ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވާހަކަފުޅުދައްކަވަނީ --ފޮޓޯ:ހުސައިން ވަހީދު/ މިހާރު
25 ސެޕްޓެމްބަރ 2019 - 12:18
ތޯމަސް ކުކް ބަނގުރޫޓުވުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރިިޔަ ނުދޭނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ތޯމަސް ކުކްއަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ކުންފުންޏަކަށް ވިނަމަވެސް އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ނުކުރާނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ވިސްނާ އިތުރަށް މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން ޔަގީކުރަން މިހަރު ކުރާ ހުރިހާ ކަމަކީ ވެސް ރާއްޖޭގެ ޓޫރިޒަމަށް މިކަމުން ހީނަރުކަމެއް ނާންނާނެހެން ކުރަމުން އަންނަ ކަންތައްތައްކަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ތޯމަސް ކުކް ބަނގުރޫޓުވެއްޖެ ކަމަށް އިއުލާން ކުރުމާ އެކު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި މަޓީއާ ގުޅިގެން ޓޫރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިހާރު އެ ކުންފުނި މެދުވެރިކޮށް ރާއްޖެ އަށް އައި ޓޫރިސްޓުންނަށް އެހީވުމަށް އެއާޕޯޓުގައި ހާއްސަ ޑެސްކެއް ބަހައްޓާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ ކަންތައްތަކަކީ ކުއްލިއަކަށް ދިމާވާ ކަންތައްތަކެއް ކަމަށްވާތީ އެ މިނިސްޓްރީ އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ. ޓޫރިސްޓުންގެ މެދުގައި ރާއްޖެއަކީ އެހެން ގައުމުތަކާ ހިލާފަށް ނަމޫނާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އަންނަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ތޯމަސް ކުކްގެ ޓޫރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދެމުން. އަޅުގަނޑުމެން މަސައްކަތް ކުުރަމުން މިއަންނަނީ ރާއްޖެއަކީ އެހެން ގައުމުތަކާ ހިލާފަށް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ގައުމަކަށް ހަދަން. އަޅުގަނޑުމެން ބޭނުން ވަނީ އަދިވެސް އެ ޓޫރިސްޓުން ރާއްޖެ އަށް އަންނަ ހިތް ޖައްސަން." މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން ތޯމަސް ކުކްގެ ފަސިންޖަރުންނަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމުގައި ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އެހީ ވެސް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ރިސޯޓުތަކުގައި އެ ޓޫރިސްޓުންނަށް ހިލޭ ތިބެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ތޯމަސް ކުކް އިން ރާއްޖެ އަށް އައި ޓޫރިސްޓުންނަށް އެހީވުމަށް ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގައި ރިސޯޓުތަކުން ދެމުން އަންނަ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްތޭ
26 September 2019
ތޯމަސްކޫކް އަކީ ކޮންބަޔެއްކަން ނޭންގެންޔާ، މިނިސްޓަރ ފެންނަނީ އިސްތިއުފާ ދީފަ ގެއައް ވަޑައިގަންނަވަން....
އަދް
26 September 2019
ކޮން އަސަރެއް ކުރާނީ .. ކަލޭމެން އެ ހުރިހާ އެންމެނަށް އެހީ އެބަ ދެމެއް ނޫން
ސަނާމުގު
25 September 2019
މި ގައުމުގެ އިގްތިސާދު ހީނަރުވެ، ދަރަނިވެ، ބަނގުރޫޓުވެ، ރިޒާވް ހުސްވެ، އިންޑިޔާގެ އިގްތިސާދީ އަދި އަސްކަރީ ބާރުގެދަށަށް ދިޔަޔަސް ޓުއަރިޒަމަކަށް އަސަރެއް ނުކުރާނެ.
ރަދީފުއްދީނުލް އަކްބަރު
25 September 2019
ކުކް ބަނގުރޫޓުވިޔަސް ހާސްވާކަށް ނުޖެހޭނެތާ. ކުރީދުވަހު ޗަ އިނާގޮސް ޝާޑު އއެ އައ އީ އެގަޢުމުން ޓުޢަރިސްޓުން ފޮނުވަ އިދޭނެކަމުގެ ޔަގީންކަން ހޯދާފަ އިވި އްޔަ.
ސަލީމު އިދުރީސް
25 September 2019
އޯކޭ ތިދެން ވަރައް ހެއްވާ ވާހަކަޔެއް މުޅިދުނިއޭގަ އެތައް ހާސް ޓުރެވަލް އޮފީހެއް ހުންނަ ކުންފުންޏެއް ބަގުރޫވީމަ ޓުއަރިޒަމައް އަސަރު ނުކުރަންޏާ، ފެނާނުލައިވެސް ދަނޑު ގޮވާން ކުރެވޭނެތާ! އޮންލައިނުކޮއް ބުކިންހެދިޔަސް ވަރައް ގިނަމަޔަކު އަދިވެސް އެންމެ އިތުބާރުކުރަނީ ޓުރެވަލް އޮފީސްތަކައް ގޮސް މައުލޫމާތު ހޯދާބުކިންކުރުމައް! ތޯމަސް ކުކް ބަގުރޫވުމަކީ ހިތާމަހުރި ފޫނުބެދޭ ވަރުގެ ގެއްލުމެކޭ ބުންޏަސް އަލީވަހީދު ދެރަވިޔެންނޫންދޯ
ބަނބުކެޔޮޑަބިޔާ
25 September 2019
ތޯމަސްކުކް ބަނގުރޫޓުވީމަ ހާސްނުވަންޏާ އިނގިރޭސި ވިލާތައްގޮސް ޓޫރިސްޓުން ކިހިލި ޖަހައިގެން ގެންނާނީދޯ
ގާސިމު
25 September 2019
ޖާނުން ވަރުގަދަވީމަ ބަސްބުނުމުގަ ވެސް ހުންނަނީ ވަރުގަދަކަމާ ހަރުކަށިކަމާ ގޮތްދޫނުކުރުމާ ރުޅިވެރިކަމާ ގަދަބަސް ބުނުން ކަން ވަރައް ފާހަގަ ކުރެވޭ. މިކަންކަން އިސްލޙު ކޮއްލެއްވީމަ ރަގަޅުވާނެ
ގަމާރު ނަންބަރު 1
25 September 2019
އެއީ ޒަމާނީ ވިސްނުން ނެތީމާ. އަބަދު ހީވަނީ މިއުޅެނީ އެމްޑީޕީ ޕޯޑިއަނަށް އަރައޭ. މިކަހަލަ ނާޒުކު ވަގުތެއްގައި ލޭންގުއޭޖާ ވޮއިސް ޓޯން ގެންގުޅެންޖެހޭނީ ހާލަތާ ގުޅޭގޮތަށް.
ފަރާ
26 September 2019
ތައުކީމު ނެތި މިކަހަލަ ހާދިސާތަކުގެ އިމްޕެކްޓު ނޭނގޭނެ..