ގެސްޓްހައުސްތަކުގެ ވިޔަފާރީގައި މަޝްހޫރުވަމުން އަންނަ ދިގު ރަށުގެ ގެސްޓްހައުސްއެއް: އީދު ބަންދުގައި އެކި ރަށްރަށުގެ ގެސްޓްހައުސްތައް ބުކްކޮށްފައި ވަނީ ދިވެހިން
11 އޯގަސްޓް 2019 - 08:30
ގެސްޓް ހައުސްގެ ވިޔަފާރި ތައާރަފުވުމާ އެކު ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ އެވެ. ހާއްސަކޮށް، ނުދަންނަ ރަށްރަށަށް ދިއުމުގައި އޮތް ސަގާފަތް މުޅިން ނެތިގެން ހިނގައްޖެ އެވެ. ގެސްޓް ހައުސްއެއް ހުރިއްޔާ އެ ރަށުގެ މީހުން ނުދަތަސް، އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އެ ރަށްރަށަށް ގޮސް އުޅޭ މީހުން މިހާރު އަންނަނީ ގިނަވަމުންނެވެ.
މިހާރު ރަށަކަށް ދާން ބޭނުން ނަމަ، ފުރަތަމަ ވެސް ގޫގުލްކޮށްލާނީ އެ ރަށެއްގައި ހުރި ގެސްޓްހައުސްތަކެވެ. އެއާ އެކު މިކަހަލަ އީދެއްގައި ވިއްޔާ ގެސްޓްހައުސް ވިޔަފާރިވެރިންނަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރެ އެވެ. ކޮންމެ އަހަރެއްގެ އީދު ބަންދަށް ގެސްޓްހައުސްތަކުގެ އަގުތައް ވެސް ބޮޑުވެ އެވެ.
މާފުށީގައި ހިންގާ "މާފުށި ވިލޭޖު"ގެ ވެރިޔާ ހަސަން ސާމިރު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މި އަހަރު އީދު ބަންދާ ދިމާކޮށް އެ ރަށަށް ދިވެހިން ޗުއްޓީ އަށް ދާ ވަރު އިތުރު ކަމަށެވެ. އީދު ބަންދަށް އެކި ހިސާބުތަކުން މާފުއްޓަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މަހެއްހާ ދުވަސް ކުރިއާލާ މީހުން ބުކްކުރަން ފަށާ. ބައެއް މީހުން ބުކް ކުރަނީ، ދެ ހަފްތާއެއްހާ ދުވަހަށް ވީމަ. އެހާ ލަހުން ބުކް ކުރަން އުޅޭ މީހުންނަށް ޖާގައެއް ނުވެސް ލިބޭ،" ސާމިރު ވިދާޅުވި އެވެ.
ގެސްޓްހައުސް ވިޔަފާރީގެ ތެރެއަށް 2010 ގައި ވެންނެވި ސާމިރު ވިދާޅުވީ އީދާ ދިމާކޮށް މިދިޔަ މަހުގެ ފަހުކޮޅު އޭނާގެ ގެސްޓްހައުސް ފުލްވެފައިވާ ކަމަށެވެ.
މާފުށީގައި މިހާރު ވެސް 1300 އެނދު އޮޕަރޭޓްކުރެ އެވެ. އަދި ބޮޑު އީދާ އެކު ހުރިހާ ގެސްޓްހައުސްއެއްހެން ފުލްވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އީދު ބަންދާ ދިމާކޮށް، ގެސްޓްހައުސްތަކުގެ އަގުތައް ވެސް އުފުލެ އެވެ. އެގޮތުން ދުވާލަކަށް 700 ރުފިޔާ ދައްކަން ޖެހޭ ގެސްޓްހައުސްތަކުގެ އަގު އީދު ބަންދުގައި އުޅެނީ 1،200ރ. ގަ އެވެ.
ގެސްޓްހައުސްތަކުން ބުނާ ގޮތުގައި އަގުތައް އުފުލެނީ ޑިމާންޑް ބޮޑުވުމުގެ ސަބަބުންނެވެ.
އއ. ތޮއްޑޫގެ ސަމާ އިންގެ ވެރިޔާ އަބްދުﷲ މުއާޒު ވިދާޅުވީ އީދު ބަންދަށް އެ ރަށަށް ދާ މީހުންގެ އަދަދު މިދިޔަ އަހަރަށް ވުރެ ވެސް އިތުރުވާނެ ކަމަށެވެ. އެ ރަށުގައި އޮޕަރޭޓްކުރަމުން އަންނަ ގާތްގަނޑަކަށް 280 ވަރަކަށް ކޮޓަރި ހުސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަބަދުވެސް އޮގަސްޓް މަހު ޑިމާންޑް އިތުރުވޭ. އަގުތައް އުޅެނީ އާންމުކޮށް ހުންނަ ރޭޓްތަކަށް ވުރެ ބޮޑުކޮށް،" އޭނާ ވިދާޅުވި އެވެ.
ގެސްޓްހައުސް ހިންގާ ރަށްރަށުގެ ތެރެއިން އއ. މަތިވެރިއަކީ ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ރަށެކެވެ. އެ ރަށުގެ މަތިވެރި އިންގެ ވެރިޔާ އަލީ ސަމީރު ވިދާޅުވީ އީދުގައި ގެސްޓްހައުސްތަކުގެ މެހެމާނުންގެ 90 ޕަސެންޓަކީ ދިވެހިން ކަމަށެވެ.
"މިދިޔަ އަހަރު ވެސް ވަރަށް ފުލްކޮށް އުޅުނީ. މިހާރު ބަންދެއް ވެއްޖިއްޔާ ދިވެހިން އަންނަލެއް ވަރަށް ބޮޑަށް އިތުރު،" އޭނާ ވިދާޅުވި އެވެ.
މިފަހަރުގެ ބޮޑު އީދު ޗުއްޓީ ނުވަ ދުވަހަށް ދެމިގެންދެ އެވެ. ބުރާސްފަތި ދުވަހުން ފެށިގެން މާލެއިން ފުރާ މީހުން ގިނަވެ، މިހާރު މާލެތެރެ އޮތީ ކުރިޔަށް ވުރެ ބޮޑަށް ހިމޭންވެފަ އެވެ. އަދި ބަނދަރުމަތީގެ ކާރޫބާރޫއެއް ވެސް ނެތެވެ.
މާލޭގައި ދިރިއުޅޭ މީހުންގެ އިތުރުން އެކި ރަށްރަށުގެ މީހުން ވެސް ރަށަށް ނުގޮސް، އެހެން ރަށްރަށުން އީދުގެ އުފާ ހޯދަ އެވެ. ގެސްޓް ހައުސްތަކަށް މި އީދު ބާރު ބޮޑުވެގެންދާ އެއް ސަބަބެއްގެ ގޮތުގައި ބައެއް ވިޔަފާރިވެރިން ފާހަގަ ކުރާ އެއް ކަމަކީ އަމިއްލަ ރަށަށް ނުގޮސް ގިނަ ބަޔަކު ގެސްޓް ހައުސްތަކުގައި ތިބުމެވެ.
"މިހާ ދިގު ޗުއްޓީތަކުގައި އަޅުގަނޑުމެންނަށް ފާހަގަވާ އެއް ކަމަކީ، ތިން ހަތަރު ދުވަހެއް މިކޮޅުގައި ހޭދަކޮށްލައިފައި، ބާކީ އޮތް ދުވަސްތަކުގައި ދެން ދާނީ ރަށަށް. އޭރުން ގިނަ މީހުން ބަލަނީ އެއީ ދެ ދަތުރެއް ކޮށްލެވުނީ ކަމަށް،" ގެސްޓް ހައުސް ހިންގާ ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާއިރާ
12 August 2019
ކުރިނާރާނެއޭ >ކުރަންޖެހޭނެއޭ>2 ނަމުގަ ކޮމެންޓު ލިޔުނު 1 ބޭފުޅާއަށް ބުނެލަން އޮތީ ތިޔަ ގަދީމީ ބޯދާ ވިސްނުން ދޫކޮށްލަން އެބަ ޖެހެއޭ . މާލެ މާލެ ކިޔުމުގެ ބަދަލުގަ ރާއްޖެ ( ދިވެހިރާއްޖެ) ކިޔުއްވާށޭ ތިޔަ ތަފާތު ނައްތާލެވޭތޯ އެންމެންވެސް މަސައްކަތް ކުރާން ވެއްޖެއޭ.
ޙަރަމް ހަލާލް
12 August 2019
ޑިމާންޑު ބޮޑޭ ކިޔާފަ އަގުބޮޑު ކުރުމަކީ އިސްލާމީ ވިޔަފާރީގެ އުސޫލާ ހިލާފު ކަމެއް. ކުރަންވީ ކަމަކީ ޑިމާންޑު ދަށް ދުވަސްވަރު އަގު ހެޔޮކުރަންވީ
ނެޑް
12 August 2019
އީދުގެ މާނައަކީ ފައިސާއިން ހިނިތުންވުންތަ؟
މަރޭމިތުރު
11 August 2019
ދޮންވެލިން ދަމާލި ޗާލު ސާލޭމިއީ! އެންމެނަށް އައި ބޮޑުއީދެކޭމިއީ! .................. ހުރިހާ އެންމެންނަށް އައި ވަރަށްވެސް އުފާވެރި އީދެއްމިއީ.
ޙިނި
11 August 2019
ޓެކުސް ނަދައިގެން ލިބޭ ހިދުމަތެއް ނެތް، ބޭކާރުއެއްޗެއް
ހަޑިގިއްލާ
11 August 2019
ކުޑަހުވަދޫ އަކީވެސް ގިނައަދަދެއްގެ ބަޔަކު އީދުބަންދަށް އަންނަރަށެއް. މިހާރު އެއާޕޯޓް އޮންނާތީ އެއަދަދު ވަރަށްްބޮޑުތަން އިތުރުވެއްޖެ.. ހުރިހާ ގެސްޓްހައުސްތަކާ ރަށުގެ ހުރިހާ ކޮޓަރިތައް އޯވަރބުކް ވެއްޖެ. އީދުމުބާރިކް
ޑުރެކިއުލާ
11 August 2019
މާލޭގެ ގެސްޓްހައުސްތައް ހުންނަނީ އަބަދުވެސް އޯވަބުކްވެފަ. 10ފޫޓު 10ފޫޓު ކޮޓަރިއެއްގަ އެކަނިވެސް 15 ގެސްޓުން އުޅޭ. ތަފާތަކީ އެއްވެސް ޓެކުހެއް ހުއްދައެއް ހޯދަން ނުޖެހޭކަމާއި އެއްވެސް މިންގަނޑަކަށް ފެތެންނުޖެހޭކަން.
ލޭބޯ
11 August 2019
ބީޕީޓީ ގާނޫނުގެ ދަށުން ކުއްޔަށް ދީގެން ލިބޭ އާމްދަނީއިން %15 ޓެކްސް ދައްކަންޖެހޭ.
ހުސްދޮގު
11 August 2019
ތިކިޔާ ގެސްޓްހައުސްގެ ނަމުގައި ރަށްރަށުގައި ކުއްޔަށްދޭ ހަމައެކަނި އެނދަކާއި 4 ފާރުހުންނަ ރޫމްތަކުގެއަގުވެސް އުޅެނީ 750 ރުފިޔާގައި. މާލޭގައި މިހާވަރުތަންތަން 300 ، 400 އަށް ކުއްޔަށްދޭނެ.
ހާސަރު
11 August 2019
ޓީޖީއެސްޓީ %12 އިން ގެސްޓް ހައުސްތަކަށް %6 ހަދައިފިނަމަ އަދި މިވިޔަފާރި ބޮޑަށް އިތުރުވާނެ. ގެސްޓްހައުސްގައި ހުންނަ ރެސްޓޯރަންޓް އިން ވެސް ބޮޑު ޖީއެސްޓީ ދައްކަންޖެހޭތީ ރަށުމީހުނަށް އެތަންތަނުން ކެވޭވަރެއްނޫން. މިއީ މިސަރުކާރުން ސީރިއަސްކޮށް ވިސްނަންވެއްޖެ ކަމެއް.
ޒޫނާ ބިން އަލީ އާމިރު
11 August 2019
ގެސްޓް ހައުސްތަކުގެ ވެރިންނަށް ސަމީރު ކިޔާ މީހުން ހާދަގިނައޭ ދޯ
ހިންދުބިންދު އަތަބަތު
11 August 2019
މަވެސް މި ނަންބަދަލުކުރަނީ ސާމީރަކަށް.
ކުރިނާރާނެއޭ
11 August 2019
ގެސްޓްހައުސްތަކަށް ވެސް ބޮޑު އީދެއް އަދި ލަންކާ އަށް ވެސް ބޮޑު އީދެއް އައީ ބޮޑު އީދަކީ އެއީ ރާއްޖޭން ބޭރަށް ޑޮލަރު ފީންނެއް ބޭރުވާ ކަމެެއް އެކަން ހުއްޓުވުމަށް ޓަކައި ގެސްޓް ހައުސް ތަކަށް ދިވެހިން ދާނަމަ އެއިން އިގްތިސާދަށް ފައިދާ ކުރާނެ އެކަމަކު ވަރަށް ދުރުބަލާއިރު ދަ ރާއްޖެތެރޭގެ ގެސްޓް ހައުސް ވިޔަފާރި ތަކުގެ މުސްތަގްބަލް ފެންނަނީ ވަރަށް ބަނަ ކޮށް ރާއްޖޭގައި ކުރިއަރުވަންވީ މާލެ ސަރަހައްދުން ބިން ދީގެން އިންޑަސްޓްރިއަލް މަސައްކަތް އެކަން ނުކޮށް