ރައީސް އޮފީސް: މިނިވަން ދުވަހުގެ ރަސްމީ ބަައްދަލުކުރެއްވުން އިންތިޒާމްކުރަން ކުރިމަތިލި ބައެއް ކުންފުނިތަކުގެ އަގު، އިވެންޓް މޯލްޑިިވްސްއަށް ވުރެ ބޮޑު.
09 ޖުލައި 2019 - 13:00
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް އިވެންޓް މޯލްޑިވްސް އަށް ދިނީ ބިޑް ކުރި ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވުމާ އެކު އެންމެ ކުޑަ އަގު ހުށަހެޅުމުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "މިހާރު"އަށް ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގެ އިންތިޒާމްތައް އިވެންޓް މޯލްޑިވްސްއާ ހަވާލުކުރީ 567،000ރ. ގެ އަގަކަށް ކަމަށެވެ. އެއީ އެފަދަ އިވެންޓެއް އިންތިޒާމްކުރުމުގެ ގާބިލްކަން ހުރި އެހެން ބައެއް ކުންފުނިތަކުން ހުށައެޅި އަގަށް ވުރެ ދަށް އަގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޫދު ވިދާޅުވި ގޮތުގައި އެ އިވެންޓް ކުރިއަށް ގެންދަން ކުޑަ އަގުތަކެއް ހުށައެޅި ބައެއް ކުންފުނިތަކުގެ ޝަރުތު ހަމަނުވެގެން ޑިސްކޮލިފައިވި އެވެ.
އޭނާ ވިދާޅުވީ އެ އިވެންޓަށް އެންމެ ކުޑަ އަގެއް ހުށަހެޅީ އޮބްޖެކްޓް މޯލްޑިވްސް ކަމަށް ވިޔަސް އެ ކުންފުނި ޑިސްކޮލިފައިވީ، އެ ދާއިރާ އިން ތިން އަހަރު ދުވަހުގެ ތަޖުރިބާ ނެތުމުން ކަމަށެވެ.
އެންމެ ކުޑަ އަގު ހުށަހެޅި އޮބްޖެކްޓް މޯލްޑިވްސް އިން ބިޑްގައި ޖެހީ 99،000ރ އެވެ.
ތިން އަހަރުގެ ތަޖުރިބާ ނެތުމުގެ އިތުރުން އޮބްޖެކްޓް މޯލްޑިވްސް އިން ބިޑް ސެކިއުރިޓީ ވެސް ހުށަނާޅާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ބިޑް ސެކިއުރިޓީ ހުށަނާޅައިގެން ދެން ޑިސްކޮލިފައިކުރީ، ރަސްމީ އިވެންޓް އިންތިޒާމްކުރުމުގެ އަގަކަށް 180،000ރ ޖެހި އޮފިޝަލް އިވެންޓްސް އެވެ.
އިވެންޓްތައް ބޭއްވުމުގައި ރާއްޖޭގެ މަޝްހޫރު ތިން ކުންފުންޏަކުން ހުށައެޅި އަގު، އިވެންޓް މޯލްޑިވްސް އަށް ވުރެ ބޮޑެވެ. އެގޮތުން ތިންކް އެސޯއިސޭޓްސް އިން 657،000ރ ޗޮޕްއާޓްސް އިން 715،000ރ އަދި ހަބް އިވެންޓްސް އިން 600،000ރ ހުށައެޅި އެވެ.
"އިވެންޓް މޯލްޑިވްސްއަށް އެ ރަސްމިއްޔާތުގެ މަސައްކަތް ހަވާލުކުރީ ޕޮއިންޓް ދޭ އުސޫލުތަކުގެ ތެރެއިން 100 އިން 67 ޕޮއިންޓް ލިބި އަދި އެންމެ ކުޑަ އަގު ހުށަހެޅީ އެކުންފުނިން ކަމަށް ވާތީ،" ހޫދު ވިދާޅުވި އެވެ.
އިވެންޓް މޯލްޑިވްސް އަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ކުންފުންޏެކެވެ. އަދި އިވެންޓް މޯލްޑިވްސް އާއި އޭރުގެ ބާރުގަަދަ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަަހުމަދު އަދީބާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް އަޑުއަރާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްލޭ
09 July 2019
ކުރިމަތިލި ކޮންމެވެސް ބަޔަކު ކޮމިޓީއަށް ނުފޫޒު ފޯރުވައިގެން ކާމިޔާބުކުރަން އުޅުނުކަމުގެ ޚަބަރު އިވުނު. އެކަމު އެކަމެއް ނުވި. ވަރަށް ސަލާން
ފަރޭ
09 July 2019
ރައީސް އޮފީހުން މިހާރު ގަވާއިދާ ޚިލާފަށްވެސް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެެއްވެސް ކަމެއް ހިނގިޔަކަ ނުދޭނެ. އެއަށްވުރެ އެތާނގެ ފައިނޭންޝަލް ސެކްޝަން ވަރުގަދަވާނެ. މިދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓަށް ބަލާލީމަވެސް އެނގޭނެ.
ދަވޭއޭ
09 July 2019
ވަކި ބަޔަކަށް ތަފާތު ކުރުމެއް ނެތް. މިއީ ރަނގަޅު ގޮތަކީ.
ކަނބިލި
09 July 2019
އެޖެހޭނީ އެއްތާކު. ބޯޅަޖެހޭނީ އުސޫލުތެރެިންވެސް ބައިކޮޅަށް."އިދިކޮޅު ބަޔަކަށް" ބިޑު ލިބިއްޖިއްޔާ ކުށްލި މައްސަލައެއް ގޮތަށް މަޖިލިސްއަށް ވައްދާ،، ޕާޓީ ކުދިންކޮޅު މަގުމައްޗަށް ނިކުންނާނެ.
ސޭބޫ
09 July 2019
ހޫދު ބުނީމަ ރަގަޅު. ޢިމުރާނު ބުނީމަ ކަމަކު ނުދޭ މީތި ކަޑަ
ނުހޭކޭ
09 July 2019
އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލަ ޖެހެނީ ހަމައެކަނި ޔާމީންގެ. ދެން އެހެން މީހުން ކިތަންމެ ވަރަކަށް އެފައިސާގަ ޖެހިފަ ހުއްޓަސް އެކަންކަން ވަރިހަމަވެފަ އޮންނަނީ. އެއް ބަޔަކު އެ ފައިސާގަ ޖެހުނީ ހަލާލު ގޮތުގައި ކަމަށް ކަނޑައަޅައި ނިންމައި ސަސްޕެންޝަން އުވާލައި، ދޮވެލާ ސާފުކޮށްލާފަ ތިބީ. ބްރޯއާ ގާތްގުޅުން އޮތަސް ހަޑިނުވޭ ބައެއް މީހުންގެ ފަސްބައެއް.
ސަލްވޯ
09 July 2019
މިނިވަން ދުވަސް ފާހަގަކުރާނީ ހަމައެކަނި މިނިވަން މުސްތަގިއްލު ގައުމުތަކުގައި. ދިވެހިރާއްޖެއަކީ މިހާރު މިނިވަން ގައުމެއްކަމަކަށް ގަބޫލެއްނުކުރެވޭ. އިންޑިއާގެ ތައްޕާހަށް ވެއްޓިފައިވާ އިންޑިއާގެ ސްޓޭޓެއް މިއީ މިހާރު.
ޓީނާ
09 July 2019
ޖޭވިޔަސް ބޮޑުވަރު
ޝޮކްތެރަޕީ
09 July 2019
މިސަރުކާރު ގޯސްކަމެ ނުކުރާނެ. ކުޑަކޮށް ޕާޓީ މީހަކަ ކަމެއްކޮއްދިނަސް.
ބޮޑުމީހާ
09 July 2019
ޒީރޯ ޓޯލަރެންސް އޮންނަނީ ފޮތުގަ. ސްކޫލްކުދިންނަށް ދޭ ނާސްތާ ޕްރޮގްރާމަކީ ހާދަހާ ބޮޑުބއިސްރާފެކޭ. ގިނަ ކުދިން އެ ކަނީކީނޫން. ސާފުތާހިރުކަންވެސް ވަރަށްކުޑަ. ރަޢީސް ސޯލިހު އެބަޖެހޭ މިކަން ހުއްޓަން. ބޭނުންވާ ކުދިންނަށް ވައުޗަރދީ. މީހަމަ އެކްޓިވިސްޓުންގެ ޖީބަށް ބަރުކުރަން ހިންގާ ޕްރޮފްރާމެއް. މިހާރު ނޫހުންވެސް މިކަމުގެ ރިޕޯޓެއް ގެނެސްދީ
ޒިލް
09 July 2019
އެބުނީ ތެދެއް. ތިނަދޫގައިވެސް ނާސްތާ ޕްރޮގްރާމުން ފައިދާ ވަނީ އެމް.ޑީ.ޕީ ދެތިން އެކްޓިވިސްޓުންނަށް. މުޅިން މަކަރު