޯޝަންގައި އައްޑު އާއި މާލޭގެ ފިހާރައިން ސައިކަލް ގަންނަ ފަރާތްތަކަށް ބައިވެރިވެވޭނެ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އަލަށް ފެށި ޕްރޮމޯޝަންގައި މިހާރު އިންސްޓޯލްމަންޓަށް ފައިސާ ދައްކަމުންދާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަން ތެރޭގައި އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު ކޫޕަން ލިބުމުގެ އިތުރުން ޑިސްކައުންޓާއި ފުރަތަމަ ސާވިސް މުޅިން ހިލޭ ވުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން މަހަށް ދެމިގެންދާ އެ ޕްރޮމޯޝަންގައި ކޮންމެ މަހަކު ނަސީބުވެރި ފަރާތެއް ހޮވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ގޮތުން ހޮވޭ ފަރާތަށް އިންސްޓޯލްމަންޓްގެ ބަކީ ދައްކަންޖެހޭ ބައި މުޅިން ހިލޭ ކުރެވޭނެ ކަމަށް ޝީޝާ އިން ބުންޏެވެ.
ޝީޝާއިން އައްޑޫގައި ހިންގާ ޝޯރޫމް ތެރޭގައި ސައިކަލްތަކެއް ބަހައްޓާފައި: އެތަނުން ވެސް މިހާރު އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރޭ. ފޮޓޯ: ޝީޝާ
ޝީޝާ އައްޑޫ އައުޓްލެޓް ހުޅުވީ 2006 ވަނަ އަހަރު އެވެ.
އެ ކުންފުނިން ބުނީ އެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ ޝީޝާ އިންޓޯލްމަންޓް މާލެ އަދި ޝީޝާ އައްޑޫ އައުޓްލެޓްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައައްޑޫ ރަދުން
07 September 2016
މިތާ ކޮމެންޓް ކޮއްފަ މިވާ ބައެއް މީހުންގެ ވިސްނުން ވަރަށްވެސް ކޮށި ސަބަބަކީ މތާ މިގޯސްވަނީ ސައިކަލް އެކަމަކު އަސްލު މައްސަލައަކީ ހުދޫދުން ބޭރުވެފާ ތިބި ޒުވާނުންނާ ހުދޫދު ފަހުމު ނުވާ މައިން ބަފައިން......؟
ޕިންޓޫ
07 September 2016
ސައިކަލް ގިނަވެ، އެކްސިޑެންޓް ގިނަ ވިޔަސް ޝީޝާ މީހުންނަށް މިލިއަނުން ލާރި ލިބެންޏާ އެމީހުންނަށް އޯކޭތާ.
ޝަހާމް ދޮންބެ
07 September 2016
މިއީ ވަރަށް ނުރައްކާތެރި ކަމެއް. ޤާނޫނަކުންވެސް މިކަން ހުއްޓުވަން ވެއްޖެ. އެހެނީ، މާލެއަށް މިއައިސްފައިވާ ބާރު ބޮޑުވުމުގެ ސިއްރަކީ ސައިކަލް ފަދަ ވެހިކަލްތައް އިންސްޓޯލްމެންޓް އިން ނެގޭނެ އިންތިޒާމު ހަމަޖެއްސުން. މިކަމުގެ ސަބަބުން، އަނގަޔާ އަތާ ދިމާނުވާ އެތައް ޒުވާނުންނެއް، ސައިކަލްތައް ނަގައިގެން ރަށުތެރޭގައި ބާރަށް ދުއްވާ އުޅޭ. އަދި، އެކްސިޑެންޓްތައް އިތުރުވެގެންދޭ. ހަމައެހެންމެ ޕާކިންގ ސްޕޭސްވެސް ފުރި ބާރުވެގެންދޭ. ޕޮލިސީއެއް ކަނޑައަޅަންވީ، އެ އާއިލާ ނުވަތަ ގޭބީސީ އެއްގައި ބޮޑެތި މީހުން ތިބިި ނިސްބަތައްބަލާ ސައިކަލް ރަޖިސްޓްރީ ކުރަން ހުއްދަ ދޭންވީ. އަދި ފުލް ކޭޝް ދެއްކީމާ ނޫނީ ސައިކަލް ނުނެގޭގޮތް ހަދަންވީ...!
މޫސާ
07 September 2016
މާލޭގެ މަގުތައް ކާރޫ ބާރޫ ބޮޑުވެ ހިނގާ ބިނގާވާން ދަތިވުމުގެ އެއް ސަބަބަކީ ސައިކަލްތައް ގިނަވެ، ނިސްބަތުން ދުނިޔޭގެ އެންމެ ގިނަ ސައިކަލް އެއްތަނަކުން ފެންނަ ތަނަށް ވުމެވެ. ހަމަ ޔަގީނުންވެސް މިއީ ހަމަ ހުރެފަ ކުއްލިއަކަށް ވީކަމެއް ނޫނެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށްވެސް އެނގި ފާޅުވެގެންވާ ކަމެކެވެ. މިހާރު މިވަނީ މިައްސަލައަށް ހައްލު ގެނައުމަށްވެސް ނުކުޅާދާނެ ވެފައެވެ. ހަމަ ކޮންމެ މީހަކަށް އަތްފޯރާފަށަށް ސައިކަލް އައުން އެއީ މިހާރު މި ތަހައްމަލްކުރާ ދަތި އުނދަގުލާ ކުރިމަތިލާން ޖެހޭ އެއް ސަބަބެވެ. ވިސްނަނަންވީ ކުރިއަށެވެ. މިދެންނެވި ހާލު އައްޑުއަށް ނުޖެހޭނީ ކަމާބެހޭ ފަރާތްތަކުން މިކަން ކަމުން އިބްރަތް ހާސިލުކޮށްގެންނެވެ.
މެންޓަލިސްޓް
07 September 2016
އައްޑޫއަކީ އެކްސިޑެންޓްވެގެން އެންމެގިނަމީހުން މަރުވާ ތަން ، ސައިކަލްގިނަވާވަރަކަށް އަނެއްކާ އެކްސިޑެންޓްވާނީ ގިނަ ،،،،، ހުރިހިތާމައެއްގެ ބޮޑުކަމާއޭ ،