ޚަބަރު

ޓީޗަރުންގެ ކޮންފަރެންސަށް 87 ކަރުދާސް، އެންމެ ގިނަ ކަރުދާސް ހުށަހެޅީ ހިތަދޫ ސްކޫލުން

04 ސެޕްޓެމްބަރ 2019 - 13:04

14 comments

އައްޑޫ ގައި މިއަދު ފެށި ފަސް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފެރެންސަށް 87 ކަރުދާސް ހުށަހަޅާފައިވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބުނެފި އެވެ.

މިއަދާއި މާދަމާ ހިތަދޫ ގައި ކުރިއަށް ގެންދާ ޓީޗަރުންގެ ކޮންފެރެންސަކީ އެންއައިއީ އާއި އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި އެކި ކަހަލަ ކަންކަމަށް ހާއްސަ 87 ކަރުދާހަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމި ނަމަވެސް، ކަރުދާސް ހުށަޙަޅަން ހުޅުވައިލި ފުރުސަތުގައި 100 އަށް ވުރެ ގިނަ ކަރުދާސް ހުށަހެޅި އެވެ. އަދި ކޮންފަރެންސަށް 98 ކަރުދާހެއް ފައިނަލް ކުރި އެވެ.

އެކަމަކު، ބައެއް ކަރުދާސްތައް ހުށަހެޅި ފަރާތްތަކަށް ކޮންފަރެންސްގައި ބައިވެރިވެވޭ ގޮތް ނުވުމުން ކޮންފަރެންސް ތެރޭގައި މަޝްވަރާ ކުރަން ނިންމާފައި ވަނީ ޖުމްލަ 87 ކަރުދާހަކަށެވެ.

މީގެ ތެރެއިން އެންމެ ގިނަ ކަރުދާސް ހުށަހެޅީ ކޮންފަރެންސް ކުރިއަށް ގެންދާ އައްޑޫގެ ސްކޫލްތަކުންނެވެ. އަދި އެއް ސްކޫލަކުން އެންމެ ގިނަ ކަރުދާސް ހުށަހެޅީ ހިތަދޫ ސްކޫލުންނެވެ. އެއީ 13 ކަރުދާހެވެ

ނަމަވެސް އެންއައިއީން ބުނީ އެންމެ ގިނަ ކަރުދާސް ހުށަހެޅީ އައްޑޫން ކަމަށް ވަކިން ހައިލައިޓް ކުރަން ބޭނުންނުވާ ކަމަށެވެ.

"އެހެންވެ އެބައި އަހަރެމެން ހަގީގަތުގައި ކައުންޓެއް ނުކުރަން. މީގައި މުހިއްމު ކަމަކީ ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ފަރާތްތަތަކެއް ވެސް އެއް ހަމައަކުން ބަލައިގެން ކޮންފަރެންސް ކުރިއަށް ގެންދިއުން،" ކޮންފެރެންސްގެ ކޯޑިނޭޓަރު ޝުހުދާ ރިޒްވާން ވިދާޅުވި އެވެ.

"މީގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް ވަރަށް މުހިއްމު ޕޭޕަރުތަކެއް ހުށަހަޅާފައި އެބަހުރި."

ކަރުދާސް ހުށަހަޅާފައިވާ ދާއިރާތަކުގެ ތެރޭގައި އެންމެ ގިނައިން ހުރީ ކަރިކިއުލަމް އިމްޕްލިމެންޓޭޝަނާއި ކަރިކިއުލަމް ރިލޭޓެޑް ޓީޗިން އާއި ޓީޗާސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި އިންކްލޫސިވް އެޑިއުކޭޝަން ފަދަ ދާއިރާތަކާ ގުޅުން ހުރި ކަރުދާސްތަކެވެ.

މި ފަހަރުގެ ކޮންފަރެންސްގައި 250 މަންދޫބުން ބައިވެރިވާ އިރު، އޭގެ ތެރޭގައި މެލޭޝިއާ، ސިންގަޕޫރު، އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާނު އަދި އިނގިރޭސި ވިލާތުގެ ތައުލީމީ ދާއިރާގެ މީހުން ހިމެނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންފަރެންސްގެ ތެރޭގައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ކަރުދާސްތަައް ހުށަހެޅުމާއި ޕެނަލް ޑިސްކަޝަންތަކާ އެކު، ތައުލީމީ ދާއިރާއާ ގުޅުން ހުރި އެކި ކަހަލަ މައްސަލަތަކަށް ވާހަކަ ދައްކައި ހިޔާލުބަދަލު ކުރުން ވެސް ހިމެނެ އެވެ.

މިއަދު ފެށީ ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން.

ޓީޗާސް ކޮންފަރެންސަކީ ކިޔަވައި ދިނުމުގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ އެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ބާއްވާ ހަރަކާތެކެވެ. ޓީޗަރުންގެ ކޮންފަރެންސް އެންމެ ފަހުން ބޭއްވީ 2017 ގަ އެވެ. ހަތަރު ވަނަ އެ ކޮންފަރެންސް ގައި 220 އަށް ވުރެ ގިނަ މީހުން އެ ފަހަރު ބައިވެރިވި އެވެ.

14 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 8%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިޔާޒް

06 September 2019

ތިކޮންފަރެންސަށް އެނމެ ގާބިލްބޭފުޅަކީ ރ.ވާދޫ ސްކޫލް ޕްރިންސިޕަލް

The name is already taken The name is available. Register?

ޒުވާނާ.

05 September 2019

ކޮބައިބާ ތިޔަބުނާ ކަރުދާސް ތަކަކީ ރައްޔިތުންނައް ފެނޭ އުތުރާ ދެކުނާ މާލޭގެ ތަފާތު ބޮޑުހަރަދުކޮއް ކައިކެން ފޮޑިތަޅާ އަޅުއިވޭ ރައްޔިތުންނައް ބޭކާރު ދަތުރުކޮއް ތީކޮންކަމެއް ފައިސާއިސްތާފު ނުކޮއް ހަރުދަނާ ކަމެއްކޮއްފަ ދައްކަބަލަ

The name is already taken The name is available. Register?

ނަޖުދާ

04 September 2019

މާލޭގައި ހިންގާ އިންޓަނޭޝަނަލް ސްކޫލުތަކުގައިވެސް ތިބީ ދިވެހިން، އެކަމަކު އެތަންތަނުގެ ފެންވަރު ކިހާ ރަނގަޅުތޯ! ކީއްވެ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެ ފެންވަރު ނުހިފެހެއްޓެންވީ، އަޅުގަނޑަކަށް ވިސްނާ ވިސްނާ ހަމަ ނޭންގުނު! ރައީސް ނަޝީދުގެ ވެރިކަމަށްފަހު އޯލެވެލް އިން ފާސްވާ ކުދީންގެ ނިސްބަތް މިހާރު ވަރަށް މަތިވެއްޖެ. އޭގެ ކުރީން 3000 ކުދީން އޯލެވެލް ހަދައިގެން ފާސްވަނީ 20 ކުދީން އެކަނި! މިކަން ރައީސް ނަޝީދު ބަދަލުކޮށް މުޅި ގައުމު ބަދަލުކޮށްލި

The name is already taken The name is available. Register?

ވެރިން

05 September 2019

ކަލޭ ކޯޗެއް ކިޔަންކަމަށް ތިއުޅެނީ

The name is already taken The name is available. Register?

ބޯކަރުދާސް

04 September 2019

ހުށަހެޅި ކަރުދާސްތައް 1. ބޯކަރުދާސް. 2. ނާސްތާ ކަރުދާސް 3. މުސާރަ ކަރުދާސް 4. ކިޔަވައިނުދީ އެކްސެލެންޓް ޖަހައިދޭ ކަރުދާސް. 5. ލިޔަންކިޔަން ހަމަޔަށް ނޭނގޭވަރަށް ދަރިވަރުންނަށް އުނގަންނައިދޭ ކަރުދާސް. 6. ފަރުވާކުޑަކޮށް ތަނެއް ދޮރެއް ވަކިނުވާ ގޮތަށް ކިޔަވައިދިނުމުގެ ކަރުދާސް. 7. މަދަނީ ބަސްނޭހުމުގެ ކަރުދާސް. މިހެން ގޮސް މިބާވަތުގެ ކިތަންމެ ކަރުދާހެން ހުންނާނެހެން ހީވަނީ.

The name is already taken The name is available. Register?

ކައްކާ

04 September 2019

ރަށު މަދުރަސާގެ ފުރާޅުގަ ހަލާކުވެފަހުރި ދިމާލާއިބެހޭ ހޯދުންތަކެއް ހޯދައިގެން ކަރުދާހެއް ތައްޔާރުކޮށްގެން މިހުންނަނީ. މާދިގެއްނުވާނެ، ދޮޅުސޮފްހާ ހުންނާނީ. އެކަމަކު މިފަހަރު ފުރުސަތެއްނުލިބުނު.

The name is already taken The name is available. Register?

މި ޤައުމު

04 September 2019

87 ކަރުދާސް އެންމެ 2 ދުވަހުން

The name is already taken The name is available. Register?

އަނބިމީހާގެފިރިމީހާގެއަނބިމީހާ

04 September 2019

ކަރުދާސްތައް ބޭކާރުނުކުރާށެވެ.

The name is already taken The name is available. Register?

އުސްތާޛްޒަކީ

04 September 2019

ތިޔަ ހުށަހެޅޭ ކަރުދާސްތަކުން ލިބޭ މަޢުލޫމާތުތަކުގެ ބޭނުން ތިޔަމިނިސްޓްރީ އިން ހިފާނެ ބާވައެވެ. އެހެން ނުވެއްޖެ ނަމަ ތިޔަ ކޮނެފަރެންސް އަކީ ވެސް އަނެއް ކެމްޕެއިން ޖަލްސާއަށް ވީ އެވެ. ދިރާސާ ކުރުމުގެ ބޭނުން ވެސް ކެނޑުނީއެވެ.

The name is already taken The name is available. Register?

ފާތުމާދީ

04 September 2019

އެންމެ ގިނަ ކަރުދާސް ހިތަދޫ ސްކޫލުން. އެންމެ ރީތި ހޯލު ހިތަދޫ ސްކޫލުގައި، އެންމެ މަތީ ތަޢުލީމި ލިބިވަޑައިގެން ޕީއެޗްޑީ އާއެކު ހުންނެވި ޕްރިންސިޕަލް ހިތަދޫ ސްކޫލުގައި. އެކަމަކު ކޮންފަރެންސް ބާއްވަން، އޭސީ ކުރުން، ކާޕެޓް އަޅަން ކަމުދިޔައީ ޝަރަފުއްދީން ސްކޫލް.

The name is already taken The name is available. Register?

Richardson

04 September 2019

ތިއޮތީވާ ޕީއެޗްޑީ އެއް.

The name is already taken The name is available. Register?

އައްޑޫ ހިތަދޫ ކުއްޖާ

04 September 2019

ޕްރިން ސިޕަލު ގެ އަމިއްލަ ކޮމެންޓެއްތޯ؟

The name is already taken The name is available. Register?

ާއަދީލު

04 September 2019

ޢެންމެ ރީތި ޕްރިންސިޕަލް. ޢެންމެ ލޯބިވާ ޕްރިންސިިޕަލް. އަހަރެން ހޮވުނު ނަމަ ކޮންފަރެސް ބާނީ ހިތަދޫ ސުކޫލުގައި

The name is already taken The name is available. Register?

ހުސައިން2

04 September 2019

މާލޭ ބޭފުޅުން އަންނަންވީމާ، ތި ހޯލު ގައި 2 ދުވަސްތެރޭ 20 ވަރަކަށް އޭސީ ހަރަކުރެވުނެވެ. ތަނަށް 22 އަހަރު ވިއިރު މީގެ ކުރިން ތިތަން ހޫނުކަމަކަށް ނުވެއެވެ. މާލެއިން ބަޔަކު އަންނަ ނަމަ ރަށް ރަށުގެ ރައްޔިތުންލައްވާ ގުލާނުކުރުވުން ހުއްޓުވަންއެބަޖެހެއެވެ. އަދި ރައްޔިތުން އެކަން ހުއްޓާލަންވެސް އެބަޖެހެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454