ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް، މަގާމުގައި ހުންނެވިއިރު ދަރުމަވަންތަަ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 އޯގަސްޓް 2019 - 15:29
ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ޖަވާބުދާރީވެވަޑައިގަތީ ނުކިއްސަރު ވިސްނުމެއްގައި ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިއްހީ ދާއިރާ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ފާއިތުވި ފަސް އަހަރު އެ ދާއިރާއަށް އަޅާނުލުން ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގައި އިދިކޮޅު މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
އަމީން ވިދާޅުވިގޮތުގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުރިމަތިލި ހަފުތާގެ ތެރޭގައި 28 ސިއްހީ މަރުކަޒެއް، 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ ތަންތަނުގައި ބަދަލުވީ ނަން ބޯޑުތައް އެކަނި ކަމަށް އަމީން ވިދާޅުވި އެވެ.
ނާޒިމް "މިހާރު" އަށް ވިދާޅުވީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން ބަދަލުކުރީ އެސެސްމަންޓް ހަދައި އެކަން ރައްޔިތުން ބޭނުންވެ، ކްރައިޓީރިއާ ވެސް ހަމަވާތީ ކަމަށެވެ. އޭރު ޕްލޭންކޮށްފައި އޮތީ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ މަރުކަޒުތަކަށް މީހުން ހަމަޖައްސަން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ހޮވިވަޑައިނުގަތުމުން އެ ފުރުސަތު ލިބިވަޑައިނުގަތީ އެވެ.
އޭނާ ވިދާޅުވީ އެހެން ބައެއްގެ ބޮލުގައި އިލްޒާމްތައް އެޅުވުމަކީ އަމިއްލަ ޒިންމާއިން ރެކުން ކަމަށެވެ. އެހެންވެ އަމީން ވާހަކަދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.
Ehen baehge boluga dhogu ilzaam elhuvumakee thimaa aai havaalu kurevifaivaa zinmaa adhaa kurevumeh noon. Rayyithun havaalu kuri zinmaa ah javaabudhaaree ve lavvaa.
— Abdulla Nazim (@ANazim2019) August 5, 2019
"ފެނުނީ ނުކިއްސަރު ވިސްނުމެއްގައި ހުރިތަން... އެމްޑީޕީގެ އެކްޓިވިސްޓުން ހިތްހަމަޖައްސާލަން ދެއްކެވި ވާހަކަތަކެއް ގޮތަށް ބޮޑަށް ބެލެވުނީ. ސިއްހީ ދާއިރާގެ ތަރައްގީ އަކީ އަބަދުވެސް ހިނގަހިނގާ ހުންނާނެ ކަމެއް. އެއީ ރައްޔިތުންނަށް ފެންނަން ހުރި ކަމަކީ،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުން ބަލަން ބޭނުންވާނީ ސިއްހީ ދާއިރާ އިއްޔެ އޮތް ހާލަތަށް ވުރެ މިއަދު ރަނގަޅުވެފައިވޭތޯ ކަމަށާއި ނަމަވެސް މިހާރު އެ ދާއިރާ ދަނީ ފަހަތަށް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކޮށް ކުރިއަރުވަން ކުރީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. އެގޮތުން އައިޖީއެމްއެޗް ތަރައްގީކޮށް އާ ހިދުމަތްތައް ފަށައި އެކަމުން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. ސިއްހީ ދާއިރާ އަށް އާ އިންގިލާބެއް ގެނައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވީ ވެސް ޔާމީންގެ ސަރުކާރުގައިކަން ފާހަގަކުރެއްވި އެވެ.
މިދިޔަ ފަސް އަހަރު ސިއްހީ ދާއިރާ އަށް އަޅައެއް ނުލި: އަމީން https://t.co/5mb2nPH7kr
— Mihaaru (@Mihaarunews) August 5, 2019
ކެތު ލެބް ހުޅުވުމުން، ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން އޮޕަރޭޝަންކޮށް އާއްމު ދިރިއުޅުމެއްގައި އެތައް ބަޔަކު އުޅެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަނގަޅުގޮތަކީ މިހާރަށްވުރެ ރަނގަޅަށް ޕްލޭންތައް ހަދައި އެކަން ރައްޔިތުންނާ ހިއްސާކުރުމެވެ. ކުރުވާހަކައެއްހެން ސިއްހީ ދާއިރާގެ ވާހަކަތައް ދެއްކުމުން މީހުން ހިނިއަންނާނެ ކަމަށް ވިދާޅުވި އެވެ. އެ ވާހަކަތަކާމެދު ވަރަށް މާޔޫސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދަރު
06 August 2019
ޔެސް ! ކިތަންމެ ކޮރަޕްޓް ވިޔަސް ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް މިދިޔަ ވެރިކަމުން ގެނައި. އައިޖީއެމްއެޗްގެ ހިދުމަތުން އެކަނި ވެސް އެކަން އެނގޭ! ސިޔާސީ ވިޔަސް ފެކްޓްތައް އިގްނޯ ނުކުރެވޭނެ. ޒިންމާދާރު މީހުން، އެޕްރިޝިއޭޓް ކުރަން ޖެހޭ ވަގުތު އެކަންވެސް ކުރާނެ ކްރިޓީކް ކުރިއަސް. އެކްސްޕެކްޓެޑް ލިޓްލް މެޗުއަރިޓީ ފްރޮމް އަމީން!
ގުދުގުދާ
06 August 2019
މިކަހަލަ މީހުން މި ވަޒީރުންނަށް ލަނީ! ވަކި ސަރުކާރެއް ކިޔާނެ ކަމެއްނެތް؟ ސިއްޚީ ވަޒީރަކަށް އެހެރީ ޕެނަޑޯލް ގުޅައެއް ދެއްކިޔަސް ވިޓަމިންސީ އޭ ބުނާވަރުގެ މީހެއް! ފިސަރީޒް މިނިސްޓަރ އަކަށް އެހެރީ ކަޅުވެނެއް ދެއްކިޔަސް މޫދު ހަރުފައެކޭ ބުނާވަރުގެ މީހެއް! މީނާ އަށް ސިއްޚީދާއިރާއާއި ބެހޭ ގޮތުން ދެއްކޭނީ ކޮންވާހަކައެއްބާ؟
ފަރީދާ
06 August 2019
މިދިޔަ ސަރުކާރުން ނޭދެވޭ ކިތަންމެ ކަމެއް ކުރި.. އެކަމަކު ސިއްހީ ދާއިރާއަށް ވަރަށް ގިނަކަންކަން ކޮށްދިން. އަހަރިން ކިތަންމެ އެމީހުންދެކެ ފޫހިވިޔަސް ހަގީގަތް ވާނީ ހަގީގަގަތަށް
ދިރާސާވެރިޔާ
06 August 2019
އަމީންގެ ވާހަކަ ކަމަކު ނުދޭ. ޖެއްސުން ކުރާ ވައްތަރަށް ޖަވާބު ދެމުން ދިޔައީ. އެއްވެސް އުއްމީދީ ވާހަކަތަކެއް އަޑުނީވޭ. އަމީން ރަގަނޅު ވާނީ މިނިސްޓްރީގެ ޔުނިޓެއްގެ ވެރިޔަކަށް. އެތަނުގެ ސެކްޝަން ވެެރިކަށްވެސް އިނގޭނެ މިޔަދު އަމީން ދެއްވި ގޮތަށް ޖަވާބުދޭން. ހިންގުމުގެ ހުނަރު ހުރި ކަމަކަށް ނުބެލެވޭ.
ލޮކިމަސް
05 August 2019
ސިއްޙީދާއިރާ ތަރައްޤީވާނީ ކޮންދުވަހަކުން ދެން. މިހާރުވެސް ރަށްރަށުގެ ސިއްޙީމަރުކަޒުތަކުން މަދުޓެސްޓެއް ހެދެނީ. ބަލަން ނުތިބެ މިތަންތަން ތަރައްޤީކޮށްބަލަ.
falcon_autho
05 August 2019
ނާޒިމު ކުޅުދުއްފުށީގައި ހެދި ޓާޝަރީ ހޮސްޕިޓަލު ނާޒިމުގެ ދައުރު ނިމުނުއިރުވެސް އެއްވެސް އިކްވިޕްމަންޓެއް ވައްދާފައެއްނުވޭ. ޔާމީނު ހެދި 25 ބުރީގެ އިމާރާތުން އެއުޅެނީ ފެންހިޔާނުވެގެން. އަތޮޅުތަކުގެ ރައްޔިތުން މޮޔަހައްދައިގެންތިބެ ގޯނިގޯނީގައި ފައިސާ އުފުލުން ނޫންކަމެއް ކުރެވިފައި އޮތްތޯބަލާބަލަ.
ހަސަނުގެދަރި
05 August 2019
ޔާމީނު ވިއްކައިގެން އަދިވެސް މިވެތިން ކުރިއަށް ދާން ބޭނުންވަނީ ކުރީގެ ސަރުކާރޭ އަންނަން އޮތް ސަރުކާރޭ 30 އަހަރޭ ތިނެއްބައި އަހަރުގެ ސަރުކަރޭ ކިޔުމުގެ ބޭނުމެއް ނެތް ތިމާއަށް މިނިސްޓަރ ކަން ލިބުނީއް ސުރެ ކުރެވުނީ ކީއްތޯ ބަލާބަލަ ޔާމީނު ކުރިކަންތައް މަމެންނަށް ފެންނަން އެބަހުއްޓޭ
ޝަހަިން
05 August 2019
ރާއްޖޭގެ ސިއްހީ ދާއިރާގައި އޮތީ އިންޑިއާގެ ހަތަރެސްފައި ކޮށްޕާފައި. ޔާމިން ސަރުކާރުގައި ކޮންމެވެސް ވަރަކަށް އިންޑިއާ ދުރަށް ޖެއްސޭތޯ ބެލި ސިއްހީ ދާއިރާއިން. އެކަމަކު އިންޑިއާގެ މެޑިކަލް ޓުއަރިޒަމަށް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި ޔާމީން ސިފަވެގެންދިޔައީ. ރާއްޖެއަށް ހަމަ ނޭވާލެވޭކަށް އަދި ނެތް.
ބަބުރަންޖީ ހާޖީ
05 August 2019
ތިބޭފުޅާ މާ ކިއްސަރުވެގެން އުޅޭނެކަމެއް ނެތް.
އެޔަގީން
05 August 2019
އެކްޓިވިސްޓެއް ފަދައިން ކުރީ ސަރުކާރަށް އެއްޗެހި ކިޔާނުލާ މީހުންނަށް މަގާމުގައި ނުތިބެވޭނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން. އެމްޑީޕީގެ ސަގާފަތެއް އެއީ. ކުރިން ވެރިކަންކުރި ދައުރުގައި އެއްޗެހި ކިއީ މައުމޫނަށް. މިދައުރުގައި ޔާމީނަށް. އެކަންނުކޮށް އެއްކަމެއްވެސް ނުކުރެވޭނެ އެމީހުންނަކަށް.