ބާޒާރުމަތީގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ފިޔާތަކެއް.--- ފޮޓޯ: ނިޝާން އަލީ /މިހާރު
03 އޮކްޓޯބަރ 2019 - 12:17
އިންޑިޔާ އިން ފިޔާ އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓާލާފައިވާ އިރު މިކަމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އިންޑިޔާ އިން މި ދުވަސްވަރު އުފައްދާވަރު މަދުވާތީ، އެ ގައުމުން ވަނީ އޭޝިޔާގެ ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓާލައިފަ އެވެ. އެހެންވެ ނޭޕާލާއި ސްރީލަންކާ އަދި ބަންގްލަދޭޝްގައި ފިޔާ އަގު ވަނީ އަތްނުފޯރާ ވަރަށް މައްޗަށް ޖެހިފަ އެވެ. އެގޮތުން ހަފްތާއެއްގެ ތެރޭ ލަންކާގެ ފިޔާގެ އަގު 50 ޕަސެންޓް އުފުލިފައިވެ އެވެ.
އިންޑިޔާއަކީ މި ސަރަހައްދުގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމެވެ. ފިޔާ ލިބުން ދަތިވެ، އިންޑިޔާގެ ނިއުދިއްލީގައި ވެސް ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލި، 100 ކިލޯގެ ބަސްތާއެއްގެ އަގުވަނީ 4،500 ރުފީސް އަށް ބޮޑުވެފަ އެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ފިޔާގެ އަގު އިންޑިޔާގައި އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، އިންޑިޔާއިން އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް، ރާއްޖެ އަށް އެއްވެސް ހުއްޓުމެއް ނެތި ފިޔާ އެކްސްޕޯޓް ކުރާނެ ކަމަށެވެ. އަދި ފިޔާ ލިބުމުގެ އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލި އިރު ބަންގްލަދޭޝް ފަދަ ގައުމުތަކުން ވަނީ މިޔަންމާ އާއި މިސްރާއި ތުރުކީ ފަދަ ގައުމުތަކުން ފިޔާ އިމްޕޯޓް ކުރަން ފަށައިފަ އެވެ.
މުމްބާއީގައި ހުންނަ އޮނިއަން އެކްސްޕޯޓާސް އެސޯސިއޭޝަންގެ ރައީސް އަޖިޓް ޝާހު ވިދާޅުވީ، އަންނަ ނޮވެމްބަރާ ހަމައަށް ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލައިފައި އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ ކުރިން ވެސް ފިޔާ ލިބޭ ވަރު މަދުވުމުން ފިޔާ އެކްސްޕޯޓް ކުރުން އިންޑިޔާއިން ހުއްޓާލާފައިވެ އެވެ.
މިދިޔަ އަހަރު އެކަނި ވެސް އިންޑިޔާ އިން 2.2 މިލިއަން ޓަނުގެ ފިޔާ އެކްސްޕޯޓް ކޮށްފައިވެ އެވެ. މިއީ މުޅި އޭޝިޔާގެ ފިޔާގެ އެކްސްޕޯޓުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
07 October 2019
ފިޔަޔާނުލައި ނުއެއް އުދުހެވޭނެ.?.
ބަދިގެ
04 October 2019
ފިޔާ ނުލާ ކައްކަންދަސް ކުރަންވީ!
ބަލާނީ
03 October 2019
ރަމޞާންމަހު ފިޔާގެ އަގު މިއަށްވުރެ މާބޮޑަށް ބޮޑުވޭ. ރޯދަމަސް ވީމަ، އިޝްރާފުވާވަރަށް އެއޮށް އަގުބޮޑު އިރުވެސް ގަނެގެން ހެދިކާފުނި ހެދޭ..
ބަބުރަންޖީ ހާޖީ
03 October 2019
ފިޔަޔާނުލާ އުޅެންވެސް ދަސްކުރަންޖެހޭ.
އިޙްސާސް
03 October 2019
ތިކަމެއްނޭންގެ މިހާރުވެސް މަމެން ގޭދޮށު ފިހާރަތަކުގަ ފިޔާ ހުރީ ހުސްވެފަ. އަގު ބޮޑު ކަމުން ގަނެވެން ނެތޯ. 28ރ އިން މައްޗަށް އެބަ ވިއްކާ ހުރި ފިހާރަތަކުގަ. މީތަ ތިބުނާ ދަތިކަމެއް ނެތުމަކީ؟
ޢިބުރާހިމު
03 October 2019
ދެންވެސް ލަސްނުކޮއް ފިޔާ ކޮމެޓީއެއް ހަދާބަލަ. ފަހަރުގަ ފިޔާބަސްތާތައް ލައްގަފާނެ.
ބަޑީ
03 October 2019
އިންޑިޔާ ފިޔަލާ ހަޑުލާ ބޮޑުހިލަޔާ ބޭސްފަރުވާ ބޭނުމެއްނޫން. އިންޑިޔާ ފިލްމާ ސީރީޒްވެސް ނުބަލާނަން. މަމެން ޗައިނާއިން ފިޔަލާ ހަޑުލާ ބޮޑުހިލަޔާ ބޭސްފަރުވާވެސް ކޮށްފާނަން. އަދި ޗައިނާ ފިލްމާ ސީރީޒް ދެން ބަލާނީ. ބަޔަކު ގައުމަށް އެރިޔަސް ޗައިނާ އަންނަންދެން ތިބޭނީ. އިންޑިޔާއަށް ސަލާން.
ގާސިމު
03 October 2019
އެއްވެސް ބިރެއްނެތް. ގިނަ ތަންތަނުން ފިޔާނުވެސް ލިބޭ. ޙުރި ތަނަކުންވެސް ލިބެނީ 40 އައް ކިލޯއެއް. ރައްޔިތުންނައް އޮޅުވާލިއަސް ބޮޑުވަރު
ނެކްސްޓް
03 October 2019
މިޖެހުނީ ކަންތަކާ ވިޔަފާރިވެރިންނަށް އީދެއް މިއައީ. މިހާރު ރާއްޖޭގައި ހުރިހުރިހާ ފިޔަލެއް ރަނަށްވާނެ
ބޮސްގެ ބޮސް
03 October 2019
އެހެންދޯ މިހާރު ފިޔާ ކިލޯއެއް 30 ރުފިޔާގަ ހުރީ!