ޚަބަރު / މަރު

"ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާ"ގެ މަރާ އެކު ހުޅުދުއްފާރު ފުން ހިތާމައެއްގައި!

މުހަންމަދު ނިޝާމް

ރ. ހުޅުދުއްފާރު ސްކޫލްގެ ޓީޗަރު މުހައްމަދު ނިޝާމް، 31، ރަށުގެ ގިނަ ބަޔަކަށް އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރު ފަހެއް ޖެހިއިރު ދަނޑުގައި ފުޓްބޯޅަ ކުޅެން އުޅެނިކޮށެވެ. އޭގެ ގަޑިއެއްހާއިރު ފަހުން މުޅި ރަށް ސިއްސުވާލީ އޭނާގެ މަރުގެ ހަބަރުންނެވެ.

ނިޝާމް މަރުވީ، ފުޓްބޯޅަ ކުޅެން އުޅެނިކޮށް ނޭވާ އަށް އުނދަގޫވެގެން ސިއްހީ މަރުކަޒުން ފަރުވާ ހޯދަމުން އަންނަނިކޮށެވެ. މިއީ "ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާ"ގެ ނަމުން ފޭސްބުކްގައި އޭނާ ދަންނަ ގިނަ ބަޔަކަށް ވެސް ލިބުނު ހިތްދަތި ކަމެކެވެ. ދީނީ އިބުރަތްތެރި އެކި ވާހަކަތައް އާއްމުންނާ ހަމައަށް ގެނެސްދޭން ނިޝާމް އަންނަނީ ފޭސްބުކް ޕޭޖެއް ހިންގަމުންނެވެ.

ހުޅުދުއްފާރު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ފުޓްބޯޅަ ކުޅެން ދިޔައިރު ނިޝާމްގެ ހާލު ރަނގަޅު ކަމަށެވެ. ދޭތެރެދޭތެރެ އިން ނޭވާ އަށް އުނދަގޫވުމުގެ މައްސަލަ ކުރިމަތިވާ ނިޝާމް އިއްޔެ ހާސްވެ، އުނދަގޫތަކެއް ކުރިމަތިވީ ދަނޑުގައި ހުއްޓައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ދަނޑުގައި އިންހޭލާ ބޭނުންކުރުމަށް ފަހު ވަގުތުން ސިއްހީ މަރުކަޒަށް ނިޝާމް ދިޔައީ ރަނގަޅު ނުވެގެން ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"ސިއްހީ މަރުކަޒަށް ގޮސްގެން ވެސް ހާލަތު ދަށްވާން ފެށީމަ އޮކްސިޖަން ގުޅީ. އެކަމަކު ނޭވާ ހާސްވަމުން ގޮސް ނިޔާވީ. އޭރު މަޒުކަޒަށް ދިޔަތާ މާގިނައިރެއް ވެސް ނުވާނެ،" ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލުން ބުނިގޮތުގައި ހިސާބު ކިޔަވައިދޭ، އަދި ރަށުގެ އެންމެންގެ ލޯބި ހޯދައިފައިވާ ޓީޗަރުގެ މަރާއެކު މުޅި ރަށަށް ވަނީ ހިމޭންކަންވެރިވެފަ އެވެ. ފަތިސްނަމާދަށް ފަހު ބޭއްވި އޭނާގެ ޖަނާޒާ އަށް ވެސް މުޅި ރަށް އެއްކޮށްހެން ދިޔަ ކަމަށް ކައުންސިލުން ބުންޏެވެ.

"އެންމެންނާ ވެސް ގުޅޭ، ހުރިހާ ކަމެއްގައި ބައިވެރިވާ އަހުލާގު ރަނގަޅު މީހެއް އެއީ. ރަށުގެ އެންމެންނަށް ލިބުނު ފުން ހިތާމައެއް މިއީ،" ކައުންސިލަރު ވިދާޅުވި އެވެ.

ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާގެ ގޮތުގައި ނިޝާމް ދަންނަ ގިނަ ބަޔަކު ވެސް އަންނަނީ އޭނާގެ ރަނގަޅު ވާހަކަތައް ލިޔަމުންނެވެ. ބައެއް މީހުން ސިފަކުރި ގޮތުގައި ދީނަށް ލޯބިކުރާ ނިޝާމަކީ އޭނާ ކުރާ ހެޔޮ އަމަލުތައް އާއްމުކުރަން ދެކޮޅު މީހެކެވެ. ފޭސްބުކްގައި ކާކުކަން ނޭނގޭ ގޮތަށް ދީނީ ޕޭޖެއް ހިންގަނީ ވެސް އެހެންވެ ކަމަށް އެކަކު ފޭސްބުކްގައި ބުނެފައިވެ އެވެ.

އެ ޕޭޖުގައި ތަރުޖަމާކޮށްގެން އޭނާ ގެނެސްދެނީ އަރަބި ނުވަތަ އިނގިރޭސިބަހުން ހުންނަ ދީނީ އެކި ހާދިސާތަކުގެ ވާހަކަ އެވެ. ބޭނުމަކީ، އެ ހާދިސާތަކުން އެހެން މީހުންނަށް އިބުރަތް ހާސިލްކޮށްދިނުން ކަމަށް ވެސް އޭނާގެ ބައެއް އެކުވެރިން ބުންޏެވެ.

އޭނާ މަރުވިއިރު އަންބަކާއި ގާތްގަނޑަކަށް ތިން އަހަރުގެ ފިރިހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.

.

65 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޏް

04 October 2016

މަރުހޫމަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރަށްވާށި

The name is already taken The name is available. Register?

ހަމީދު- ކުޑަހުވަދޫ

27 September 2016

ﷲ މަރުހޫމާއަށް ސުވަރުގޭގެ މަތިވެރި ނިަުމަތް މިންވަރު ކުރއަވާށި. އާމީން

The name is already taken The name is available. Register?

ހެޔޮައެދޭ

27 September 2016

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ވަޒީރު ދޮންބެ

26 September 2016

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ‎‎. ޔާﷲ!

The name is already taken The name is available. Register?

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

26 September 2016

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

އެމް.އެމް.ޖީ އިބޫ

26 September 2016

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ޢަރީފް

26 September 2016

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ޙުސެން

26 September 2016

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ހެޔޮއެދޭ އުޚްތެއް

26 September 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ....... މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމާއެކު، މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި.އާމީން ... އަދި ޢާއިލާއަށް ކެތްތެރިކަންދެއްވާށި. އާމީން..

The name is already taken The name is available. Register?

ަިއައިންތު

26 September 2016

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454