20 ސެޕްޓެމްބަރ 2019 - 10:23
ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގައި އިއްޔެ އަންހެން ސިންގަލްސް ބައިގައި ރާއްޖޭގެ އައިމިނަތު ނަބީހާ ކުޅުނު މެޗުން އިންޑިއާގެ 19 އަހަރުން ދަށުގެ ޗެމްޕިއަން މަލްވިކާ ބަންސޯދު އަތުން ބަލިވެއްޖެ އެވެ.
އަންހެން ސިންގަލްސްގެ ދެ ވަނަ ބުރުގައި އުމުރުން 18 އަހަރުގެ މަލްވިކާ އަތުން ރާއްޖެ އަށް އައިއޯއައިޖީގައި ރަން މެޑަލް ހޯދައިދިން ނަބީހާ ބަލިވީ 21-11، 21-06 އިންނެވެ. މި މެޗުގައި މަލްވިކާ ކައިރީގައި ފުރަތަމަ ސެޓުގައި ނަބީހާ ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ. އެކަމަކު މަލްވިކާ ދިޔައީ ކޮންމެ ފުރުސަތެއްގައި ވެސް ރަނގަޅު އެޓޭކްތަކެއް ކުރަމުންނެވެ. ފުރަތަމަ ސެޓު ގެއްލުމުން ނަބީހާ ކުޅެމުންދިޔަ ފޯމަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރިއިރު، މަލްވިކާ ވަނީ ރަނގަޅު ފޯމެއްގައި ކުޅެ މެޗު ކާމިޔާބު ކޮށްފަ އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މަލްވިކާ ވަނީ އީރާނުގެ ކުޅުންތެރިޔާ ސަމީން އަތުން ވެސް މޮޅުވެފަ އެވެ. ރޭންކިންގެ ގޮތުން ސަރަހައްދުގެ އެކި ގައުމުތަކުގެ މަތީ ލެވެލްތަކުގެ ކުޅުންތެރިން މި މުބާރާތުގައި ކުޅެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އިތުރުން ލަންކާ ކުޅުންތެރިން ވެސް ހިމެނެ އެވެ.
އިންޓަނޭޝަނަލް މެޗެއްގެ ތެރެއިން މަލްވިކާ.
އަންހެން ސިންގަލްސް ބައިގައި އިއްޔެ ރާއްޖޭގެ މައިސާ ފަތުހުﷲ ވަނީ ލަންކާގެ ތިލިނީ ޕްރަމޯދިކާ އަތުން 21-06، 21-09 އިން ބަލިވެފަ އެވެ. ޔޫތު އޮލިމްޕިކްސްގައި މީގެ ކުރިން ވާދަކޮށްފައިވާ ކުޅުން ޕްރަމޯދިކާ އަކީ ލަންކާގެ އެންމެ ޒުވާން އަންހެން ސިންގަލްސްް ޗެމްޕިއަނެވެ. މައިސާ ވެސް ވަނީ ރާއްޖޭގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ރާއްޖޭގެ އައިމިނަތު ޝަހުރުނާޒް އިއްޔެ ކުޅުނު މެޗުން ވަނީ ލަންކާގެ ހުނަރުވެރި ކުޅުންތެރިޔާ ކަވީދީ އަތުން ބަލިވެފަ އެވެ. ކަވީދީ ސެޓުތައް ގެންދިޔައީ 21-04 އާއި 21-05 އިންނެވެ.
އިއްޔެ ރާއްޖޭގެ ކުޅުންތެރިން ވަނީ ފިރިހެން ޑަބަލްސް އިވެންޓުގައި ވާދަކޮށްފަ އެވެ. އެ ގޮތުން ރާއްޖޭގެ މުހައްމަދު އާކިފް އާއި އަހުމަދު ނިބާލްގެ ޕެއާ ބަލިވީ މެލޭޝިއާގެ ވެލަޔުތަމް އާއި މުހައްމަދު އިދާމްގެ ޕެއާ އަތުން 21-11، 21-08 އިންނެވެ. ތައިލެންޑުގެ ޕަކަޕޯން އާއި ޕަނިޗަޕޯންގެ ޕެއާ އަތުން ރާއްޖޭގެ ރިޝްވާން ޝިޔާމް އާއި ތޯއިފް އަހުމަދު ބަލިވީ 21-09، 21-09 އިންނެވެ. އަދި އިބްރާހިމް ރާޝިހު އާއި އައްފާން އަލީގެ ޕެއާ ބަލިވީ މެލޭޝިއާގެ ގަޖީޝްވަރާއި ކިރަން ރާޖްގެ ޕެއާ އަތުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-10، 21-05 އިންނެވެ.
މުބާރާތުގައި މިއަދު ރާއްޖޭގެ ކުޅުންތެރިން ވާދަކުރާނީ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑާޑާ
21 September 2019
ރާއްޖޭ ކުޅުންތެރިން މިބަލިވީ ހާދަ ބޮޑަށޭދޯ، އެއްވެސް ވާދަވެރިކަމެއްވެސް ހަމަ ނެތީތަ، ގިނައިން ހުރީ އަންޑަރޓެން............ދެރަ.
ވާނެވާނެ
21 September 2019
މައްސަލައެއްނޫން. ބަލިވެސް ވާނެ. ހަމަ އަޒުމާއެކީ ކުރިއަށް ދާންވީ.
އަޒްލީ
20 September 2019
ނަބީހާ މޮޅު މިކްސް ޑަބަލްސް ޕާރްޓްނަރާއެކީ ކިހިނެއް ތިހެދީ މިއަދު
ބަޖެޓް މީހާ
20 September 2019
ވަކިވުމަކީ ވެސް އެއްގޮތުން ބަލާއިރު ރަނގަޅު ކަމެއް.
ތޯއިފް
20 September 2019
ތީ އަސްލު ފެންވަރު...އަދި ތީ ދިވެހިންގެ ފެންވަރު...އެއް ދުވަހު ތައުރީފް އަނެއް ދުވަހު ބެވުން...އެކަމަކުވެސް މެޗުގަ ނަބީހާ މަސަކަތް ކުރި ތަނެއްވެސް ނުފެނިން...ނޯ ދިސަޔަރ
މަހޭ
20 September 2019
އިންޑިއާގެ 19 އަހަރުން ދަށުގެ ޗެމްޕިއަން މަލްވިކާ ބަންސޯދު އަތުން ބަލިވެއްޖެ ތީވަރަ ބޮޑު ކުރިއެރުމެއް. އަވަހަ ބޯނަސް ގެ ގޮތުގަ ލައްކައެއްހާ ރުފިޔާދީ....
ޔެސްމޭން
20 September 2019
ކޮންމެ ކަމެއްގެ ފައިސާގެ ވާހަކަ ދޯ އެ ނޫން ކަމެއްނެތީދޯ ބަލަ އިންޑިއާ އަކީ ބެޑްމިންޓަނުގެ ކިހާ ފެންވަރެއްގެ ގައުމެއްކަން ނޭގިހުރެ އަތުގައި ފޯނެއް އޮތީމަ ކޮމެންޓެއްކުރަނީ ނޫނޭވާ ދިވެހިންގެ ސިކުނޑި ރަގަޅުކަން އެބައެގޭ
ާޖިމް
20 September 2019
ދެން ހިތްހަމަޖައްސާލަންވީ ބަލިވީ ޗެމްޕިއަނެއްގެ އަތުންނޭ ކިޔާފަ
ހމހމ
20 September 2019
ދެން ތިހެންކިޔާ