މާރާމާރީ އަށް ފަހު، ކަނޑަށް އެއްލާލާފައި އޮއްވައި ފެނުނު މީހާ އިތުރު ފަރުވާ އަށް، ސިފައިންގެ އެހީތެރިކަމާ އެކު ކޯސްޓް ގާޑުގައި މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސަށް އަރުވަނީ.---ފޮޓޯ: އެމްއެންޑީއެފް
22 ނޮވެމްބަރ 2019 - 16:01
ބޮޑެތި ޒަހަމްތަކަކާ އެކު އއ. މާޅޮހަށް ރޭ ދަންވަރު ފަތާފައި އެރި މީހާ ހޯދަން އޭނާ ދަތުރުކުރި ދޯނީގެ މީހުން ވެސް އެރަށަށް އެރި ކަމަށާއި އެ އެންމެން މިހާރު ހައްޔަރުކޮށްފައިވާ ކަން، ފުލުހުން ކަށަވަރުކޮށްދީފި އެވެ.
އެކަމަކު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައްޔަރުކުރި މީހުންގެ އަދަދު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ދޯނި ނިސްބަތްވާ ރ. މަޑުއްވަރީ ކައުންސިލްގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ލަނޑާ ނަގާ އެ ދޯނީގައި ހިންގި މާރާމާރީގައި ޒަހަމްކޮށްްލާފައި ވަނީ އެރަށު އިސްމާއިލް ހައްމާދު، ފެހި އަލި، ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަަމަށެވެ.
އޭނާއަށް ފަރުވާދެމުން މިހާރު އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް ވެސް، ބައެއް ފަރާތްތަކާ ހަވާލާދެއްވައި، އަބްދުﷲ ވިދާޅުވި އެވެ.
ނަން ނުޖަހާ ގޮތަށް މާޅޮހުން ވާހަކަދެއްކި މީހަކު ބުނީ ހައްމާދު، 26، ހޯދަން އެރަށަށް އެރީ އޭނާ ދަތުރުކުރި ދޯނީގެ ބައެއް ކަމަށާއި އެ އެންމެން ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި، މިހާތަނަށް އެނގިފައި ވަނީ، މާރާމާރީއަށް ފަހު ހައްމާދު ކަނޑަށް އެއްލައިލީ ކަމެވެ.
ފަތާފައި ގޮސް އޭނާ މާޅޮހަށް އެރީ، އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، ރޭ މެންދަމުން އަލިވެ 3:00 ހާ އިރު، ރަށުގެ ތުނޑީ ކޮޅުންނެވެ.
އޭނާ ގޮސް އެންމެ ފުރަތަމަ ޖެހުނު ގޭގެ މީހުންނަށް ގޮވަން ހަޅޭއްލެވި އަޑަށް ދެ މީހަކު ނުކުތް ކަމަށް، އެކަކު ކިޔައިދިނެވެ. އެކަމަކު އޭނާ ވަރަށް ބޮޑަށް ޒަހަމްވެފައި އޮތުމުން، އެ މީހުން ވަނީ ރަށު ކައުންސިލަރުންނަށާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް އަންގާފައި ކަމަށް، ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުން ބުނީ "ވަރަށް ބޮޑަށް ޒަހަމް ކޮށްފައި އޮތް ދިވެހި ފިރިހެނަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ތިނެއް ޖަހާކަން ހާއިރު ކަމަށެވެ.
ހައްމާދުގެ ހާލު ސީރިއަސް ވެގެން މިއަދު ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް މާލެ ގެނައީ އެމްއެންޑީއެފް ކޯސްޓް ގާޑުގެ އެހީތެރިކަމާ އެކު އެވެ.
ދޯނީގައި ލަނޑާ ނަގަން އުޅެނީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
23 November 2019
މިޤައުމު ސަލާމަތުގެ އައްސޭރިޔަށް ގެންދެވޭނީ ނަޝީދު ސިޔާސީ މައިދާނުން ދުރަށްދިޔަދުވަހަކުން އެހެންނޫނީ މިޤައުގަތިބޭނީ ކަންކަމާނުވިސްނާ އަދިއިތުރުން ކަމާނުބެހާމޫހުންގެ ބޮލުގާކަންކަން އަޅުވާމީހުން
ނަޝީ
23 November 2019
ސުރުހީގައިވާ އެއްޗަކަށް ކޮމަންޓް ކޮށްބަލަ
ހޯރަފުށިކުއްޖާ
24 November 2019
މީހަކު ފޮޑިޔެއް ޖަހާލިޔަސް އަންނި އޭ ކިޔާނީ، ރަނގަޅަށް ވިއްޔަ ސަލަފް ބޭފުޅެއް މީ
ކޮތަރު
23 November 2019
ނޭންގުމެއްގެ ތެރޭގަ ދިވެހިރާއްޖެ އަނދަވަޅަކަށް ވެއްޓެމުންމިދަނީ. ބަޔަކުމީހުން ބޭނުންވަނީ މިތަން އަފްއާނިސްތާނަށްވާން.
ޖާބިރު
22 November 2019
ހެޑްލައިންގަ އިންނަންވާނީ އަސްލު "ކުޑަކުއްޖަކާ ބެހި، އެކުއްޖާ ބަލިވެބޭންދި ހަރުކަށި ފިކުރުގެ މީހަކު ގައިގަ ތަޅާލާފަ ވަލިޖަހާފަ މޫދައް އެއްލާލައިފި" އޭރުން އަސްލު ދިމާވީހީ ހިގި ހާދިސާއާ.
ޖާބިރުގެ ދަރި
23 November 2019
އޭގެ ތެރޭން އެހެންމީހަކު އުޅެނީ އުމުރުން 9 އަހަރުގެ ކުއްޖަކާ އިނދެގެން.
ބިއްލޫރި
22 November 2019
ސަލަފު އުވާލަން މާ ލަސްވެއްޖެ.
ލޮކިިން
22 November 2019
#ބޭން ސަލަފު # ބޭން އެމްޑީއެން.
ބަބުރުކުއްޖާ
22 November 2019
ތިހާ ލާއިންސާނީ ރަހުމް ކުޑަ ބަޔަކަށް އެއްްވެސް ބަޔަކު ހަމްދަރުދީ ވާނެކަމެއްނެތް. ތިމީހުންގެ ޝަރިއްޔަތް މިހާރުން މިހާރަށް ފަށާ ލަސްނުކޮއް އެވެރިންގެ މައްޗަށް މަރުގެ ޙުކުމް އިއްވަން ފެނޭ. ސަބަބަކީ މީހަކު ގަސްތުގައި މަރަން އުލުމުން ކަމަށް ދެކެން.
ހަަސަނުގޯތީ އާދަނު
22 November 2019
ބޭން އެމްޑީޕީ އެއީ ފަހުގެ ތާރީހުގައި ރާއްޖޭގައި ބޮޑުހުޅު ޖެހި މީހުން. މުޒާހިރާ ތައް ކޮށް ހަމަނުޖެހުން ހިނގި ޕާޓީ.
ތިހިން
22 November 2019
ތިހިން ކިއުމުގެ ބޭނުމެއް ނެތް. މާރާމާރީ ހިންގާމީހުން ނުފޮރުވޭނެ. މި ދުނިޔެނޫނީ އާޙިރަތުގައި ނަމަވެސް އަފރާޝީމްއަށް ވެސް އިންސާފު ލިބޭނެ.
ޚުރޫ
22 November 2019
ސަލަފަފަށް ކުރެވުނުހާވެސް ކަމަކީ ފިތުނައާއި ފަސާދަ
ރަންރީދޫ ޓުވިޓަރޭ
22 November 2019
ސީރިއާގަ ތިބި މީހުން ނަމަނަމަ ނުގެންނާތި.
ބަކުރުބޭގެކުޑަތައްޚާނު
22 November 2019
ދެން ވާނީ މަޖަލަކަށް ކުރިކަމަކަށް. މިހާރު ދިވެހިން ބޯގޮވާފައިތިބޭވަރުން ނޭންގޭ މަޖާވާންޖެހޭ ޙާލަތާ ސީރިޔަސްވާންޖެހޭ ޙާލަތެއް.