އަދާލަތު ޕާޓީގެ އިސް ބޭފުޅުންތަކެއް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ޔާމީނަށް ކުރެވޭ ތުހުމަތުތައް ނުބަލައިފި ނަމަ ގައުމަށް އޭގެ ސަބަބުން ގެއްލުންވާނެ ކަމަށް އަދާލަތު ޕާޓީން ދެކޭ. --ފޮޓޯ: މުހައްމަދު ޝަރުހާން
08 ސެޕްޓެމްބަރ 2016 - 17:07
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް މިނިވަން މުސްތަގިއްލު ޖިނާއީ ތަހުގީގެއް ހިންގަން އަދާލަތު ޕާޓީން ކަމާބެހޭ މުއައްސަސާތަކަށް މިއަދު ގޮވާލައިފި އެވެ.
ރައިސަށް ކުރާ ތުހުމަތުތައް ތަހުގީގުކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތައް ރާއްޖޭގެ އަސްދަނޑިން ވެސް ބޭރުވެ ބައިނަލްއަގުވާމީ މުޖުތަމައަށް ހެއްކާއެކު ފަޅާއަރަމުންދާ ކަމަށެވެ. އަލްޖަޒީރާ އިން ނެރުނު ޑޮކިއުމެންޓްރީގައި ވެސް އެމަނިކުފާނު ރިޝްވަތު ހިފާ ކަމަށާއި ތަހުގީގީ އިދާރާތަކާއި ފަނޑިޔާރު ގެތަކަށް ނުފޫޒު ފޯރުއްވުމާއި ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމާއި މިނިވަން މީޑިއާގެ މަސައްކަތްތަކަށް ހުރަސްއެޅުއްވުން ފަދަ ބޮޑެތި ޖަރީމާތަކެއް ހިންގަވާ ކަމުގެ ތުހުމަތުކޮށްފައިވާ ކަމަށް އަދާލަތުން ބުންޏެވެ.
އެ ޕާޓީން ބުނިގޮތުގައި ރިޝްވަތުު ހިފުމާއި ރިޝްވަތު ދިނުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމާއި ދައުލަތުގެ ހަޒާނާގައި ހިމެނޭ ފައިސާ އަށް ހިޔާނާތްތެރިވުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ބޮޑެތި މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި އެއީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ވެސް މަނާކޮށްފައިވާ ކަންކަން ކަމަށް ބަޔާނުގައި އަދާލަތުން ފާހަގަކޮށްފައިވެ އެވެ.
ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެކަން ބަލައި ފިޔަވަޅު ނޭޅުމަކީ ރާއްޖޭގެ މާލިއްޔަތަށާއި ދިވެހި ދައުލަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ. އަދި މިއީ، ދިވެހި ދައުލަތް ރޫޅި، ރައްޔިތުން ނިކަމެތިވެ ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިން ފަޟީހަތްވެދާނެ ކަމެއް ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.
ބަޔާނުގައި ގޮވާލާފައި ވަނީ މިކަންކަމާ މެދު ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމަށެވެ.
އަލް ޖަޒީރާ އިން ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް ރައީސް އޮފީހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ސަރުކާރުން ދެކެނީ، އަލް ޖަޒީރާ ޑޮކިއުމެންޓްރީ އަކީ ރާއްޖެ ބަދުނާމުކޮށް ފިއްތުންތައް ކުރިމަތިކުރަން ކުރި ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އިސް ވެރިންގެ ނަމާއި އަބުރަށް ގެއްލުން ދިނުމަށާއި އަދި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް ތައްޔާރު ކުރި އެއްޗެއް ކަމަށް ވެސް ސަރުކާރުން ގަބޫލުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
07 October 2016
ހަމަކަށަވަރުންވެސް މަރުގަންނަވާނީ ދައްކަވަންހުރިތަނެއް ދައްކުވާފައެވެ. އެދުވަހު ދީނަށްޓަކާ، ޤައުމަށްޓަކާ، (ނުގޮވާ) ޖީބައްޓަކާގެ ހިތުރަހަ އަތުރޭގައި ލީތާއެވެ!
އަލީ ނަސީޜު
09 September 2016
ލަދު ކޮބާ؟ އިހައް އެއް ޖަވާބު ދީ! ދެން އަނގަ ހުޅުވާނީ ދިވެހިން ކިރިމަތީގާ!
އަބޫ
08 September 2016
އެބަޔަކު ބޭނުންވާ ގޮތަކަށް ފިލްމެއް ހަދާލެވިދާނެ. ހެއްކާ ގަރީނާ ހުރިއްޔާ އަދާލަތުންވެސް އެމްޑީޕީންވެސް އޮންނަ އުޞޫލެއްގެ މަތީން ކޯޓްތަކަށް ހުށައެޅިދާނެ. އެކަން ނުކޮށް އެވާހަކަ ދެއްކީމާ ހަމައެއް ނުޖެހޭ
އހުމަދު
08 September 2016
ކޮން ކޯޓަކަށް؟
އަލްމުދިޝް
09 September 2016
އހުމަދު ބުނަން: ގޮތެއް ނެތްބަޔަކަށް ފޮތެއްވެސް ނުވާނެއެވެ.
މުހައްމަދު
08 September 2016
ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފަށް ކޮންމެ ބަޔަކު ޖަރީމާ ހިންގިޔަސް އެކަން ހުއްޓުވާ ފިޔަވަޅު އަޅަން ޖެހޭ. އެހެން ނޫނީ މިޤައުމު އަތް ނުފޯރާ ހިސާބަށް ގޮސް ގަދަ މީހާ ގަދަވެފަ ބަލިމީހާ އަށް އިންސާފު ނިލިބި މިއަށް ވުރެ އިތުރަށް ޚަރާބު ވެގެން ދާނެ. މިކަމުގެ ޒިންމާ ދިވެހި ފުލުހުން ނާއި ދިވެހި ސިފައިން ގެ އިސްވެރިން ޒިންމާ ވާންޖެހޭނެ. މީގެ ކުރީގައި މީހަކު މަރާލައިފިޔޭ، ނުވަތަ ވަޅިޖަހައިފިޔޭ ބުނީމާ އަހަރުމެން ތުރު ތުރު އަޅާ ވަރުވޭ ، އެކަމަކު މިހާރު މިކަން އާއްމު ކަމަށް ވީމާ މީހަކު މެރި އޭ ބުންޏަސް އެއީ އެހާ ވަރު ކަމަކަށް ނުވޭ. މިކަންތައްތައް އެހެން ވުމުގެ ކުރީން އަވަހަށް ފިޔަވަޅު އަޅާ ވަކި މީހަކަށް ނުބަލާ އިންސާފު ހޯދުމަށް ގޮވާލަން. ސިފައިނާއި ފުލުހުންގެ އިސްވެރިން މިއަދު އަޅާނުލާ ދޫކޮށްފިނަމަ އެބައިމީހުން ޖަވާބު ދާރީވާން ޖެހޭނެ. ދިވެހިން އެމީހުން އިންސާފުގެ ކުރިމަށްޗަށް ގެންދާނެ. ވަރަށް ވިސްނަން ޖެހޭ.
އެމްސް
08 September 2016
ސަރުކާރުގަ ތިބި މަދު ބަޔަކު ނޫން އެހެން އެންމެން އެކައްޗެއް ކިޔާއިރު އެއީ ޤައުމުގެ ބޮޑޫބައެއްކަން ސަރުކާރަށް ޤަބޫލުނުކުރެވެނީބާ؟ އަބުރުގެ ޤާނޫނެއްވެސް އޮތް ޒަމާނެއްގަ އެ ޤާނޫނު ސަރުކާރުގެ މައްޗަށް ނުހިގަނީބާ؟
އަހްމަދު
08 September 2016
ކާކު ބަލަނީ މިޤައުމަކުބަލާނެމީހަކު ބަލާނެތަނެއް އެވާހަކަތައް އެއީތެދުދޮގު ބަލާނެ ތަނެއް މިޤައުމަކުނުހުންނާނެ..
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
08 September 2016
ޤައުމު އިސްލާހު ކުރުމާއި ''ރައްޔިތުންގެ މުދަލާއި ފައިސާ'' ހިމާޔަތް ކޮށްދިނުމަކީ ސިޔާސީ ޕާޓީ ތަކުގެ މައްޗަށް ވެސް ލާޒިމް ކުރާ ކަމެއް. އެހެން ކަމުން މޯލްޑިވިއަން ޑިމޮކްރެޓީކް ޕާޓީ އާއި އަދާލަތު ޕާޓީ ގެ ފަރާތުން ރާއްޖޭގެ ރައީސުލް ޖުމްހޫރީއްޔާގެ މައްޗަށް ''ޤާނޫނު އަސާސީ އަށާއި ރައީސުލް ޖުމްހޫރީއްޔާގެ ހުވަޔާއި ހިލާފުވެއްޖެ'' ކަމުގެ ތުހުމަތު ކުރެވޭ މައްސަލައަށް ހައްލެއް ހޯދުމަށް އެދި ގޮވާލި ގޮވާލުން ''ރަނގަޅު'' ކަމުގައި ދެކެން. . . . . . ރައީސުލް ޖުމްހޫރީއްޔާ ''އެމަނިކުފާނު އަމިއްލަ ފުޅަށް'' ދައުލަތުގެ ފައިސާ ''ވަގަށް ނުނަންގަވާކަމަށް'' ވިދާޅުވެ ފައިވިޔަސް ދައުލަތުގެ އޮޑިޓަރ ޖެނަރަލް ވިދާޅުވަނީ ''ދައުލަތުން ގެއްލުނު ފައިސާ އެއްވީއްޔާ ގެއްލުނީ ރައީސްގެ އިހުމާލުން ، އަދި އެކަމުގައި ސީދާ ރައީސްގެ އެހީތެރިކަން އޮވެގެން'' ކަމުގައިވާތީ މިދެންނެވި މައްސަލަ އެދެވޭ ގޮތެއްގައި ތަހުޤީގު ކުރުމަށް ރާއްޖޭގެ މާހައުލުން ފުރުސަތު ނުލިބިއްޖެނަމަ އެކަން ކުރާން ބޭރު ދައުލަތް ތަކާއި ޖަމާއަތް ތަކުގެ ''އެހީތެރިން'' ހޯދުމަކީ މިދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެންވެސް ކުރާން ޖެހޭ ކަމެއް. . . . . . އެތައް ހާސް ރައްޔިތުންގެ ބައިވެރިވުން އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީ ގެ އިތުރުން ޔާމީން ސަރުކާރުން ''ނަގާއެއްލާލި'' ދައުލަތުގެ އޮޑިޓަރ ޖެނަރަލް އާއި ބައިވެރިވެގެން މިކަން ތަހުޤީގު ކުރުމަށް ''ބޭރުދައުލަތް ތެކުގެ އެހީތެރިކަމަށް'' އެދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި މާލޭ ސިޓީގެ މޭޔަރާއި އައްޑޫ ސިޓީ ގެ މޭޔަރު ވެސް ތެދުވާންޖެހޭ. / މިނިވަންކަން ، އައްޑޫ ސިޓީ
އަލްމުދިޝް
08 September 2016
ގައުމަށް ޚިޔާނަތް ތެރިވި ކޮންމެމީހަކަށް ޙައްގު އަދަބު ދެވެން ޖެހޭނެއެވެ. އެކަމަކު ދޫދޫ މަތިން ދެކެވޭ ސާބިތުނުހިފޭ ވާހަކަތަކުން ނެރެވޭނެ ނަތީޖާއެއް ނޯންނާނެއެވެ.
ގައްޔޭ
08 September 2016
ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނެއްގެ ކުރިމަތީގަ މެމްބަރުން ޓޮޕްއަޕްކުރަން (ރިޝްވަތު) "އަދީބުދޭ ފައިސާޔަކީ ތިމަން ދޭ ފައިސާއެކޭ" ބުނި ދުވަހު ޖެހޭނެ ހައްޔަރުކޮށް އެމްއެމްޕީއާރސީ ގެ މައްސަލަ ތަހުގީގުކުރަން. އެއީ ދައުލަތުގެ އެހުރިހާ ފައިސާޔަކަށް އަދީބު ޚިޔާނާތްތެރިވިކަމަށް ނިންމިއިރު އަދީބު އެކަންކުރީ އެކަންކުރަން ފުރުސަތު ދިނީ ކޮންބައެއްކަން ޝަރީއަތުގަ އަދީބު ބުނި އެހެންމީހުން ވެސް ތަހުގީގުކޮއްގެން.