ގއ. މާމެންދޫ
29 ސެޕްޓެމްބަރ 2019 - 11:40
ގއ. ދާންދޫ ގައި އިއްޔެ ބާއްވަން ހަމަޖެއްސި ބަށި މުބާރާތުގެ ފައިނަލް މެޗެއް، އެ އަތޮޅު ނިލަންދޫ މެޖިސްޓްރޭޓް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހުއްޓުވައިފި އެވެ.
އެ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި ބަށި ބޯޅަ ފައުންޑޭޝަން ގުޅިގެން ގއ. އަތޮޅަށް ބާއްވާ މުބާރާތުގެ ފައިނަލް މެޗާ ހަމައަށް ދިޔައިރު، އެ މުބާރާތުގައި ބައިވެރިވި ނިލަންދޫ ޓީމާއި ބަށި ބޯޅަ ފައުންޑޭޝަނާ ދެމެދު އޮތީ ހިތްހަމަނުޖެހުންތަކެއް އުފެދިފަ އެވެ. އެހެންވެ، ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ މައްސަލަ ހައްލުކުރެވެންދެން ފައިނަލް މެދު ނުބޭއްވުމަށެވެ.
ފަސް ޓީމުން ބައިވެރިވި މުބާރާތް އޮތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށެވެ. ފައިނަލުގައި ކުޅެން އޮތީ ދާންދޫ ޓީމަކާއި މާމެންދޫ ޓީމަކުންނެވެ.
މުބާރާތުގައި ދެން ބައިވެރިވީ ވިލިނގިއްޔެވެ. ދާންދޫގެ ދެ ޓީމަކުން ބައިވެރިވި އެވެ.
ދާންދޫ ކައުންސިލުން ބުނީ، މުބާރާތާ މެދު ނިލަންދޫ ޓީމުން ހިތްހަމަނުުޖެހުނީ ކުޅުނު ތިން މެޗުން މޮޅުވިޔަސް ފައިނަލުން ޖާގަ ނުލިބުމުންނެވެ. މާމެންދޫ ފައިނަލަށް ދިޔައީ ލަނޑުގެ ގޮތުން ކުރީގައި އޮތުމުންނެވެ.
ނިލަންދޫ ޓީމުން ހަތަރު މެޗެއް ކުޅެން ހަމަޖެއްސިއިރު އޭގެ ތެރެއިން ތިން މެޗަކުން މޮޅުވެފައި ވެ އެވެ. ވިލިނގިއްޔާއެކު ކުޅެން ހަމަޖެއްސި މެޗަށް ވިލިނގިލީ ޓީމް ހާޒިރުނުވުމުން އެ މެޗު ނުޅެވޭ ގޮތެއް ނުވެ އެވެ. އެހެންވެ ނިލަންދޫ ޓީމަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.
ދާންދޫ ކައުންސިލުން މިހާރު އަންނަނީ ނިލަންދޫ ކޯޓުގެ އަމުރު، އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
"ބޮޑު ގެއްލުމެއް މި ލިބުނީ ކޯޓު އަމުރުން މިކަން ހުއްޓުވީމާ. ފައިނަލް މުބާރާތަށް ދެ ޓީމު ވެސް ތައްޔާރުވެފައި މި ވަނީ،" ދާންދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަށިބޯން
30 September 2019
ބަށި ޓީމްތަކަށް ފައިސާ ނުދޭތީ ވާގޮތްމީ.
ޝެލަރީ
29 September 2019
ބަށި ބޯޅަ ފައުންޑޭޝަން އަކީ އަމިއްލަ އެންޖޯއިއެއް ތީވަރަށް ވެގެން އުޅޭބައެއް ގިނަމީހުނައްހީވާނީ ޔޫތުގެ ދަށުންހިންގާ ފައުންޑޭސަނެއްހެން ތީވެސް ފާޑެއްގެ ކަމެއްދެއްތޯ؟
ލިޖާ
29 September 2019
މެންބަރު ޔައުގޫބުގެ ބާރު ހިންގަން ކުރި ކަމެކޯ އެބަ ކިޔާ އެއީ ތެދެއްތަ
އާޝާ
30 September 2019
ހަމަ ތެދެއް ތިޔަ ބުނީ
ފީބޯ
29 September 2019
ފެޑެރޭށަން އިންޓަނޭށަނޭލް ޑި ބަށި އެސޯސިއޭށަން (ފީބާ) އިން ވަރަށް ހިތްހަމަ ނުޖެހޭނެ ކޯޓުތަކުން ބަށި މުބާރާތްތަކަށް އަތް ބާނަންޏާ. އަނެއްކާ ރާއްޖެ އިންޓަނޭށަލް ބަށި މުބާރާތްތަކުން ސަސްޕެންޑުވެސް ކޮއްފާނެ.
ރަދީފް
29 September 2019
ހެހެހެހެހެހެހެހެހެ. ފެޑެރޭށަން އިންޓަނޭޝަނޭލް ޑި ބަށި އެސޯސިއޭށަން (ފީބާ)
ބޮޑުމީހާ
29 September 2019
ކުޅިވަރުގެ ތެރެއަށް ކޯޓުތަކުން ވަދޭ ބާ؟ ތިހެންވަންޏާ ކޯޓުތަކުން ނިންމަފާނެ ކޮންމެ ފަދަ ނިންމުމެއްވެސް
ޝަހީބާ
29 September 2019
ލާހިކައެއް ނޫން ނިލަންދޫ އަކަށް ފައިނަލުގަ ކުޅޭކަށް.. ހަމަ ބޭނުންގޮތެއް ހަދާނީ
ޗައްނަ
29 September 2019
ކޯޓަށް ހާޒިރުވާން ނުކެރުނު ބައެއްތީ ވާހަކަ ނުދައްކާ،ފިލި ދާންދޫ ކައުންސިލް
އާޝާ
30 September 2019
ދެން ލޮލް...... ލަދެއްވެސް ނުގަނޭ ،،،،ދާންދޫ މީހުންނަކީ އަބަދުވެސް ޒާތީވާ ބައެއް
ވާންބެ
29 September 2019
ފުރަތަމަ ބަލަންވާނީ ކުޅުނުމެޗުތަކުން މޮޅުވެގެން ޕޮއިންޓް ލިބުނުވަރު ދެން އެއްވަރުވެއްޖެނަމަ ލަނޑުގެ އަދަދައްބަލާނީ އެހެންހެދިނަމަ ތިމައްސަލައެއް ނުނުކުންނާނެ އެހެންނޫނަސް ތީ އިދިކޮޅުކުޅުންތެރިންނަށް ފުރަގަސްދީގެން މުޅިދުނިޔޭގަވެސްކުޅޭ ހަމައެކަނި ކުޅިވަރު ވީމާ މައްސަލަ ހުންނާނެ
ދޫކުރާބެ
29 September 2019
އިދިކޮޅު ކުޅުންތެރިންނަށް ފުރަގަސްދީގެން މިގައުމަށް އަރާ ހުރިހާ ވެރިންވެސް ވެރިކަންކުރަނީ. އެހެންވެ އެކަމުގައިވެސް މައްސަލަ އުޅެނީ.
ސޯބު
29 September 2019
ތެދެއް 3 މެޗުން މޮޅުވެ 4 ވަނަ މެޗު އަނެއްޓީމު ހާޒިރުނުވެގެން ލިބުނީމަ ހުރިހާ މެޗަކުން މޮޅުވީ. ދެންކީއްވެ މިހެން މިވީ.
ހިފެހެއްޓުމެއްނެތް ކަރުނަ
29 September 2019
ދާންދޫ ކައުންސިލުން ބުނީ، މުބާރާތާ މެދު ނިލަންދޫ ޓީމުން ހިތްހަމަނުުޖެހުނީ ކުޅުނު ތިން މެޗުން މޮޅުވިޔަސް ފައިނަލުން ޖާގަ ނުލިބުމުންނެވެ. ތިހެން ތިކަން ހުރިއްޔާ އެޓީމަށް ފައިނަލުން ޖާގަ ލިބެންވާނެ. އެހެންނޫނީ އެއީ އިންސާފަކަށް ނުވާނެ.
އިންސާފް
29 September 2019
މުބާރާތުގަ ބަލަނީ ލިބޭ ޕޮއިންޓަށް. މެޗްގެ އަދަދަކަށް ނޫން. އެހެންވީމަ މީގަ ނާއިންސާފުވީ ވިލިގިލީ ޓީމް. އެމީހުން ގޮވައިގެން ދައުވާ ކުރުން ބުއްދިވެރި. އެމީހުންގެ ސަބަބުން ނިލަންދޫ ޓީމަށް ގިނަ ލަނޑުހަދާ ޕޮއިންޓް އިތުރުކުރަން ފުރުސަތު ގެއްލުނީމަ އެކަމުގެ ބަދަލުހޯދަން ކޯޓަށް ލާބަލަ. މިހާރު ބައްޓަކީ ޤައުމީ ކުޅިވަރެއްވެސް ނޫން އެހާވަރަކުން ވަނަ ލިބޭތޯ ކޯޓަށް ގޮސް ދައުވާކޮށްގެން ބަޔެއްގެ ވަގުތު ބޭކާރު ކުރަން.
ބަށްޓާއި ބެހޭ
29 September 2019
ފައިނަލް މެޗު މާލޭގައި ބޭއްވޭތޯ މިދަނީ ބަލަމުން