ފިނޭންސް މިނިސްޓަރު އަމީރު "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 ޖުލައި 2019 - 17:01
ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓަރީ ބަޖެޓް އަންނަ ހަފްތާގައި މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓުގައި ހުންނަނީ މިހާރު ވެސް ޕްލޭން ކުރެވިފައިވާ މަޝްރޫއުތައް ކަމަށެވެ. ބަޖެޓް މިދިޔަ އަހަރު ހުށަހެޅި އިރު، މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ހުރިހާ ޕްރޮގްރާމެއް އެންމެ ފުރިހަމައަށް ހިމެނިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިކަމަށް އައި ފަހުން އަޅުގަނޑުމެންނަށް އެބަ ފެނޭ، ހަރަދުތައް މީގެ ކުރިން ވިސްނުނު ގޮތާ ހިލާފަށް ހުރިތަން. އެހެންވީމަ އެވެސް އަޅުގަނޑުމެން ބޭނުންވޭ ބަޖެޓް ތެރެއަށް ފައްތަން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އުންމީދު ކުރި ވަރަށް ވުރެ ގިނައިން ހިލޭ އެހީވެސް ލިބިފައިވާ ކަމަށެވެ. އެގޮތުން 1.9 ބިލިއަނަށް ވުރެ މަތިން ހިލޭ އެހީވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވ އެވެ.
އަމީރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ ކޮންޓިންޖެންސީ އަށް ވުރެ ބޮޑު އަދަދެއް، ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތް ގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހިފައިވުމުން އެކަންކަމަށް ބަޖެޓުން ޖާގަ ހޯދަން ކަމަށެވެ.
"އެ އުނދަގޫތައް އެބަ ކުރިމަތިވޭ. އެހެންވެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ވެސް. އަޅުގަނޑުމެންގެ ކޭޝްފްލޯ ދަތިކަމެއް ނެތް. އެކަމަކު ބަޖެޓް ސްޕޭސް ނުހުރެދާނެ،" އޭނާ ވިދާޅުވި އެވެ.
މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް އެބަޖެޓުން 13.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފި އެވެ. އަހަރުގެ މިހާ ހިސާބަށް އާމްދަނީގެ ގޮތުގައި 12.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލޭ
25 July 2019
"ވެރިކަމަށް އައި ފަހުން އަޅުގަނޑުމެންނަށް އެބަ ފެނޭ، ހަރަދުތައް މީގެ ކުރިން ވިސްނުނު ގޮތާ ހިލާފަށް ހުރިތަން". ކުރިން ވާހަކަތަކެއް ދެއްކީ ހަރުދަނާ ހިސާބެއްޖަހައިގެންނެއް ނޫން. އެ ސަރުކާރުން ކުރާ ކަންކަން ޚަރަދު ބޮޑޭ އަގުބޮޑޭ ކިޔައިގެން ވާހަކަތަކެއް ދައްކައިގެން ވެރިކަން ތިއޮތީ ލިބިފައި.
އައްޑޫ ބެއްޔާ
25 July 2019
އެއްބަހުން ފުއްދާލެވޭތޯ ބަލާނަން. އަމީރު ފެއިލްވެއްޖެ. ގެއަށްދޭ
އޮރިޖިނަލް ކޯޒް
25 July 2019
ދެންވެސް މިސަރުކާރުގެ މީހުންނާއި އެމްޑީޕީ މީހުން ތިބޭނީ އަތްޖަހަން. މާމޮޅޫ ކަމަކަށް ހަދައިގެން.
ޙެކް
25 July 2019
ބަޖެޓުން 13 ބިލިއަން ރުފިޔާ ހުސްވި ގޮތުގެ ތަފްސީލް ދައުލަތުން ހަާމަ ކޮށްދޭންޖެހޭނެ......ތި ކެވެނީ ހަމަ ރައްޔިތުންގެ ރުފިޔާ....
ގާދިރު
25 July 2019
30 ބިލއަނުން 1 ބިލިއަން ރާއްޖެއިން ބޭރުގެ ދަތުރު ތަކައް..ބާކީ 29 ބިލިއަން
ޗަކޮޔާ
25 July 2019
އެއްކަމެއް ވެސް ނުކޮށް ބަޖެޓު ހިނގާ ސަރުކާރު. އެންޑީޕީ ސަރުކާރު.
ލުގުމާން
24 July 2019
30.2 ބިލިއަން ގެ ބަޖެޓެކޯ މިއަހަރަށް މަޖިލީހުން ފާސް ކުރީ އަހަރުގެ މިހާހިސާބަށް އާއިރު 13.2 ބިލިއަން ޚަރަދު ކުރެވިޖެޔޯ. ޢެހެން ވިއްޔާ އަދި ބާކީ އޮނނަންވާނެތާ 17 ބިލިއަން. ކޮބާ އެފައިސާ އެއަށް ވީގޮތް ކިޔާލަދޭން އެބަޖޭހޭދޯ ތިޔަ ސަޕްލެމެންޓްރީ ބަޖެޓެއް ހެދުމުގެ ކުރިން. 17 ބިލިއަން ވަޔަށްތަށް އެރީ؟
ޙިސްނާ
24 July 2019
މިދިޔަ އަހަރު ބަޖެޓް ހުށްހަޅަން ފުރުސަތު ދިނީ މިސަރުކާރަށް. އެއީ އޭރު އިލެކްޓް ވެފައޯތީމަ ޔާމީން ސްރުކާރުން ބަޖެޓް ހުށަހަޅަން ފުރުސަތު ދިނީ. އެހެން ކަމުން މިއަހަރުގެ ބަޖެޓަކީ ޔާމިން ސަރުކާރުން ހުށަހެޅި ބަޖެޓެކޭ ނުބުނެވޭބެ. 30 ބިލިއަން ބަޖެޓެއް ހުށަހަޅައިގެން 6 މަސްވީ އިރު ހުސްވީ ކޮންކަމެއް ރަައްޔިތުންނަށް ކޮށްދީގެންބާ؟ މިހާރު ނޫހުން މިކޮމެންޓް ޖަހާދޭނެކަމާމެދު ޝައްކު.
ބޮޑުމީހާ
24 July 2019
ސަރުކާރުން މިއަހަރަށް ހުށަހެޅި 30 ބިލިއަން ރުފިޔާގެ ބަޖެޓަށްވީކީއްހޭ؟ ޕްރޮޖެކްޓެއް ހިންގީކީނޫން، މުސާރައެއް ބޮޑު ކުރީކީ ނޫން. ނުވިތާކަށް އެތައް ބައިވަރު ލޯނެއް ނަގާފި. އެތައް ބައިވަރު ހިލޭ އެހީ ލިބިއްޖެ. އަނެއްކާ ސަޕްލިމަންޓަރީ ބަޖަޓެއް ހުށަހަޅަނީ. މިހާރު ނޫހުންވެސް ބަޖެޓަށް ވީގޮތް ބަލާދީބަަލަ!
ބޯއީ
24 July 2019
މިމީހުން މިސަރުކާރު ހިންގަން އުޅޭގޮތް ހަމަ އެއްގޮތަކަށްވެސް ކަމަކުނުދޭ