ހެނބަދޫގެ އަދި ސ. މީދޫ ބަނދަރުގެ މަސައްކަތު އެއްބަސްވުމުގައި، ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ޝާނާ އަދި އެމްޓީސީސީގެ ސީއީއޯ ސޮއިކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޖޫން 2019 - 15:52
ތިން ރަށެއްގެ ބަނދަރުގެ މަސައްކަތްތަކެއް ކުރަން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއް ގައި، ށ. ނޫމަރާގެ ބޭރު ތޮއްޓާއި ނެރު ބައްތި އަދި ގްރޮއިން ޖަހަން ހަވާލުކުރީ ސާސް އީ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 9.9 މިލިއަން ރުފިޔާ އަށެވެ. މަޝްރޫއު ނިންމަން ދީފައި ވަނީ އެއް އަހަރުގެ މުއްދަތެވެ.
ނޫމަރާ ބަނދަރު ހެދުމުގެ މަސައްކަތުގައި ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ޝާނާ އަދި ސާސް އީ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު އަބްުދުﷲ ސަވާދު ސޮއިކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޓީސީސީއާ ހަވާލުކުރީ ނ. ހެނބަދޫގެ ބަނދަރު އަދި ސ. މީދޫ ބަނދަރުގެ މަސައްކަތެވެ. ހެނބަދޫގެ ނެރު ފުންކުރުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރުމާއި ބޭރު ތޮށި ޖެހުމައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިންމަން ދީފައިވަނީ 300 ދުވަހެވެ. މަޝްރޫއުގެ އަގަކީ 26.6 މިލިއަން ރުފިޔާ އެވެ.
މީދޫ ބަނދަރުގައި ބޭރު ތޮށި ޖެހުމާއި އެއްގަމު ތޮށި ހެދުމާއި ބަނދަރު ފުންކުރުމާއި ނެރު ބައްތި ޖެހުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓު ޖަހަން ޖެހެ އެވެ. އެއް އަހަރު ދުވަހުން ނިންމަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 35.4 މިލިއަން ރުފިޔާ އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ވިދާޅުވީ ތިން ރަށުގެ ބަނދަރު ވެސް ހަދަން ނިންމާފައި ވަނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާާ ސިލިކާ
24 June 2019
ޕްރޮޖެކްޓް ހަވާލްވެ ސޮއިކުރާނީ އެމްޓީސީސީ އިން މަސެއްކަތް ދޭނީ ސަބްކޮންޓްރެކްޓަރަށް މީހަމަ ދެފުއްފެންނަ ގޮތަށް ހިންގާ ކަންކަން
ބަރަވެކިކަނޑުން
24 June 2019
ށ ނޫމަރާއކީ މީހުން ބާލާފަ އޮތް ރަށެއް ރަށުން ނުފައިބާ ތިބީ އެއް އާއިލާ އެއާއިލާގެ ބައްޕައާ ދަރިންނާ ޅިޔަނު ކައުންސިލަރުން ނަށް އެމްޑީޕީ ނޫމަރާއަށްމިހާވަރެއް މި ވަނީ ކޮންކަމަކުބާ؟
މަންޑޭލާ
23 June 2019
ރައިސް ޔާމިން ޖީއެމްއާރަ 300މިލިއަން ޑޮލަރު ދީފަ މިރާއްޖެ ހިންގީ. މިސަރުކާރު ޔާމިންގެ ތަރައްގީޔާ ބަލާފަ ވަަރައް މަޑު ދުވެލީގަ ދަތުރު ކުރަނީ.
ޝޮކްތެރަޕީ
23 June 2019
މިސަރުކާރުން މިހާރުވެސް މިކުރަނީ މިދިޔަ ސަރުކާރުގެ މަސައްކައްތަ...
އަޙްމަދުމަނިކު
24 June 2019
ސަރުކާރު ބަދަލުވުމަކީ ޙަޤީގަތުގަ ދައުލަތް ހިންގަންތިބޭ ވެރިން ބަދަލުވުން. ޢެހެނަސް ދައުލަތެއް ބަދަލެއްނުވާނެ. ހިންގުމުގެ ނިޒާމް ބަދަލުވުމަކީ އޭގެ ކުރިން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލަންޖެހޭ ސަބަބެއް ނޫން. އެފަދަ ބޮޑެތި މަސައްކަތްތައް މަޝްވަރާ ކުރުމެއްނެރި ހުއްޓާލައިފިނަމަ އެކަމުންް ޤައުމަށްލިބިގެންދާނީ ގެއްލުން.
އުމަރުބެ
23 June 2019
އެމްޓީސީސީ ވަނީ 600 މިލިއަން ބެންކުތަކަށް ދަރާފައި، މިވަރުގެ ކުންފުންޏަކަށް ކީއްވެގެން ސަރުކާރުން ޓެކުސްޕޭޔަރުންގެ ފައިސާއިން އަނެއްކާ ޕްރިޖެކްޓްދެނީ، ކޮބައިތޯ ސަރުކާރުން ގެންގުޅޭ ހަމަ ހަމަ އުސޫލާއި ގުޑްގަވަނަންސް، ކޮބައިތޯ ފިނޭސް މިނިސްޓަރު، ހަމަ އޯކޭދޯ ދަރާ ވިކިފައި އޮތް ކުންފުންޏަކާއި ޕްރޮޖެކްޓް ހަވާލުކުރަން؟
ޑޯންޓްބީބްލައިންޑް
23 June 2019
ތިން ރަށެއްގެ ބަނދަރުގެ މަސައްކަތަށް 71 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ރާއްޖޭގެ ދިވެހި ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންނެއް ކަމުގައިވާ އެމްޓީސީސީ އަށާއި އަދި ދިވެހި ހިއްސާދާރުން ހިމެނޭ ޓެކްސް ޕޭކުރާ ދިވެހި ކުންފުންނަކަށް ހަވާލު ކުރުން އެއީ މަމެން ރައީސް އިބޫ އަށް ސެލިއުޓް ކުރާނެ ކަމެކޭ ސަބަބަކީ ރައީސް އިބޫ ވިދާޅުވެފައިވަނީ އެއީ ތަމެންގެ ވެރިކަމުގައި ތަމެން ސަރުކާރުގެ މަސައްކަތް ދޭނީ ދިވެހި ކުންފުނި ތަކަށް ކަމަށޭ ވެން އިޓް ކަމްސް ޓު ޔޫ
ޢަފްރާދު
23 June 2019
މި ސަރުކާރުގެ މަޝްރޫޢުތައް މި ހިނގައިގަތީ ބްރިޖް ޕާކްގެ މަސައްކަތްވެސް ވަރަށް ހަލުވިކޮށް އެބަ ކުރިޔަށްދޭ ކުރީ ސަރުކާރާ އަޅާކިޔާލަން އެނގޭނީ ދައުރު ނިމުނީމާ
علي وحيد
23 June 2019
އަހަރެމެން މަސްރޫއުތައް ހިންގާނީ ޕީޕީއެމް ސަރުކާރުން ހިންގިހާބޮޑަތި ޢަދަދައްވުރެ އެތައް ތަނަކުން ކުޑަ ކުރާނަން إبراهيم محمد صالح އަދި ހަތާވީސްމިލިޔަނައްވުރެ ބޮޑެއްނުވާނެ إبراهيم محمد صالح ފޭދޫގެ ބަނދަރު ހެދުމަށް 35 މިލިޔަން ޒީރޯޓޮލަރެންސް إبراهيم محمد صالح ބެ
މޯޑް25
23 June 2019
ކޮންދުވަހަކުންތޯ ތ.އޮމަދޫ ބަނދަރު ހަދައިދެވޭނީ ..އުއްމީދަކީ ވީހަވެސް އަވަހައް ތ.އޮމަދޫ ބަނދަރު ހަދައި ނިމުން...
ބޮޑުމީހާ
23 June 2019
ކޮންމެ ރަށެއްގަ ބަދަރާއި، ފެނާއި، ނަރުދަމާ، ސްކޫލް، ސިއްޚީ ހިދުމަތްތައްދޭން ތިކުރަނީ ބޭކާރު ޚަރަދުތަކެއް. ރާއްޖޭގެ 10 ވަރަކަށް ރަށް ސިޓީ ފެންވަރަށް ތަރައްގީކުރަން ނިންމައި ކުދި އާބާދީތައް އެތަންތަނަށް ބަދަލުކޮށްބަލަ. ތިގޮތަށް 200 އަހަރުވަންދެން ތަރައްގީ ކުރިއަސް އެކަމެއްނުވާނެ. އޭގެ ހެކި މި ފެންނަނީ
ސިޓީ
23 June 2019
ސިޓީ ތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ހީފުޅުވެލައްވާނެ ކުދި ރައްތަކުގައި ތިބޭ މީހުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ބޭކަރު ކަމެކޭ. އެތަންތަން ތަރައްްޤީ ކުރުމަކީ ބޭކާރު ޚަރަދެކޭ.
ބޮޑުމީހާ
24 June 2019
ކުދި ރަށްތަކުގެ އަޅުގަނޑުމެންވެސް އުޅެނީ. ކިހިނެއް ހުރިހާ ރަށެއް ސަރުކާރުން ތަރައްގީކުރާނީ. އޭގެ ބަދަލުގައި ހުރިހާ ހިދުމަތެއް ލިބޭ ސިޓީ ތަކެއް ހަދާފަ އެތަންތަނަށް ކުދި އާބާދީ ބަދަލުވާންވީ. އަހަރުމެން ދަރިންގެ ދަރިންނަށް ދާންދެން މިހެންތަ އުޅެންވީ