އަންހެންމީހާ ވެއްޓުނު ވައިގޮޅި.---ފޮޓޯ: ޕޮލިސް
11 ޖުލައި 2019 - 14:28
މާލޭގެ ގެއެއްގެ ހަތަރު ވަނަ ބުރީގެ ވައިގޮޅިއަކުން ރޭ ދަންވަރު ވެއްޓި ބޮޑެތި އަނިޔާތަކެއްވި، އުމުރުން 76 އަހަރުގެ އަންހެންމީހާ މިއަދު މަރުވެއްޖެ އެވެ.
ލ. ކަލައިދޫ ހަވީރީގޭ ނަސީމާ ދާއޫދު މަރުވީ، ދަންވަރު 1:30 ހާއިރު، މ. ބަނާނާލީފްގޭގެ ވައިގޮޅިން ވެއްޓި އެވެ. މި ހާދިސާގައި އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ދިއުމުގެ އިތުރުން ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިނދިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ނަސީމާ މާލޭގައި ދިރިއުޅެނީ އާއިލާއާ އެކު އެވެ. އޭނާގެ އެއްވެސް ބައްޔެއް ހުރިކަން މިހާތަނަށް ފާހަގަވެފައެއް ނުވެ އެވެ.
އެ މީހާ ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމުން، ވައިގޮޅިން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާ އެކު އެވެ.
އެ މީހާ މަރުވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ނަސީމާގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮއްކޯ
12 July 2019
ނޫސްވެރިން ނިކަން ތިޔަ ވައިގޮޅި ހުރި ގޮތް ކިއުންތެރިންނަށް ދައްކާލަދީބަލަ. ޔަޤީންވަނީ މީހަކު އެތަނުން ވެއްޓޭނީ އެތަނުގައި ކޮންމެވެސް ގޮތަކަށް ފިލާ އަޅާފަ ދިރިއުޅުމުގެ ކަންކަން ކުރަމުން ގެންދާތީކަމަށް.
ޢަހުމަދު އ
11 July 2019
އެތާހުރި ދޮންނަމެޝިނެ ދޭތެރެއިން ދެވުނުކަމަށް ވަނީ ގޭ މީހުން ލައިގެން ނުވާނެ އެހާ މުސްކުޅި މީހެއް ވަކިން ކޮޓަރި އަކަށް
އަލީޔ
11 July 2019
މި އެއް ނޫންތަ އަސްލު ދަންތުރަ އަކީ؟ މަޖިލިސް މީހުންނަށާއި ނޫސްވެރިންނަށް ފެންނާނީ ޔާމީނު ކުރާ ކަންކަން އެކަނި. މިކަހަލަ އިޖުތިމާއީ ދަންތުރަތަކުން މިންޖު ކޮށްދޭން ޔާމީނު ކަމެއް ކުރީމަ ވެސް އެހާ ނުބައި މީހަކު ނެތިގެން ނޫސްވެރިންނާއި ރައްޔަތުން މި ތެޅެނީ!
ޙަބީބު
11 July 2019
ދަންވަރު ވައިގޮޅިން ވެއްޓި މަރުވެއްޖެ ކީއްވެބާ ވައިގޮޅިޔައް އެހާދުވަސްވީ މީހަކު ވެއްޓުނީ ދަރިން ކޮބައިބާ ބޮންދެއްބާ ބަލަނީ އެމީހާގެ 5000 ރުފިޔާ ނަގަނީ ކާކުބާ
ކުރި
11 July 2019
ޔާމީން ސަރުކާރުގައި ހައުސިންގ ދާއިރާއެއްގެ ކުދި ބަޔަކު އައިސް ގޭގެ ވައިގޮޅިތައް ނުރައްކާތޯ ބަލައި އެހެން ތަންތަން ހުރީ ރަގަޅަށްތޯ ބަލައި ހެދި. އަދި ވައިގޮޅީގަ ހުރި ކުޑަދޮރަށް އަޅަންވީ ފިޔަވަޅު ބުނި. އެކަމު ފަހުން އެކަންކަން ކުރިތޯ ބަލާކަށް ނާދޭ.
ޤާދިރު
11 July 2019
ކޮންމެ 24 ގަޑިއިރަކުން ހިތާމަވެރި ކޮންމެެސް ކަމެއް ހިނގާ. މިކަމާ ވިސްނާލުމުން ހިތަށް ވަންނަނީ ދިވެހިންނަށް ހަމަ ކުށެއް ކުރެވިއްޖެއޭ..
ޖަވް
11 July 2019
ކޮމެންޓު ތަކުން ހީވަނީ މަސައްކަތު ސައިޓެއްހެން...މީހާގެނަމާ އުމުރާ އަދި ޖިންސް އިން ގަބޫލުކުރެވެނީ މީހުން ދިރިއުޅެމުންދާ ގެއެއްކަމައް ...
ކޮރަލް
11 July 2019
ހުރިހާ ސައިޓެއް އިންސްޕެކްޓް ކޮށްބަލާށެވެ. ކާޑް ނެތް މިހުން ގެ މައްސަލަ ބަލާ ބަލާށެވެ. އެ،ްޑީޕީ އަށް ވެރިކަން ދިނީ ވެރީންގެ މުސާރަތައް ބޮޑުކުރާކަށް ނޫނެވެ.
ފުންއަސަރު
11 July 2019
އިންނާ ލިﷲ ވައިންނާ އިލަހި ރާޖިއޫން.
ދޮންބޭ
11 July 2019
އިންސާނުންގެ ފުރާނައަކީ އަގެއްނެތް އެއްޗަކަށް ވެއްޖެ. މަސައްކަތުގެ މާހައުލާއި އިމާރާތް ކުރުމުގައި އަދި މަގުމަތީގެ ރައްކާތެރިކަން ގެއްލި ބަލާނެ މީހަކު އަދި އެކަމުގެ ޒިންމާ ނަގާނެ މީހަކުވެސް ނެތް. މި ކަންކަމަކީ މުހިންމު ކަންކަން ކަމުގައި ދެކި އެދެވޭ ހައްލެއް ގަނައުމަށް ސަރުކާރާއި ކަމާގުޅޭ ފަރާތްތަކުން އުޅޭންވެއްޖެ