މަންދު ކޮލެޖު: އަންނަ އަހަރު އެ ކޮލެޖުން 52 ކޯހެއް ހިންގާނެ -- ފޮޓޯ: މިހާރު
18 ނޮވެމްބަރ 2019 - 20:20
ފައުންޑޭޝަން ޕްރޮގްރާމް ފިޔަވައި، އަންނަ މަހުގެ 15 ގެ ކުރިން މަންދު ކޮލެޖުގައި ރަޖިސްޓަރީވާ ދަރިވަރުންނަށް ހިލޭ ލެޕްޓޮޕް ދޭން އެ ކޮލެޖުން ނިންމައިފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ފައުންޑޭޝަން ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ލެޕްޓޮޕް ނުދޭން ނިންމީ، އަންނަ މަހުގެ 15 ކުރިން އެ ޕްރޮގްރާމުގައި ބައިވެރިވާން ރަޖިސްޓްރީވާ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވާތީ ކަމަށެވެ. އެކަމަކު އެ ދަރިވަރުންނަށް ވަރަށް އަގު ހެޔޮކޮށް ލެޕްޓޮޕް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލެޕްޓޮޕް ހިލޭ ދޭން ނިންމީ، ލެޕްޓޮޕް ނެތުމުން އެ ކޮލެޖުގެ ވާޗުއަލް ކެމްޕަހުގައި ބައިވެރިވެގެން ކިިޔެވުމުގެ ފުރުސަތު ބައެއް ދަރިވަރުންނަށް ނުލިބޭތީ އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކަމަށް އިބްރާ ވިދާޅުވި އެވެ. އަދި ފައުންޑޭޝަން ޕްރޮގްރާމްތައް ހިލޭ ކިޔެވޭނެ ފުރުސަތު ހުޅުވާލީ، އޯލެވެލް ނިންމާ ދަރިވަރުން، އޭ ލެވެލްއަށް ނުގޮސް ސީދާ މަތީ ތައުލީމަށް ދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ. ފައުންޑޭޝަން ހިލޭ ފުރިހަމަ ކުރުމުން ސަރުކާރުން ފޯރުކޮށްދޭ ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެވޭނެކަން އިބްރާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އަންނަ އަހަރު އެ ކޮލެޖުގައި ކިޔަވަން ރަޖިސްޓްރީވާ ހުރިހާ ދަރިވަރުންނަށް ހިލޭ އިންޓަނެޓް ލިބޭނެ ކަމަށް ވިދާޅުވި އެވެ. މިއީ މަންދު ކޮލެޖާއި އޫރީދޫ ގުޅިގެން ދޭ ހިދުމަތެކެވެ.
އަލަށް ފަށާ ކޯސްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާ ވިދާޅުވީ އަންނަ އަހަރު މުޅިން އަލަށް 17 ކޯހެއް ތައާރަފް ކުރާނެ ކަމަށެވެ. އެ ކޯސްތަކާ އެކު ޖުމްލަ 52 ކޯހެއް މަންދު ކޮލެޖުގައި އަންނަ އަހަރު ކުރިއަށް ގެންދާނެ އެވެ.
އަންނަ އަހަރުގެ ކޯސްތަކުގައި ބައިވެރިވާން ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހެއް މަންދު ކޮލެޖުން އަދި ކަނޑައެއް ނާޅަ އެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހުގެ މެދަކާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައި ވާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
އަލަށް ތައާރަފް ކުރި ކޯސްތަކުގެ ތެރޭގައި ތައުލީމާ ގުޅޭ މާސްޓާސް ލެވެލްގެ ތިން ކޯހެއް ހިމެނެ އެވެ. އެއީ މާސްޓާސް އިން އެޑިއުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑާޝިޕް، މާސްޓާސް އިން ކަރިކިއުލަމް އެސެސްމެންޓް އަދި މާސްޓާސް އިން ސްޕެޝަލް އެޑިއުކޭޝަން ނީޑްސް އެވެ.
ހޮސްޕިޓާލިޓީ އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ތައުލީމީ ދާއިރާ އިން ޑިޕްލޮމާ އަދި ޑިގްރީ ލެވެލްގެ އާ ކޯސްތައް ވެސް މަންދު ކޮލެޖުން ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި އެޑިއުކޭޝަނަލް ކައުންސެލިން އާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައި ދޭނެ ޓީޗަރުން ތަމްރީން ކުރުން ހިމެނެ އެވެ.
މަންދު ކޮލެޖުން ކިޔެވޭނެ ހުރިހާ ކޯސްތަކުގެ މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތްހެޔޮމީހާ
25 November 2019
ޢަހަރެންވެސް ކިޔަވަމުން މިދަނީ މަންދު އިން ވަރޗުއަލްކޮށް.ކުރިން ހީކުރީ ދަރިން ކުޑަ ވީމަ މީ ނުވާނެ ކަމެކޭ. ޢކަމަކު ލެކްޗަރައިންވެސް ވ ރަނގަޅު . ކޮލެޖްވެސް ވ ރަނގަޅު ކިޔެވުމުގަވެސް ވ ބޮޑަށް ދަރިވރުންނަށް ފަސޭހަވާނެހެން ކުލާސްތައް އޮންނަނީ . ވަރަށް ބަރާބަރު މަންދު ވަރޗުއަލް ހަމަ އަސްލު ވަރޗުއަލް. %100.
ބްރޯ77
19 November 2019
ސަރުކާރުން "ބަދަލުގެ" ގޮތުގައި ދިން 50 މިލިއަން އޮންނާނެތާ. އެހެންވީމާ މިހާރު ހިލޭ އެއްޗެހި ދޭން ލާރިވެސް ހުންނާނެތާ.
މަގޭގެ
19 November 2019
ބްރޯ77 އަށް މާ ބޮޑަށް އިނގެނީ... ތިކިޔާ މިލިއަނުން އެންމެ ލާރި އެއްވެސް ނުލިބޭ އެތާކަށް އަދި.. ބްރޯ ވެސް ލާރި ބޭނުން ވަންޏާ އެހެން މީހުނާ ހަސަދަ ނުލާ ހަލާލް މަސައްކަތްކޮއްގެން ލާރިޖަމާ ކޮއްލާ...
މަޖިލިސް
19 November 2019
ޙިލޭ ޑިގްރީ ޕްރޮގްރާމޮން އެދެނީ ކުއްޖަކަށް ތިންހާހެއްހާ ރުފިޔާގެ ޑިސްކައުންޓެއް. މިއީ ދެން މާބޮޑު ހަބަރެއްތަ؟ ފައިދާވާނެ މިލިޔަނުން.
ނެގުނުކަތީބު
19 November 2019
ތީ ކޮންތަނަކުން ގެނައި އެއްޗެއްތޯ ތީގަ ހިފުމުގެ ކުރިން ބަލާ ޗެކުކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރަން.
މަގޭގެ
19 November 2019
ވަގަކަށް ހީވާނެ ދެން ތިބި މީހުންވެސް ކުރަނީ ވައްކަމޭ... ހެޔޮ ކަމެއް ކޮއްދެވެން ނޯންނާނެ...
ސޫރަޖު
19 November 2019
މަދަރުސާ ހުޅުވައިގެން ވިޔަފާރިކުރާ މީހުން ދުނިޔޭގެ އެހެންތަންތާ ތިބެނީ އަނގަމަޑުންލައިގެން. މުޖުތަމައުގައި ކަފިކަފިވެފަ ހުންނަ ކަންކަމާއި ފާޅުގަ ގޮތްކިޔާ ޓުވީޓުކޮށެއްނަހަދާނެ އެމީހުނެއް. މިތާ މިވާގޮތަކީ ކިތަންމެ ކަރާޓީ ވާހަކައެއް ދެއްކިއަސް ވިޔަފާރިގަނޑަށް އަސަރެއްނުކުރާނެ. ހެހެހެހެ.
އައްޔުބް
19 November 2019
50 މިލިއަން ރުފިޔާ ނަހަމަގޮތުގައި ސަރުކާރުން ހޯދާ އަދި ލެޕްޓޮޕް ބެހިއަކަސް ރައްޔިތުން ތިބީ ވަރަށް މަންދުއާއި ދޭތެރޭގައި ހިތް ނުތަނަވަސްވެފައި. 300 ވަރަކަށް ކުދިންނަށް ލެޕްޓޮޕް 5ހާސް ރ ގެ ރޭޓުންވެސް އެންމެ ގިނައިން އަރާނީ 1.5 މިލިއަން، އެއީ ކޯޗެއް، ދައުލަތުން ދަމައިގަތް ލާރިގަނޑާ އަޅާބަލާއިރު.
ސދފސދފސ
19 November 2019
އޯކޭ.. ސަރުކާރުން ފުރަތަމަ ޑިގުރީ އަށް ކިޔަވުން ހިލޭ. އިހަށް ވުރެން ދެ ގުނަ އަގުބޮޑުކުރިޔަސް ސަރުކާރުން އެލާރި އެބަދޭ. ކުރީގަ ޑރ އަށް ދެއްކުން 100ރ، މިހާރު އާސަންދަ އިން 300ރ ، އަތުން 100ރ، ހިދުމަތުގެ ފެންވަރު ވީދަށް. މިކަން ވެސް ވަނީ ހަމަ މިހެން.
އުމަރުބެ
19 November 2019
"ވަރަށް އަގު ހެޔޮކޮށް ލެޕްޓޮޕް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި"
ތުއްތުނާ
18 November 2019
ހިލޭ ކިޔަވައިދޭ ގޮތަށް ބަދަލު ކުރިކަމުގައިވިޔަސް ދަރިން ފޮނުވަން ނުކެރޭނެ.......... ރަނގަޅަށް ވިއްޔާ ދަރިވަރުން ނުވެގެން ޖަހާ ސަކަރާތެއް ތިއީ........
ތީތިކަޑަ
19 November 2019
ދަރިން ނުވެގެއް ނޫން... ދަރިން ފޮނުވާކަށް ވެސް ނުޖެހޭނެ... ގޭގަ މައިން ބަފައިން ކާރީ ތިބެގެން ކިޔެވޭނެ ގޮތް ހަދާ ދިނީ މަންދު ކޮލެޖުން ފުރަތަމަވެސް... އަހަރެން ވެސް ބެޗެލާރސް މި ނިންމީ މަންދުވާރޗުއަލް އިން ކިޔަވައިގެން... މަންދު ވާޗުއަލް، އަސްލު ވާޗުއަލް
ގގގ&&&
18 November 2019
އިލެކްޓްރިޝަން ކޯހެއް ފަށާދީބާ..