ބޮލުގައި ދަޅެއް ފެޅީ މީހާ.
17 ސެޕްޓެމްބަރ 2019 - 08:18
އިންސާނުންގެ ބޮލުގައި ދަޅު ހުންނަ ތަން ފެންނަނީ ފިލްމުތަކުންނެވެ. އެކަމަކު އިންޑިއާގެ މި މީހާ އަކީ ހަމަ އަސްލަށް ވެސް ބޮލުގައި ދަޅެއް އިން މީހެކެވެ. އޭނާގެ ދަޅު އިނީ މެދުން ތަލަވެފައިވާ ބޮލުގެ މެދުގަ އެވެ.
މަދިޔަ ޕްރަދޭޝްގެ ރާލީ އަވަށަށް ނިސްބަތްވާ 74 އަހަރުގެ ޝާމް ލާލު ޔާދަވް ބުނިގޮތުގައި އޭނާގެ ބޮލުގައި ދަޅެއް ފަޅަން ފެށީ މީގެ އަހަރުތަކެއް ކުރިން ބޮލަށް ލިބުނު ޒަހަމްތަކަކާ ގުޅިގެންނެވެ. މަޑުމަޑުން ދަޅު ފަޅަމުން ދިޔަ ނަމަވެސް އެއީ މާ ބޮޑު ކަމަކަށް ކުރީކޮޅު ނަހަދާ ކަމަށް ޝާމް ބުންޏެވެ. އެކަމަކު ފަހުން ދަޅު ބޮޑުވާން ފެށުމުން އޭތި އަމިއްލަ އަށް ނެގޭތޯ ވެސް މަސައްކަތްކުރި އެވެ.
އެކަމަކު އެކަން ކާމިޔާބު ނުވެ، ދަޅު ބޮޑުވާން ފެށުމުން ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަން ފެށީ އެވެ. އޭނާގެ ދަޅު ނަގަން އޮޕަރޭޝަން ކުރީ ސާގަރު ޑިސްޓްރިކްޓްގެ ބަގިއޮދޭ ތިރުތު ހޮސްޕިޓަލްގަ އެވެ.
ފަރުވާ ދިން ޑޮކްޓަރުންގެ ޓީމުން ވިދާޅުވި ގޮތުގައި ޝާމްގެ ބޮލިގައި ދަޅެއް ފަޅަން މެދުވެރިވީ މާ ގިނައިން އަވީގައި އުޅުމުން ހަމަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އަދި އޭނާ އަށް ދިމާވި ސިއްހީ މައްސަލަ ޑޮކްޓަރުން ސިފަކުރެއްވީ ސަބޭޝަބް ހޯން ގޮތުގަ އެވެ. އެއައަށް އާންމުކޮށް ކިޔައި އުޅެނީ "ޑެވިލްސް ހޯން" އެވެ.
ޝާމް.
"އެކްސްރޭ ނަގައިގެން ބެލިއިރު ނަސީބު ދިމާކުރިގޮތުން ޝާމްގެ ބޮލުގައި ދަޅު ފަޅާއިނީ އިނީ ބޮލުގެ އެތެރެއަށް މާ ބޮޑަށް ނުގޮސް ތިލަކަށް. އެހެންވެ ސާޖަރީ ހަދައިގެން ދަޅު އެހާ ފަސޭގައިން ނެގުނީ،" ޑރ. ވިޝާލް ގަޖްބިޔޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފަދަ ގޮތަކަށް ބޮލުގައި ދަޅެއް ފެޅުނަކީ ވަރަށް ނާދިރު ކަމެކެވެ. އަދި ޝާމްގެ ކޭހަކީ އެ މީހުން ތަޖުރިބާކުރި މިފަދަ ފުރަތަމަ ކޭސް ކަމަށް ވިދާޅުވި އެވެ. އެހެންވެ މި ކޭހާ ބެހޭ މައުލޫމާތު އިންޓަނެޝަލް ސާޖަރީ ޖާނަލްގައި ޝާއިއުކުރަން ފޮނުވަން ވެސް ވަނީ ނިންމައިފައި ކަމަށް ޑރ. ވިޝާލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަޅު އިތާމުތް
21 September 2019
ދަޅެއް ފެޅުނީ ކީއްވެބާ.
ނެޑް
17 September 2019
ތީނީ ގަހެންނު ފަޅާފައި؟
ބެޑް
17 September 2019
ހެހެ. އެ އަދި ނުނަގާ މަޑުކޮށްލިނަމަ ފަހަރެއްގަ ފަތާ މަލާ އަޅައި އޮއްވެސް ނިކުމެދާނެ..
ދަޔނޖޖ
16 November 2019
ތިހެން ނުބުނޭ. ?