ފިޔާ ބަސްތާއެއް ދޯންޏަކަށް އަރުވަނީ: އާދީއްތަ ދުވަހުން ފެށިގެން ފިޔާ ވިއްކުމުގައި ކޮންޓްރޯލެއް ނޯންނާނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އޮކްޓޯބަރ 2019 - 17:05
އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއްވެސް ލިމިޓެއް ކަނޑައެޅުމެއް ނެތި ފިޔާ ވިއްކަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ފިޔާގެ އާ ޝިޕްމެންޓެއް ހުކުރު ދުވަހު ލިބޭނެ ކަމަށެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން ފިޔާ ވިއްކުމުގައި ކަނޑައަޅާފައިވާ ލިމިޓް ނައްތާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން ފިޔާ ލިބުމުގައި ދަތިތަކާ ދިމާވުމުގެ ސަބަބުން މިހާރު ފިޔާ ވިއްކަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ. އެގޮތުން، ކޮންމެ މީހަކަށް ވެސް މިހާރު ލިބޭނީ 30ރ.ގެ ރޭޓުން ފިޔާ ކިލޯއެކެވެ.
ކޮންޓްރޯލް ކޮށްގެން ފިޔާ ވިއްކުން ހުއްޓާލި ނަމަވެސް ފިޔާ ކިލޯއެއް ލިބޭނީ 30ރ. އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ބާޒާރުން ފިޔާ ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ. ހޯލްސޭލް ބައެއް ފިހާރަތަކުން ފިޔާ ކޮންޓްރޯލް ކޮށްގެން ވަކިވަކިން ކިލޯ އިން ވިއްކާ އިރު ރީޓެއިލް ފިހާރަތަކުން ފިޔާ ކިލޯއެއްގެ 50ރ. އަށް ވިއްކި އެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 1،200ރ. އަށް އުފުލުނެވެ. ނަމަވެސް އެސްޓީއޯ އިން 30ރ. އަށް ކިލޯއެއް ވިއްކަން ފެށުމުން ރީޓެއިލް ފިހާރަތަކުން ވެސް ވަނީ ފިޔާގެ އަގު ދަށްކޮށްފަ އެވެ.
އިންޑިއާގެ ދަނޑުތަކަށް ލިބުނު ގެއްލުމާއި ގުޅިގެން އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން ވަނީ މަދުކޮށްފަ އެވެ. އެގޮތުން، އިންޑިޔާ އަށް ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، އެ ގައުމުގެ ފިޔާ ދަނޑުތަކުގެ 35 ޕަސެންޓް ވަނީ ހަލާކުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކްގަން މުރުގަން
17 October 2019
ޕްރި އޯޑަރ ނަގަން ހުޅުވާލަން ފެނޭ އަވަހަށް...
ޑޮނާޑު
16 October 2019
ލިމިޓެއްނެތި ފިޔާވިއްކޭނީ ލިމިޓެއްނެތިފިޔާލިބޭތީނޫންތޯ? ވީއިރު އަގައް ބަދަލުނައީކޮންސަބަބަކާހެދިތޯ?
ޢަބްދުﷲނާފިޒް
17 October 2019
ޑޮނާޑު، އެއީ ލިމިޓެއްނެތި ފިޔާ ލިބުނަސް ފިޔާ ލިބޭ އަގު ހެޔޮނުވާކަމަށް ވަންޏާ، ވިއްކާ އަގަށް ބަދަލެއް ނާންނާނެ ނޫންތޯ،
ޢާސީ
16 October 2019
ކީއްކުރާ ފިޔަލެއްތަ ތިހުސް އިންޒދއިއާ މީހުން މުއްސަނދިކުރަން ކުރާކަމެއް އެތާ އުކާފަ އޮންނައެއްޗެއް ފިޔަލަކީ
ފިޔާއެއް
16 October 2019
ފިޔަލަކީ، ކަނޑުގައި އުޅޭ މަހެއް. ފިޔަލެއް ފިޔާއެއް ފިޔާއެއް
ޑާޑާ
17 October 2019
ފިޔައެއް، ފިޔަލެއް، ފިޔަލައެއް ނޭގުނަސް ކޮމެންޓު ކުރެވޭތޯބަލާތި.
މޯޖޯ
17 October 2019
ޑާޑާ ވައި ސޯ ސީރިއަސް؟ ޓޭކްއިޓް އެސް ފަން ބްރޯ
ވާލުސޮރު
16 October 2019
ޝުކުރިއްޔާ އިންޑިޔާ
ޖަލަކް
16 October 2019
ޢެއްވެސް ދަތިކަމެއްނެތި ލިބޭނެއޭ ނުބުނޭ..ތިކަން ގުޅިފައިވަނީ އިންޑިއާ ރުހޭ ގަޑިއާއި ނުރުހޭ ގަޑި.