އެމެރިކާގައި ހުންނަވާ ޜާއްޖޭގެ ސަފީރު ކަމަށް އައްޔަންކުރެއްވި ތިލްމީޒާ ހުސައިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވަނީ. -- ޓްވިޓާ ފޮޓޯ: ތިލްމީޒާ
09 ޖުލައި 2019 - 07:31
އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލަށް އައްޔަން ކުރެއްވި ތިލްމީޒާ ހުސެއިން، ސަފީރު ކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމަށް ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ކުރެއްވި ޓްވީޓެއްގައި ތިލްމީޒާ ވަނީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި ރާއްޖެއާ މެދު އެމެރިކާ އިން ބާއްވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
މިދިޔަ އޭޕްރީލް މަހު ސަފީރު ކަމަށް އައްޔަންކުރެއްވި ތިލްމީޒާ، ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމު ވެސް އަދާކުރެއްވި އެވެ.
It is an honour to represent Prez @ibusolih’s govt as I presented my Credentials to Prez Trump @realDonaldTrump at the White House.
— Thilmeeza Hussain 🎈❓ (@Thilmeeza) July 8, 2019
I thank the US for the support given in strengthening our democracy and reaffirming the close ties in the recent months @WhiteHouse @MDVForeign pic.twitter.com/jWtasR0iCh
މީގެ ކުރިން އޭނާ ވަނީ އދ. ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިއުޓީ އެމްބެސެޑަރުކަން ވެސް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
09 July 2019
މި ޓްރަމްޕަކީ އައްޑިހައިގެ އަހަރުތަކުގައި ރާއްޖެއަށް ފިލްމް ކުޅެން އައި މީހެއް. އޭނައަކަށް މިރާއްޖެ އަލެއް ނުވާނެ.
ބޯގަޅި
09 July 2019
މީނާ އަކީ އެމެރިކާ މީހަކާ އިނދެގެން އެމެރިކާގަ އުޅޭ މީހެއް.. މީނާ އެމެރިކާގެ މަގުތަކާ ގޯޅިތަކާ ކަންމަތީ ފިހާރަތަކަށް ވަރަށް ފަރިތަ ވާނެ!
އިހުސާނާ
09 July 2019
ތިލްމީޒާމް މީ ވަރަށް ގަނދަ މީހެއްހެއް ހީވަނީ އިނގޭ! އެއީ ޓްރަންޕާވެސް އެއްވެސް ހަމަ ޖެހިލުމެއް ނެތި އެ ބައްދަލު ކޮށްލީނުން! ވަރަށް ފަންކާ އެހެންވީމަ އޭނަ! ބުނެލަން އޮތީ ޑިމޮކްރަސީ އާ ބެހޭ ލައްކަ ގިނަ ސާމާނު ތިލްމީޒާމް އަށް އެނގޭނެޔޭ އެހެންވީމަ ހަމަ ވަރަށް ފައްކަލޭ އަހަރުމެންގެ ސަފީރަކަށް އެ ބޭޅާ!
ޔާމީނު
09 July 2019
ފަނޑިޔާރު ދީދީ ގެ އަންހެނުން ނަށް މެލޭޝިޔާ ދިވެހި ހައިކޮމިޝަންގެ ޑިޕިއުޓީ ހައިކޮމިޝަން ދިނުމުން އަހަރެން ކަންބޮޑުވި ކަންބޮޑުވުން މިހާރު ފިލާއްޖެ އެވެ. ހުރިހާ ކަމެއް އެއް އާއިލާ އަކަށް ދީ ހުސްވެއްޖެ އެވެ
ވަހިއްޓޭ
09 July 2019
އަޅެ ފޮރިން މިނިސްޓްރީގައި ނެތީތަ ޑިޕްލޮމެޓިކް ދާއިރާގެ ތައުލީމާއި ތަޖުރިބާ ލުބިފަ ތިބި މީހުން އެމްބަސީތަކަށް ލާން.
މިނިސްޓަރ ރޯނު
09 July 2019
މިހާރު ވާހަކަ ދެކެވޭ ތިނަދޫ ސްކޫލްތައް ހިންގަން މޑޕ (ތިނަދޫ) އިން ބޯޑެއް ނަގައި އެމީހުންގެ ލަފާމަތިން ސްކޫލް ހިންގަން. އެއިން ކޮށްމެ މީހަކަށް މަހަކަ 5000 އަދި ބައްދަލުވުމަކަށް 1000ރ ދޭގޮތަށް އޮތީ. އެކަކުވެސް ކިޔަވާނެ ކަމެއްނެތް، ބާރަށް ހަޅޭއްލަވަން ދަސްކުރަންވީ.
އަޙްމަދު
09 July 2019
ބުރުގާ އަޅައިގެން ހުރިނަމ ހާދަ ރަނގަޅުވީހޭ ހިތަށް އަރާ! ދިވެހި ހެދުމުގައި ފެނުމުން ވަރަށް އުފާވޭ!
ތުނިޔަ
09 July 2019
ތިލްމީޒާވެސް ގަދައެއްނު! ޓްރަމްޕާއެކުވެސް ފޮޓޯއެއް ނަގާލީވިއްޔަ! އަނެންހެން ތިމަގާމަކުން ދިވެހި ރައްޔިތުންނަށްވާނެ ފައިދާއެއްނެތް!
އަލީމްބެ
09 July 2019
ފައިދާވުމަކީ ޖީބުފުރެންދެން ލާރިއެޅުންދޯ
ފޮނިޓައްޕު ހަސަނު
09 July 2019
ފައިދާ ކުރަނީ ދައުލަތުގެ ޚަޒާނާ ދަވާލީމަތަ؟
ލިބާސް
09 July 2019
އެމެރިކާގައި ހުންނަ ދިވެހި އެމްބަސީއިން ބަލަން އޮންނާނީ އެމްބެސެޑަރުގެ ކަންކަން އެކަނި، ސަބަބަކީ އެންޓާޓިކާގައި އުޅޭ ދިވެހިންނަށްވުރެ އެމެރިކާގައި އުޅޭ ދިވެހިން މަދުވެފައި، ތިބިބަޔަކުވެސް ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާއިން ބޭރުކުރާނެތީ.
މެޑްރާސް/ އިންޑިއާ
09 July 2019
ތިލްމީޒާ ކިޔަވާ ވިދާޅުވީ ކޮންތަނަކުން ތޯއެވެ؟ތައުލީމީ ފެންވަރަކީ ކޮބާތޯއެވެ؟
ހަސީނާ
09 July 2019
ތިލްމީޒާގެ މާނައަށް އެކަނި ބަލާލިޔަސް ފެންވަރު ރަނގަޅުވާނެކަމަށް ބެލެވޭ.