09 އޮކްޓޯބަރ 2019 - 13:13
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ވެހިކަލްތަކުން މީހުން ފައިބާ ތަނާއި އަރަން މަޑުކުރާ ތަން ވަގުތީގޮތުން މިއަދު ބަދަލުކޮށްފި އެވެ.
މިހާރު މީހުން ބާލާނީ ކުރިން މީހުން އަރަން މަޑުކުރާ ސަރަހައްދުންނެވެ. އަދި މިހާރު މީހުން އަރަން ހަމަޖައްސާފައިވަނީ ކުރިން މީހުން ބާލާ ސަރަހައްދުންނެވެ.
އެއާޕޯޓުން ކާރުތަކަށް މީހުން ބޭލުމަށާއި އެރުވުމަށް ގެނެސްފައިވާ ބަދަލު---
މި ބަދަލު ގެނައުމުން އެއާޕޯޓަށް ފައިބާނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ. މިއީ ކުރިން ޓެކްސީ އަށް މަޑުކޮށްގެން ގިނައިރު ތިބެން ޖެހުމުން ބާރު ބޮޑުވާ ތަނެކެވެ.
އެމްއޭސީއެލްއިން ބުނީ މިއީ ވަގުތީ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމާ އެކު އެއާޕޯޓަށް ގިނަ މީހުން ދަތުރުކުރަނީ ވެހިކަލްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަމު
10 October 2019
އަދިވެސް ބަޔަކު ކިޔާ ބޮޑު ޚަރަދުކޮށްގެން ބްރިޖް އެޅީ ކީއްވެހޭ. ބްރިޖުން އެއަޕޯޓަށް ދެވުމުގެ ފަސޭހަ ލިބިނުގަނެ ވާހަކައެއް ދެއްކުމަކުން ބްރިޖްގެ ބޭނުންތެރިކަމެއް އަދި ފައިދާއެއް ނޭނގޭނެ.
ރޯޑްމޭން
10 October 2019
ތިޔަ ޗާޓުން ފެންނަ ގޮތުން ހުޅުލެއަށް ވަދެގެންދާ ކާރަށް ފުރަތަމަ ދިމާވާނީ މީހުން ކާރަށް އަރުވާ "ޕިކް އަޕް" ސަރަހައްދާ. މީހުން ކާރުން ބާލާ "ޑްރޮޕް އޮފް" ސަރަހައްދާ ދިމާވާނީ އޭގެ ފަހުން. މީގެ ސަބަބުން ހުޅުލެއަށް މީހުން ބާލާފަ ދާ ހުސްކާރު "ޕިކް އަޕް" އޭރިއާގެ ބަނދަރާ ދުރު އިރުމަތީ ފަޅިން ދާންޖެހޭތީ ހުސްކާރަށް އެރޭނީ މަގު ހުރަސްކޮށްފަ ގޮސްގެން. ތޮއްޖެހުން އިތުރުވާނެ ކަމަށް ފެނޭ. އެގޮތަށްވެސް ނޭރުވޭނަމަ ކާރު ނުލިބުމުގެ މައްސަލަ ވަކިން ބޮޑުވީ.
ޝިރޫ
09 October 2019
ތި ފޮޓޯގެ މާނައަކީ މިހާރު މީހުން ބާލާ އަރުވަނީ ބްރިޖުގައޭތަ؟
ރަދީފް
09 October 2019
ވަރަށް ބޮޑު ޕޮރޮޖެކްޓެއް ތިޔަ ނިންމާލެވުނީ.އަސްލު ބަހުން ބުނާނަމަ ވަަރަށް މެސިވް ޕްރޮޖެކްޓެއް އެހެންނޫންތޯ.ވ.ވެދުން
ރަސްވިން
09 October 2019
ބައެއް ހަބރުތަކަކީ ބަޔަކު ޕުރަމޯޓު ކޮއްލުމައް ޖަހާހަބަރަކައްވެސް ވެދާނެ. ބައެއް ހަބރުތަކަކީ ޒާތީހަބަރަކައްވެސް ވެދާނެ. ބައެއްހަބަރު ތަކަކީ ބަޔަކައް ދަތި ނުވަތަ ހަޖަމްނުވާ ×ޒާތުގެ ހަބަރަކައްވެސް ވެދާނެ. އެހެނަސް މިހަބަރަކީ އާމުމައުލޫމާތައް މުހިންމު ހަބަރެއްކަމުގާ ދެކެމެ. އަމުދުން އަހަރަމެން ކަހަލަ ޑުރުރައިވަރުން އަށް އެގެންބޭނުން ވާ ހަބަރެކެ. ރަދީފްގެ ސިޔާސީކަން އިހުނައްވުރެ މިހާރު ބޮޑުކޮއްފެންނަނީ.
އަހްމަދުކަލޯ
09 October 2019
ކަލޯގަޔާ ސައިކަލުގަ ދާމީހުންނަށް ވެސް ގޮތެއް ހާދާދީބަލަ ހާދަ ދުރަކަށޭ މަޑުކުރަން ޖެހެނީ މީހަކާއެކު ދާ މީހުންނަށް ތަންކޮޅެއް ކާރިއަށް ބޭލޭނެ ގޮތެއް ހަމަޖައްސާ ދީބަލަ! ތެމިގެންނާ ރައްދަކަ އަވީގަޔޭ ލޯބި ކުދިންކޮޅު އެދަނީ، އަނެއްކާ ބޮޑުން ކާރުގަ ވަޑައިގަންނަވާތީ ހިހުސާސު ނުކުރެވެނީ ތޯއްޗެއް
އަހްމަދު މާހިރު
09 October 2019
ޓެކްސީ ނުލިބިގެން 2-3 ފުލައިޓުގެ މީހުން ކިއުގަ މުޅިތަން ފުރާލާތީ ނަމަވެސް ނިންމި ރަނގަޅު ނިންމުމެކެވެ. އެހެންނަމަވެސް ތިސަރައްދުގަ 4-5 ހާސް މީހުން މަސަތްކަތް ކުރާއިރު ހުރިހާ އެންމެން ދަނީ ކާރުކޮޅަކު ނޫނެވެ. ސައިކަލުގަ ދާމީހުން ވަރަށް ގިނައެވެ. އަމިއްލައަށް ދުއްވާފަ އަދި މީހަކާއެކުއެވެ. އެހެންނަމަވެސް ސައިކަލުގަ ދާމީހުން މާދުރަށް ބާލަން ޖެހުނީމަ ވާރޭ ވެހެންޏާ ތެމިގެންނެވެ. މެންދުރުގެ އަވީގަ ވީޔާ އޮފީހަށް ވަނައިރު މުޅިމީހާ ހަރާބުވެ ބަބުރުވަހެވެ...
އޭނަ
09 October 2019
ވަރަށް ރަނގަޅު ބަދަލެއް ކަމަށް ފެނޭ. ދާއިމީ ކޮށްވެސް ތިގޮތަށް ތިކަން އޮތުން ރަނގަޅު. ތިހެން ހެދުމުން ތޮއްޖެހުން ކުޑަވެ. ދަތުރު ކުރާ މީހުންނަށްވެސް ފަސޭހަވާނެ.
ފުލައިޓް
10 October 2019
ކާރު ނުވަތަ ސައިކަލުގަ ނޫނީ ފުލައިޓް ސިޑިން ނޭރޭ ގޮތް ހަދަން ވީނު (ގައުމު ވާނުވާގަ)