އެމްއައިޓީޑީސީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރާއިދު އެސްއޯއީ ކޮމިޓީގެ މެމްބަރުންނަށް ޖަވާބުދެއްވަނީ.
24 ޖުލައި 2019 - 19:59
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ވެރިކަން ކުރި ޕާޓީ ޕީޕީއެމްގެ އޮފީހެއް ހަދަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން 1.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްއައިޓީޑީސީގެ އާ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރާއިދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސީއެސްއާރް މަސައްކަތްކަތެއްގެ ނަމުގައި އެމްއައިޑީސީން ޕީޕީއެމްގެ އޮފީހެއް ހެދީ ބޯޑް ރިޒޮލިއުޝަނެއް ވެސް ފާސްކޮށްގެން ކަމަށެވެ.
"ޕީޕީއެމްގެ އޮފީސް ހެދުމަށް 4،000 އަކަފޫޓްގެ ބިމެއްގައި 1.8 މިލިޔަން ރުފިޔާ އެމްއައިޓީޑީސީން ޚަރަދުކުރުމަށް ޓަކައި މި އޮތީ ބޯޑުގައި ރިޒޮލިއުޝަނެއްގައި ލިޔެފައި އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
ރާއިދު ވިދާޅުވި ގޮތުގައި ފަސް ވަނަ ބޯޑު ރިޒޮލިއުޝަނުގެ ގޮތުގައި ލިޔެފައި އޮތީ ޕީޕީއެމްގެ އޮފީސް ހަދަން އެކުންފުނިން ޚަރަދުކުރުމުން ސަރުކާރުން އެ ކުންފުންޏާ މެދު ހިތްހަމަ ޖެހޭނެ ވާހަކަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރިޒޮލިއުޝަންގައި 1.8 މިލިޔަން ރުފިޔާ ކަމަށް އޮތަސް ޖުމްލަ 1.9 މިލިޔަން ރުފިޔާ ޕީޕީއެމްގެ އޮފީހަށް ހަރަދުކޮށްފައިވާކަން ކުންފުނީގެ ހިސާބުތަކުން ދައްކާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ އޮފީސް ހަދަން ފާސްކުރި ސޮއިކޮށްފައިވާ އަސްލު ރިޒޮލިއުޝަން ނައްތާލާފައިވާ ކަމަށާއި ކޮމިޓީގައި މިއަދު ހާމަކުރެއްވި ލިއުން ހޯދީ ކުންފުނީގެ ހާޑް ޑިސްކަކުން ކަމަށެވެ.
"ސޮއިކޮށްފައި އޮތް އެތި އޮތީ ނައްތާލާފައި. މިއީ ހާޑް ޑިސްކްގައި އިން ރިޒޮލިއުޝަން މި އޮތީ،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ތަހުގީ ކުރަން ހުށަހަޅާފައިވާނެތޯ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ސުވާލުކުރެއްވުމުން ރާއީދު ވިދާޅުވީ އޭސީސީން މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ސީއެސްއާރު މަސައްކަތްތަކުގެ ނަމުގައި އެ ކުންފުނިން ހަރަދުކޮށްފައިވާ އެހެން ބައެއް މަސައްކަތްތަކުގެ ތެރޭގައި ރާއިދު ވިދާޅުވި ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުގައި ކޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ހައިކޯޓަށް ޖިމް އިކްއިޕްމަންޓް ގަތުން ވެސް ހިމެނެ އެވެ. އޭނާ ވިދާޅުވީ އެ ކަންތައްތަކަށް ހަރަދު ކުރިކަން ކުންފުނީގެ ރެކޯޑްތަކުން އެނގޭ ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތްތައް ނިމުނުކަން ނުވަތަ ނޫންކަން ނޭނގޭ ކަމަށެވެ.
ރާއިދު ވިދާޅުވި ގޮތުގައި ސީއެސްއާރުގެ ނަމުގައި އެމްޓީޑީސީން ހަރަދުކުރި ފައިސާ އެކުންފުންޏަށް ވެއްދުމަށް ފަހު ބޭރުކޮށްފައި ވަނީ މަނީލޯންޑަ ކުރުމާ އެއްފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން އެއީ ސީއެސްއާރަށް ޚަރަދުކުރުމުގެ ނަމުގައި ބައެއް ރިސޯޓްތަކުން ދީފައިވާ ފައިސާގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން ހޯދައި އެކުންފުންޏަށް ދޫކުރި ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަން މިކުރާ ގޮތަކީ ޓޫރިޒަމް މިނިސްޓްރީގައި އެކިއެކި ރިސޯޓްތަކުން ސީއެސްއާރުގެ ނަމުގައި މިނަގަނީ ފައިސާ. ނަގާފައި އެ ފައިސާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަމުގައި އޭރު ޚަރަދުކުރެވެން ނެތީތީ އެމީހުންގެ ނަމުން ނަމަ ފްރެންޑްލީ ކޮމްޕެނީތަކެއް އެބަހުރޭ. އޭގެ ތެރޭގައި އޮންނަ ފްރެންޑްލީ ކޮމްޕެނީއެއް އެމްއައިޓީޑީސީއަކީ ވެސް. އެހެންވީމާ އެމްއައިޓީޑީސީގެ ބަޖެޓެއް ވެސް ނޫން އަދި އެމްއައިޓީޑީސީން ނަގާފައި ހުރި ލާރިއެއް ވެސް ނޫން. ރިސޯޓްތަކުން ސީއެސްއާރުގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީއަށް ލާރި ނަގާފައި އެލާރި މި ވައްދަނީ އެމްއައިޓީޑީސީގެ އެކައުންޓަށް، ވައްދާފައި މިހަރަދު މިކުރަނީ. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކީ ހަމަ ސީދާ މަނީ ލޯންޑްރިންގެ އަމަލެއް،" އޭނާ ވިދާޅުވި އެވެ.
ސީއެސްއާރަށް ޚަރަދު ކުރުމުގެ ނަމުގައި އެމްއައިޓީޑީސީއަށް ފައިސާ ދީފައި ވަނީ އެކި ރަށްރަތަކުގެ ނަމުގަ އެވެެ. އެގޮތުން ޖުމްލަ 2.4 މިލިޔަން ޑޮލަރު އެ ކުންފުނީގެ އެކި ރަށްތަކުގެ ނަމުގައި އެމްއައިޑީސީގެ އެކައުންޓަށް ޖަމާކޮށްގެން ހަރަދުކޮށްފައިވާ ކަަމަށް ރާއިދު ވިދާޅުވި އެވެ. އެ ރަށްތަކަކީ ރާއިދު ވިދާޅުވި ގޮތުގައި ހިންގަމުން އަންނަ ރިސޯޓްތަކެއްކަން ނުވަތަ ނޫންކަން ވެސް އެނގޭކަށް ނެތެވެ.
ނ. ކުރެދިވަރު: 20،000 ޑޮލަރު
ނ.،ލޯފަރު: އެއް މިލިޔަން ޑޮލަރު
އިތާފުށި: 100،000 ޑޮލަރު
ދިގުރަށް: 70،000 ޑޮލަރު
ހުރަަވަޅި ބީޗް ރިސޯޓް: 10،000 ޑޮލަރު
ފަސްމެންދޫ: 10،000 ޑޮލަރު
މާރަންދޫ: 20،000 ޑޮލަރު
މާގައު: 66،000 ޑޮލަރު
އުތުރު މާފަރު: 10،000 ޑޮލަރު
މިރިޔަންދޫ: 10،000 ޑޮލަރު
މާމުޓާ: 10،0000 ޑޮލަރު
ނަސަންދުރަ ޕެލަސް ހޮޓެލް: 20،000 ޑޮލަރު
އެނބޫދޫ: 100،000 ޑޮލަރު
އޮޑެގައްލާ: 500،000 ޑޮލަރު
ޖުމްލަ: 2.3 މިލިއަން ޑޮލަރު
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީސީސީ
25 July 2019
ރައްޔިތުންގެ ފައިސާ ހިތައްއެރިގޮތަކަށް ޚަރަދުކުރީމާ އެމީހުނާމެދު ފިޔަވަޅުނުއަޅާ އަދިވެސް 5 އަހަރު ނިމެންދެން ތިހެންކިޔަކިޔާތިބެ. ސަރުމާރުދިނީމާ ބުނީ މަޖްލިސްދޭށޭ މަޖްލިސްދީފި ؟
ޚުބުޅި
25 July 2019
ވައްކަން ނުކުރާ ދިމާލެއްނެތް ދައުލަތުގެ ފައުސާއެއް އޮތަނަކުން ވިއްޔާ އޮތީ ވައްކަންކޮށްފަ ދެން ވިސއނާލާ ނޭގި ވަގަށް ކައިފަ އޮންނާނެ ވަރު
ވާލުސޮރު
25 July 2019
ރޯމާ ދުވާލު ވައްކަން ކުރިޔަސް ޔާމީނަށް ތާއިދުކުރާ މީހުންނަށް އެވާނީ ސިމްޕަލް ކަމަކަށް
ޖަވު
25 July 2019
މިކަހަލަ ކަންކަން ފަޅާއަރަންޔާ އެމީހުން އާ އެމީހުންގެ ފިޅިންކޭ ލޯޔަރުން ވަރައް ރުޅިދުރުވާނެ.
ރަހުމަތު
25 July 2019
މީތާ މި ނިހާނުމެން އަދުރޭމެން ފުލެޓު ތަކާ ރޮލެކްސް ގަޑިތަކާ އަންހެނުންގެ ކުޑަހުޅުން މުލައްދަނޑިއަށް ރަން އަޅުވާލިގޮތް ސުބުހާނައްﷲ މިވެރިން އަދިވެސް މިތިބީ ދޫކޮށްލާފަ. އަކަމަކު އޮފީހެއްގެ މަސައްކަތު މީހަކު ކޮފީ ސަމުސަލެއް ގެއަށް ގެންދިޔައޭ ކިޔާފަ އެފަކީރަށް ވީގޮތް ނޫސްތަކުން ރައްޔިތުން ވަނީ ކިޔާފަ.
ގުދުގުދާ
25 July 2019
ޔާމީނު ވެރިކަން ކުރީ އަހަރުމެން އޭނާޔާ ހަވާލުކުރި ގޮތައްދޯ؟ މިކަމުންވެސް ޔާމީނު ވެރިކަމުން ބާލަން ޖެހޭގޮތް ސާފުވެއްޖެ!
ބޮލި މުލައް
25 July 2019
މަޖިލީހުގަ ދޮގުހަދައިފިއްޔާ ފިޔަވަޅުއެޅޭ ޔާމީނުއޭ ޕީޕީއެމްއޭ ކިޔައިގެން ކިތަންމެ ދޮގެއްހެދިޔަސް އޯކޭ.
ހަތްތަރިމާޓު
25 July 2019
އެމްއައިޓީޑީސީގަ މަސައްކަތް ކުރިން. މިއީ ތެދު ވާހަކަ ތަކެއް ކަމަށް ހެކި ވަން.
އިހުސާނާ
25 July 2019
ކީކޭ ދެން އަޅެ ފަހެ ކިޔާނީ؟ މީހަކު އަޅެ އާޝޯޚްވެ އަންތަރީސްވެ ދެކޮޅުން ޗޯ ފައިބާ ވަރެއް ނުވާނެތަ؟
އޮސްކާ
25 July 2019
ޕީޕީއެމް ޕީޕީއެމް ކިޔާނުނިމޭތަ؟؟؟ ކަލޭމެން ވެރިކަމަ އައީ އަދިވެސް ޕީޕީއެމްގެ ވާހަކަ ދައްކަންތައް؟ އިގްތިސާދީގޮތުންނާއި މާލީގޮތުން ގައުމާއި ކުންފުނިތަކުގެ ހާލަތަ ދަށަށް ދަނީ ގޫގުލް ސްޕީޑުގައި، ހުރިހާ ގޮތަކުން ގައުމު ފަހަތަށް. ބަހަނާއަކީ ޔާމީނާއި ޕީޕީއެމް.... ދެން މިވެރިންނަށް މީހުން ވޯޓު ދީ ހޮވާތީ ހައިރާންވޭ
ކުޜެންދޫ
25 July 2019
ގައުމު ދަވާލީމަ ދެން ދެއްކޭނީ އެވާހަކަދޯ......5 އަހަރު ނިމެންދެން ފިތިފަ ހުރޭ!!!!!
އަޙުމަދު
25 July 2019
އޮސްކާ ، ހައިރާން ވާކަށް ނުޖެހެ، މައުމޫނު ވެރިކަމަށް އަރާ ނާސިރޭ، ނާސިރޭ، ކިހާދުވަހެއް ވަންދެން ކީހަދާން ނެތީތަ ؟ ކިޔަން ޖެހުނީ ދައުލަތަށް ލިބެންޖެހޭ އެތަށް މިލިޔަން ޑޮލަރެއް ފެންފޮދަކާ ވެސް ނުލާ ޔާމީނާ އެނާގެ އައުވާނުން ތަށް ދިރުވާލީމަ، މީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއް، މިވާހަކަ ދައްކާނެ، ދެއްކޭނެ، ޔާމީނާ ޕީ.ޕީއެމް ހުދުކާފޫރަކަށް ނުވާނެ، އަމިއްލަގެވެސް ބޮޑުމަރާމާތެއް ކޮށްލީ ދައުލަތުގެ ފައިސާއިން، މީހިރީ ހިންގާފަ ހުރި ބޮޑެތިޖަރީމާ،
ދާދޭ
25 July 2019
އަސްލު ތިއީ އަދި ބައިކުޅަބައި. ޔާމީން ވިދާޅުވިއެއްނުން ތިމަންނަ 40 މިލިއަން ޑޮލަރަށް ބޮޑު ފަޅެއް ވިއްކާލީމޭ. އަސްލު އަގަކީ 120މިލިއަން ޑޮލަރު ކަމަށް ތުންތުން މަތިން ބުނެވެނީ. ވިދާޅުވެޔޯ އަސްލު ތިމަންނައަށް ލިބެނީ އަދީބު ނެގިވަރުން ކުޑަކުޑައެތިކޮޅެކޯ؟ އޭނާޔާ އާސިފުއާދެމީހުން ހާދަ ގިނައަދަދެއް ނަގައިފިޔޭ އެކިއެކި ނަންނަމުގައި. އަދީބު އެހެން ހަދާފާނެކަމަކަށް ކުރިން ހީނުކުރެވެޔޭ ބުނާގޮތަށް ކަންކުރާލެއް ރަނގަޅުކަމުން.
ޝަމީރު ބްރޯ
25 July 2019
އެބޫދޫ ފަޅު ވިއްކާލީ 120 މިލިޔަން ޑޮލަރަށޭ ބުނެވެ އެވެ.އެކަމަކު ޔާމީނު ބުނަނީ އަދީބު އެ ފަޅު ވިއްކާފައި އޮތީ އެއްމެ 3 ތިން މިލލޔަން ޑޮލަރަށޭ ތިމަންނަ އެ އޮތީ 40 މިލިޔަން ޑޮލަރަށް ބޮޑު ކޮށްފައޭ..ސަޅި ނު