ހިޒްބުﷲ ގެ ރިޕޯޓާ ގުޅިގެން އިޒްރޭލް ސިފައިން ކޮމެންޓެއް ނުކުރޭ. --ފޮޓޯ:އޭޕީ
25 އޯގަސްޓް 2019 - 13:30
ބޭރޫތު (އޮގަސްޓް 25) - ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ހިޒްބުﷲ ގެ ބާރު އޮންނަ ސަރަހައްދަކަށް އިޒްރޭލުން ފޮނުވާލި ދެ ޑްރޯން ވެސް ވެއްޓިފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ހިޒްބުﷲ ގެ ތަރުޖަމާން މުހައްމަދު އަފީފް ވިދާޅުވީ އިޒްރޭލުން ފުރަތަމަ ފޮނުވި ޑްރޯން ވެއްޓިފައި ވަނީ އެ ޖަމާއަތުގެ މީޑިއާ އޮފީހުގެ ފުރާޅު މައްޗަށް ކަމަށެވެ. އޭގެ 45 މިނިޓް ފަހުން އިޒްރޭލުން ދެ ވަނަ ޑްރޯނެއް ފޮނުވީ ފުރަތަމަ ޑްރޯނަށްވީ ގޮތް ބަލަން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ޑްރޯން ވެސް ވައިގެ ތެރޭގައި ގޮވާފައިވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
"އިޒްރޭލުގެ އެއްވެސް ޑްރޯނެއް ހިޒްބުﷲ އިން ވައްޓައެއް ނުލަން،" އޭޕީ އަށް އަފީފް ވިދާޅުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ "ބޭރުގެ ރިޕޯޓްތަކަށް" ކޮމެންޓް ނުކުރާ ކަމަށެވެ.
އިޒްރޭލުގެ ބޯޓުތަކުން އިއްޔެ ވަނީ ސިރިއާގެ ވެރިރަށް ދިމިޝްގާ ކައިރި ސަރަހައްދުތަކަކަށް ހަމަލާދީފަ އެވެ. އިޒްރޭލުގެ ބޯޓުތަކަށް ސީރިއާ އިން ވަނީ އެންޓި-އެއާކްރާފްޓް ހަމަލާ ދީފަ އެވެ.
ހިޒްބުﷲ އާއި އިޒްރޭލުން 2006 ވަނަ އަހަރު ވަނީ އެއް މަސް ދުވަހުގެ ހަނގުރާމައެއް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޓާ
25 August 2019
މުސްލިމުޤައުމެއް ދުނިޔޭގެ ގަދަބާރަކަށް ވާނެ ދުވަހަކަށް އެދެން
މަސްވެރިބެ
25 August 2019
ފުރަތަމަ މުސްލިމް ޤައުމުތައް އެއްގަލަކަށް އަރައިގެން ދޯ ތިކަން ވުމުގެ އުންމީދެއް އޮތީ؟
މޯދީ
25 August 2019
މުސްލިމު ގައުމުތައް އެްްގަލަކަށް އެރޭނެ ފުރުސަތެއްކީއްކުރަން އެކަހަލަ ޚިޔާލެއްވެސް ނުކުރެވޭނެހާ ގޮތްގޮތަށް މުސްލިމު ގައުުތައް އެތިބީ ބެދި އަދާވާތްތެރިވެފަ!
ވަހީދު
26 August 2019
މުސްލިމް ގައުމުތައް އެއްގަލަކަށް އަރަން ރެއަކާއި ދުވާލެއް ވެސް ނުނަގާނެ. ފަތިސްނަމާދަށް މިސްކިތަށް ދާނެ ހިއްވަރު އިސްލާމުންގެ ކިބައިގައި ހުރިއްޔާ.
ކަރީމުއްދީން ބާޝާ
25 August 2019
ހިޒްބުﷲ އަކާނުކުޅެވޭނެއެވެ.