އަހުމަދިިއްޔާ އިންޓަނޭޝަނަލް ސްކޫލުން ރޭ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ަރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 އޮކްޓޯބަރ 2019 - 07:37
ވަރަށް ވިސްނުންތެރިކަމާއި ބުއްދިވެރިކަމާ އެކު ކަންކަން ނުކޮށްފި ނަމަ ހަރާބުގެ އައްސޭރި އަކަށް ރާއްޖެ ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، އެކި ކަންކަމުގައި ހިޔާލު ތަފާތުވުންތައް އުފެދުނު ނަމަވެސް އެންމެންނަށް އެކުގައި އުޅެވެން ޖެހޭނެ ކަމަށެވެ. އެންމެންނަށް އެކެއްގެ ހިޔާލަކީ ހަޖަމް ނުކުރެވޭ ހިޔާލަކަށް ވެ، އެއާ އެކީގައި ނޫޅެވޭ ހިސާބަށް ދިއުމަކީ ހިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބު ކަމަށާއި އެ ދިމާއަށް ދިއުމަށް އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު ކަމަކީ ރަނގަޅާ ނުބައިގެ ތަފާތެވެ. ހާއްސަކޮށް ދީނާ ގުުޅޭ ކަންކަމުގައި ރަނގަޅާއި ގޯހާ ގުޅޭގޮތުން ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދައްކާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މީގެ ކުރިން ތައުލީމް ދިޔާނާ ފޮތުން ދީނީ ކަންކަން ދަސްކޮށްގެން ދިވެހިން އުޅުނަސް މިހާރު ރަނގަޅު ގޮތް ކިޔައިދެމުން އަންނަނީ އެހެން ގޮތަކަށް ކަމަށެވެ.
"މިއަދު ރަނގަޅާއި ނުބައިގެ ކަންތައްތައް އިންތިހާ އަށް ގޮސް، އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް އަނިޔާވެރި ވާހަކަ ދައްކަން ފަށައިފި. އޭނާ އެއީ ގޯސް މީހަކަށް ވާތީ އޭނާ އަށް ހަދަންޖެހޭ ގޮތަކީ މިއީ އޭ. އެކަމަކު އޭނާ ހަގީގަތުގައި ދެކެ ހުރީ އޭނާ އަކީ ރަނގަޅު މީހެއް ކަމަށް. އަދި އެތައް ކިތަންމެ ބަޔަކު ވެސް ދެކޭ އޭނާ އަކީ ރަނގަޅު މީހެއް ކަމަށް،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރީތިކޮށް ހުންނަ ގައުމުތައް، ބަޑިވަރުން ފުރި އިމާރާތްތައް ވެއްޓިފައިވާ މަންޒަރު ޓީވީން އަބަދު ފެނެ އެވެ. ގާތައް އެތައް މިތަނަށް އުކައި، ސަފުސަފަށް ނިކަމެތި ރައްޔިތުން ނުކުމެ އެތަންމިތަނަށް ދާތަން ފެންނަ ކަމަށާއި އެ މަންޒަރު ރާއްޖޭގެ ވެރިރަށް މާލެ އިން ނުފެނިދާނެ ކަމަށް އެއްގޮތަކަށް ވެސް ހިތަށް އަރުވައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"... ބިކަ ހާލުގައި ކުޑަކުދިން މައިންބަފައިގެން އުރުގައި ރޮމުން ދާތަން، އެއްގޮތަކަށް ވެސް އަޅުގަނޑު ދަންނަވާނީ ހިތަަށް ނާރުވައްޗޭ އެ މަންޒަރު މި މާލެ އިން ނުފެނިދާނެ ކަމަށް. ވަރަށް ބުއްދިވެރި ކަމާ އެކީގައި ވަރަށް ވިސްނުންތެރި ކަމާ އެކީގައި އަޅުގަނޑުމެންގެ ކަންކަން ނުގެންގޮސްފި ނަމަ އަޅުގަނޑަށް ފެންނަ ފެނުމުގައި މި ހަރާބުގެ އައްސޭރި އަށް ތިބޭފުޅުންގެ ޖީލު، ތިކުދިންގެ ޖީލު ގޮސްދާނެ،" ނަޝީދު ވިދާޅުވި އެވެ.
ސަލާމަތުގެ އައްސޭރި އަކަށް ރާއްޖެ ގެންގޮސް ދިނުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ "މި ތިބީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި" ކަމަށެވެ. މިއަދު ނިންމާ ނިންމުން ބަޔާން ކޮށްދޭނީ ގައުމު ދާނެ ތަނާއި ރައްޔިތުންގެ ދިރިއުޅުމަށް ވާނެ ގޮތް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ފެންނަ ހިޔާލު ގޯސްވެގެން އެކަމާ ޖަދަލުކުރަން އަދި އޭގެ ރަނގަޅު ގޮތް ބުނެދޭން ވެސް ކިތަންމެ ބަޔަކު ނުކުންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނާ
13 October 2019
ތިޔަބުނާ ވިސްނުންތެރި ކަމަކީ އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަން ތަން ހެދުމަށް ހުއްދަ ދިނުންތޯ މިހާރު ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ވެސް ހިފާ ހައްޔަރު މިކުރަނީ ޣައިރު ދީން ފެތުރުމާ ދެކޮޅަށް ވާހަކަދައްކާ މީހުން, ކިހާ ތާހިރުވެއްޖެ
ޝަޝީ
13 October 2019
2008 ވަނަ އަހަރު މުސްކުޅިއަކު މަށާ ޒުވާބުކުރި މޑޕ ވެރިކަމަށް ހޮވިއްޖެޔާ ފައްޅި އަޅާނެޔޭ. މަބުނިން ބޯގޯސް ވާހަކަ ނުދައްކާށޭ ތިއީ މައުމޫނު ތިމީހުންގެ ބޮލަށްލާފަ ހުރި ހުސްދޮގޭ. މިހާރު ރާއްޖޭގެ އެކަމަކު މިސްރާބު މިހުރީ ވަރަށްވެސް “ފައްޅި”އާ ދިމާލަށް.
ޢަލީ ޢަހުމަދު
13 October 2019
އަންނި އަކީ މިޤައުމަށް ޖެހިފަ އޮތް މުސީބާތެއް!
ކީއްވެ
13 October 2019
ހަރުކަށިފިކުރުގެ ވިސްނުން ގެންގުޅޭ މީހުންގެ ނުރައްކާތެރިކަމާ ރައްޔިތުން އެހާ ކަންބޮޑުވެގެން ނޫޅެނީ ކީއްވެބާ؟
ޅޮހީޖަމީލު
13 October 2019
ދެން އިތުރަކަށް ވިސްނާކަށް ތިބޭފުޅާއަކަށް މިބިމަކުން ޖާގައެއް ނުދެވޭނެ. ވެރީ ސޮރީ..
ހަކީމާ
13 October 2019
ރައީސް ނަޝީދަކީ ގައުމީ ބޮޑު ނުރައްކަލެއް! ދިވެހި ގައުމުގެ ކަންކަން ލިބޭ ކޮންމެ ފުރުސަތެއްގައި ގޯސް ކުރާ މީހެއް! ވިސްނަވާ ދިވެހިން!
ށ.އަތޮޅު މީހާ
13 October 2019
މަށަކީ އެމް.ޑީ.ޕީ ގެ ގިނަ ކަންކަމަށް ސަޕޯޓްކުރާ މީހެއް. އެކަމަކު ލާދީނީ އެއްވެސް ކަމަކަށް ސަޕޯޓެއް ނުކުރަން. އަންނީގެ ބަސްމަގު ހުންނަގޮތުން އެމް.ޑީ.ޕީ އަށް އޮތް ސަޕޯޓް ގެއްލޭހެން ހީވަނީ. އެމް.ޑީ.އެންގެ ރިޕޯރޓް ހެދި ބަޔަކާމެދު ފިޔަވަޅު ނާޅައިފިނަމަ މަވެސް އެމް.ޑީ.ޕީއަށް ކުރާ ސަޕޯޓް އަނބުރާ ގެންދަންޖެހިދާނެ ވާހަކަ ދަންނަވަން.
ހައްގުބަސް
13 October 2019
އަންނި މިއުޅެނީ ރާއްޖެ ކާފަރުކުރަން. ދިވެހިން ބުއްދިއިސްކުރަން ޖެހޭ.
ވަތަން އިސްކުރަންޖެހޭ
13 October 2019
ނަޝީދުގެ ނުބައިކަމުން ރާއްޖެ ސަލާމައް ކުރައްވާންދޭން.
ތެދުވެރިޔާ
13 October 2019
އެމްމެ ފަހަރަކުވެސް ބުނެބަލަ ލާދީނީ ގުރޫޕް ހައްޔަރުކުރަން. މުޅިންވެސް އުޅެނީ ފިތުނަ އުފައްދަން.