ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާއެކު މިއަދު ފެށި ފޯރަމްގައި މިނިސްޓަރު ޒަމީރު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ހުސެއިން ޝަޔާހު / މިހާރު
27 ސެޕްޓެމްބަރ 2016 - 11:19
ރާއްޖޭގެ ޓޫރިޒަމް ތަރައްގީކުރުމާ ބެހޭ ގޮތުން ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް ހިމެނޭ ގޮތަށް މަޝްވަރާ ބައްދަލުވުމެއް މިއަދު މާލޭގައި ފަށަައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިސް ނަގައިގެން ދަރުބާރުގޭގައި ކުރިޔަށް ގެންދާ ފޯރަމް އިފްތިތާހުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ފޯރަމްގެ އެންމެ ބޮޑު ބޭނުމަކީ ޓޫރިޒަމް ތަރައްގީކުރުމަށް އިންޑަސްޓްރީގެ އިސް ފަރާތްތަކާއި ސަރުކާރާއއި ކަމާ ބެހޭ އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް ބައްދަލުވެ މައުލޫމާތާއި ހިޔާލު އަދި ތަޖުރިބާ ހިއްސާކުރުން ކަމަށެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާއެކު މިއަދު ފެށި ފޯރަމްގައި ބައިވެރިން. ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު
ޒަމީރު ވިދާޅުވީ އެ ފޯރަމް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޓޫރިޒަމާ ގުޅުން ހުރި ތަފާތު ތިން ދާއިރާއަކާ ބެހޭ ގޮތުން ކަމަށެވެ. އެގޮތުން މަޝްވަރާކުރެވޭނީ ތިމާވެއްޓާއި ޒުވާނުން އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި އޭވިއޭޝަން ދާއިރާއާ ބެހޭ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ފޯރަމްގައި ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުން އެ ބޭފުޅުންނަށް ލިބިފައިވާ މައުލޫމާތާއި ހިޔާލުދީ މަޝްވަރާކުރުން އޮންނާނެ. އަޅުގަނޑު އުއްމީދުކުރަނީ މި ފޯރަމުން ލިބޭ މައުލޫމާތުގެ އަލީ ޓޫރިޒަމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް މުހިންމު މައުލޫމާތުތަކަށްވާނެ ކަމަށް،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ އަންނަނީ ވަރަށް ބާރަށް ކުރިއަރަމުން ކަމަށާއި ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އިތުރު ރިސޯޓްތަކެއް ހުޅުވޭނެ ކަމަށެވެ. އަދި އެއާއެކު ބައިނަލްއަގުވާމީ އިތުރު ބްރޭންޑްތައް ވެސް އަންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވޭ އެފަދަ ރިސޯޓްތައް ހުޅުވޭއިރު އެތަންތަނަށް ބޭނުންވާ މުވައްޒަފުންނަކީ ފުރިހަމައަށް ތަމްރީނުވެފައިވާ ބަޔަކަށް ހަދަން. އަޅުގަނޑުމެން މިދަނީ ޓިވެޓާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ޓޫރިޒަމް ދާއިރާ ހާއްސަކޮށްގެން މީހުން ތަމްރީނުކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާއެކު މިއަދު ފެށި ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އެހެން ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވަނީ. ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު
ޒަމީރު ވިދާޅުވީ ރަށްރަށުގައި ތިބި ޒުވާނުން ތަމްރީނުކުރުމަށް ބައެއް އަތޮޅު ކައުންސިލްތަކާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ޒަމީރު ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް ހިންގާ މަޝްރޫއާ ބެހޭ މައުލޫމާތު ވެސް ފޯރަމްގެ ބައިވެރިންނަށް ދެއްވައިފަ އެވެ. އެ މަޝްރޫއާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އެ އެއާޕޯޓްގެ އިތުރުން ޓޫރިސްޓުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތް ހެދުމަށް އިތުރު ޑޮމެސްޓިކް އެއާޕޯޓްތަކެއް ވެސް ތަރައްގީކުރަމުން،" ޒަމީރު ވިދާޅުވި އެވެ.
ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އެކުލަވާލާ ޓޫރިޒަމް މާކެޓިން މާސްޓާ ޕްލޭނާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ މާސްޓަ ޕްލޭން އެކުލަވާލަނީ ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރުވާނެ ގޮތްތަކަކަށް ބަލައިގެން ކަމަށެވެ. އެގޮތުން މިހާރުގެ ޓޫރިޒަމް މާކެޓްގެ ހާލަތު އޮތްގޮތް ދެނެގަނެ، އިތުރު މާކެޓްތައް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
27 September 2016
ޓޫރިޒަމް ދާއިރާގައި ގިނައީ ޓެކުސް އަށް މަކަރު ހަދާ ވިޔަފާރިވެރިން، އެމީހުންގެ ޖީބު މުއްސަދި ނުވެގެން އުޅޭ މީހުން ގިނަ ދާއިރާއެއްތިޔަ ރޫރިޒަމް ދާއިރާއަކީ!
ރައިން
27 September 2016
ކީއްކުރާ މަޝްވަރާ ތަކެއްތޯ؟ ޕުލޭނާއި މަޝްވަރާއި އެއްގޮތަކަށްތޯ އަމަލުކުރަނީ؟ ފެނިވަޑައިގަތީމަ ނިމުނީ. ރާއްޖޭގެ 2ވަނަ ޓުވަރިޒަމް މަަަސްޓަރ ޕުލޭންގަ އޮތް ހުވަދުއަތޮޅުގެ ޓުަވަރިޒަމް އަވަހަށް ތަރައްގީކުރުމަށް. އެކަމަކު އެކަން މިއޮތްހާ ދުވަހު ނުކޮށް އިހަކަށްދުވަހުތާ ރިސޯޓެއް ވެސް ހުޅުވުނީ. މާސްޓަރ ޕުލޭނާއި އެއްގޮތަށް އެދުވަހު އަމަލު ކުރިނަމަ ހުވަދުއަތޮޅު 2 ވަނަ އަރިއަތޮޅަށްވާނެ ފަތުރުވެރިކަމުގެ ރޮގުން. އައްޑޫ ފޯއްމުލައް ހުވަދޫގައި ފަޅުގެތައް ނުހުރީސް، ވީރާނާނުވީސް
ފާތުމަ
27 September 2016
ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަނީ ތަރައްގީ ވަމުން... މިހާޜުވެސް މިދާއިރާ މިވަނީ އިތުރު ހަރުފަދަކަށް ގެން ގޮސްދެއްވާފަ... މިބައްދަލުވުމުގެ ސަބަބުން މިދާއިރާއަށް ތަރައްގީއަށް އަންނާނެ....