މައްކާގެ ގެފުޅުގެ ކައިރިއަށް ނަމާދަށް މީހުން ޖަމާވެފައި: ހައްޖަށް ދާން ދައުވަތު ދީފައިވާ މީހުންގެ ލިސްޓު އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެތަނުން ބުނި -- ފޮޓޯ:އޭއެފްޕީ
01 ޖުލައި 2019 - 14:20
ސައުދީ އަރަބިއްޔާއިން ރާއްޖެ އަށް ކަނޑައަޅާފައިވާ 1000 މީހުންގެ ހައްޖު ކޯޓާއިން 550 ޖާގަ ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު، އޭގެ ތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީން ނަގައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެތަނަށް ކަނޑައަޅާފައިވާ ކޯޓާގެ ތެރެއިން 80 ޖާގަ މިނިސްޓްރީގެ ބޭނުމަށް ނަގާފައިވާ ކަމަށެވެ. މިއީ "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު"ގެ ދަށުން އެ މިނިސްޓްރީން ރިޒާވްކޮށްފައިވާ ޖާގަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ބާކީ އޮތް 470 ޖާގައިން އެ ތަނުގެ މަސައްކަތްތެރިންނަށާއި ފަންނުވެރިންނަށް 31 ޖާގަ ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް 514 މީހަކަށް ހައްޖަށް ދާން ދައުވަތު ދީފައިވާ ކަމަށާއި އެހެން ނަމަވެސް ހައްޖަށް ދާން އެއްބަސްވެފައި ވަނީ 439 މީހުން ކަމަށް އެތަނުން ބުންޏެވެ. އަދި އެކި ސަބަބުތަކާ ހުރެ 75 މީހަކު އެ ދައުވަތު ގަބޫލުނުކުރާ ކަމަށް ވެސް އެތަނުން ބުންޏެވެ.
ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނީ ހައްޖުގެ ޖުމްލަ ހަރަދުގެ 75 ޕަސެންޓު ދައްކާފައިވާ އެ ތަނުގެ މެމްބަރުންނަށެވެ. އަދި އެ މީހުން ހޮވަނީ ފައިސާ ދައްކާފައިވާ ތަރުތީބަށް ބަލައިގެން ކަމަށް އެތަނުން ބުންޏެވެ. ހައްޖަށް ދާން ދައުވަތު ދީފައިވާ މީހުންގެ ލިސްޓު އެ ކުންފުނީގެ ވެބްސައިޓުން ފެންނާނެ އެވެ.
ހައްޖަށް ދާން އެތައް ބަޔަކު ފައިސާދައްކާފައިވާ އިރު ސަރުކާރުގެ ބޭނުމަށް މިދިޔަ ސަރުކާރުން ވެސް ޖާގަތަކެއް ނެގި އެވެ. މި ސަރުކާރުގައި މަސައްކަތްކުރާ ބައެއް މީހުން އޭރު އެކަމަށް ފާޑުކިޔާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންޓޭ
01 July 2019
މިފަހަރު ނެއްތަ މެޑަމްއަށް ބައެއް މިނިސްޓަރުންނަށް ބައެއް މެންބަރުންނަށް ބައެއް؟؟؟؟
އަބުލްކލާމް
01 July 2019
މިފަހރު މިނާ ގްރޫޕާއި އެކޮރޯ ގުރޫޕުން އިސްލާމިކް މިނިސްޓްރީގެ ބައެއް އިސްވެރިން ހިބރު ވަނދުގަ ޖައްސައިފި ބުނެވޭގޮތުގައި މިނާގުރޫޕުން މީހެއްގެ އަތުން ހައްޖަށްދާން ނަގަނީ 125000ރުފިޔަައެވެ. 60 ހާސް ރުފިޔާ އޮފީހަށް ދެން ސިޓީއުރައެއްގަ 65ހާސް .މިކަން ހުއްޓުވާލެވިގެންނޫނީ އިޞްލާހެއް ނުވާނެ އަދި ޝަރުތު ހަމަނުވާއެންމެ ފުލުގަ އޮތްމީހަކު މިފަހރު ޖާގަ ދިނުމަކީ ކުރިޔަށް އޮތްތަނުގއި މިނިސްޓްރީ ބޮއްސުން ލަަންވރު ހާމަވާކަމެއް.