ޚަބަރު / ގޮވާތަކެތި

ފަޓާސްތަކެއް ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

މީގެ ދުވަސްކޮޅެއް ކުރިން މަގުމަތިން ފެނުނު ކަމަށް ބުނާ ފަޓާހެއް

24 ސެޕްޓެމްބަރ 2019 - 19:13

21 comments

ފަޓާސްތަކެއް ގެންގުޅުނު މީހަކު ހައްޔަރުކޮށް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ ރޭ ފަތިހު 4:00 ހާއިރު މި މީހާ ހައްޔަރުކުރީ ހިލާލީގެ ކުރިމަތިން އޮންނަ، ފަރީދީ ގޯޅި ތެރޭ އުޅެނިކޮށް، ފުލުހުންނަށް ޝައްކުވެގެން ފާސްކުރި އިރު އޭނާގެ އަތުން ބަޑިބޭސް ފެނިގެންނެވެ. އަދި ފަހުން އޭނާގެ ގެ ފާސްކުރި އިރު ގެއިން ވެސް ބަޑިބޭހުގެ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ތަހުގީގަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ ހަތް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފާސްކުރި އިރު ފެނުނީ ފަޓާހުގެ ގޮތުގައި ބޭނުންކުރާ އާދައިގެ ބަޑިބޭސްތަކެކެވެ. މިއީ އަވަށްޓެހި ގައުމުތަކުގައި އެކި މުސާބަތުތައް ފާހަގަކުރަން ރޯކުރާ ޒާތުގެ ފަޓާސްތަކެއް ކަމަށްވެ އެވެ.

ފަޓާސް އަދި ބަޑި ބޭހުގެ ބާވަތްތައް ރާއްޖެ އެތެރެކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން، ހާއްސަ ބޭނުންތަކަށެވެ.

ހައްޔަރުކުރި މީހާ އުޅޭ ގެއިން ފެނުނު އެއްޗިއްސަކީ އޭނާއާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށާއި އެއީ އާއިލާގެ ކުއްޖަކު ގެންގުޅެފައި ހުރި އެއްޗެއް ކަމަށް އެ މީހާ ބުނާ ކަމަށްވެ އެވެ.

21 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 14%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުރަބޯ

25 September 2019

ބަޑިބޭސް އެއީ މަނާ އެްްޗެއް. އެތެރެވާނީ ބަޔަކުން އެތެރެ ކޮށްދިނީމަ

The name is already taken The name is available. Register?

ލައިފާ

25 September 2019

ޓެރަރިޒަމްގެ ބިލް ފާސްކުރަން އުޅޭތީ ބަލައިބަލަ އަސުލުވެސް ދޯ !

The name is already taken The name is available. Register?

ކކކކ

25 September 2019

ފަޓާސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ނޫންތަ.

The name is already taken The name is available. Register?

ރަދީފް

25 September 2019

1980ގެ އަހަރުތަކުގެ ފަހުކޮޅު އަހަރުމެން ރަށުގަ (ގަންނަނީ ސ.ހިތަދޫ އަޔާގެ ހަސަންބެއްޔާ ފިހާރަ / ހަނި ގޯޅިއެއްގަ ހުންނަ ފިހާރައެއް) ވަރަށް ގިނައިން ބޭނުންކުރިއެއްޗެއް ފަޓާސްއެއީ. 20 ލާރިއަށް ފަޓާހެއް އޭރުލިބޭ.އެހެންވީމަ ފަޓާސް ހުއްދަ ޒަމާނުގަ ބޭނުންކުރުމުގެ އުފާވެސް ލިބުނު.އަވާ ޗައިލްޑްހުޑް އެއީ އޯސަމް ޓައިޓޭނިއަމް ޕްލެޓޭޑް ޗައިލްޑްހުޑެއް.ވ.ވެދުން

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

25 September 2019

މިވަރުގެ ނިކަމެތިކަމެއް ރައްޔިތުން ތަހައްމަލް ކުރަމުންދާއިރުވެސް މަގުމަތި ހަލަބޮލިނުކޮއް ކާކުކީކޭހޭވެސް އަހައިނުލާތީ ގައުމު ހަލަބޮލިކުރާނެ ގޮތެއް ހޯދަނީތަ ؟ އިބޫސޯލިހުގެ ވެރިކަން ޕާފެކްޓް ވެގެންނެއްނުން މަގުތަކަށް ނިކުމެ މީހުން ހަލުތާލުނުކުރަނީ މުޒާހަރާ ނުކުރަނީ .ހާލުގަ ޖެހިފަ ތިބި ބަޔަކަށް ސަރުކާރުން އަޅައިލާހެން ހީވާތީކީ ވެސް ނުން އެވާހަކަ ނުދައްކަން އެތިބެނީ .ހާލުގަ ޖެހިފަ ތިބިބަޔަކަށް އިންތިހާއަށް އެހީތެރިކަމަށް ބޫނުންވެފަ ތިބީ .

The name is already taken The name is available. Register?

ރަދީފް

25 September 2019

ޑްރަގް އެއީ ނުރައްކާތެރިއެއްޗެއް.

The name is already taken The name is available. Register?

އަލީރާޖާ

25 September 2019

އޭނާ ކުރެން އަހާ ބަލާ އަލިފާން ރޯވި ކެމިކަލް ގުދަނަށް އޭގެ ފަޓާހެއް ރޯކޮށްފާ އެއްލިންތޯ؟

The name is already taken The name is available. Register?

ހާމިދު ޝާހިދު

25 September 2019

ހިލާލީގޭ ކުރިމަތީގައި ދަންވަރު ފަޓާހެއް ހިފައިގެން އުޅެންޏާ އެއީ ނުބައެއް. މީހުންގެ މެދުގައި ޝައްކު އުފެއްދުމަށް އެ މަސައްކަތް ކުރަނީ.

The name is already taken The name is available. Register?

ވަހީދު

25 September 2019

ދިވެހިންގެ މިޖީލުގެ ގިނަ މީހުން މިހާރު 30 އަހަރު 40 އަހަރުވިޔަސް ހުންނާނީ ކުޑަކުދިންގެ ވިސްނުން، އެހެންޏާ މަސްތުވާ ތަކެތި ބޭނުން ކުރުމުން، ނޫނީ އެހެން ބަޔަކު ބޭނުން ކުރާއިރު އަރާ ދުން ޖެހިގެން، ސިކުނޑި ސަކަރާތްވެފައި، ދެވަނަ ގޮތަކީ ފޯނުން ގޭމް ކުޅެކުޅެ ސިކުނޑި ޒީރޯވެފައި.

The name is already taken The name is available. Register?

ބުރެކި

24 September 2019

ފަޓާހެއްދެކެ ބިރުން ފިތްކެނޑޭ ގައުމެއް މިނޫނިއްޔާ ދުނިޔެމައްޗަކުނެތް.

The name is already taken The name is available. Register?

ނެޑް

25 September 2019

ސިންގަޕޫރު ނުދަންނަން؟

The name is already taken The name is available. Register?

ވަހީދު

25 September 2019

މުޅި ކޮންސެޕްޓު އެއްކޮށް ވިސްނޭތޯ އުޅެބަލަ. ރޯވެއްވިއްޔާ މިހާ ފަސޭހައިން އެއްގެއިން އަނެއް ގެއަށް އަލިފާން ފެތުރޭ ގައުމެއް މިނޫނިއްޔާ އެބައޮތްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454