މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަކަށް ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
09 ޑިސެމްބަރ 2019 - 16:47
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އާ އެކު ހެދި އެއްބަސްވުމުގެ މައްސަލާގެ އާބިޓްރޭޝަން މަރުހަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލު ކުރެއްވި ގޮތާ ގުޅިގެން މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން އެދި ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ނޫމަޑިއާ އެކު ސަރުކާރުން އެއްބަސްވުން ކުރީގެ ސަރުކާރުގައި ބާތިލްކުރި މައްސަލާގައި އެ ކުންފުނިން އާބިޓްރޭޝަނާ ދެކޮޅަށް ހުށަހެޅި މައްސަލާގައި މި ސަރުކާރުން ވަނީ އާބިޓްރޭޝަން މަރުހަލާއިން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ގޮތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ނޫމަޑީގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން މިނިސްޓަރު ކަމުގައި ހުންނަވައިގެން އޭނާ ދައުލަތް ދިފާއު ކުރައްވައި، ދައުލަތުގެ ފަރާތުން އެ މައްސަލާގައި ނެގޭނެ ދިފާއުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެކަމަކު މިނިސްޓަރުކަމުން ވަކިވެ ވަޑައިގަތުމަށް ފަހު، މިދިޔަ ޖޫން މަހު ނޫމަޑީގެ ފަރާތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި ދައުލަތާ ދެކޮޅަށް އޭނާ އާބިޓްރޭޝަނަށް ބަޔާނެއް ދެއްވި ކަމަށާއި އޭގެ ސަބަބުން އެ މައްސަލަ ކާމިޔާބު ކުރަން ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އެ ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވެ އެވެ.
އެހެންވެ، އޭނާ އާބިޓްރޭޝަނަށް ދެއްވި ބަޔާނަށް ރިއާޔަތްކޮށް، އެކަމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ދައުލަތުގެ ސިއްރު މައުލޫމާތެއް ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތެއް ދިން ކަން ނުވަތަ ނޫންކަން ތަހުގީގު ކޮށްދޭން ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އެ މައްސަލަ ތަހުގީގު ކޮށްދޭން ފުލުހުންގެ ކިބައިން އެދުނުއިރު، ނޫމަޑިގެ މައްސަލާގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ކުރިން އޮތީ ނިންމައިފަ އެވެ. އެ މައްސަލާގައި މާލިއްޔަތު ކޮމެޓީއަށް މުއިއްޒު ހާޒިރުކޮށް، ސުވާލު ވެސް ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއިދޫހަސަނު
10 December 2019
މުޢިއްޒުއަކަށް އެކަންޏެއްނޫން ދަޢުވާކުރަންވާނީ. މިދިޔަވެރިކަމުގަޔާއި އަދި އޭގެކުރިންނާއި ފަހުގެ ވެރިކަމުގައިވީނަމަވެސް، ނޭދެވޭހައިގޮތްގޮތަށް ކަންތައް ހިނގާފައިވާކަންތަތަކާއިގުޅިފައިވާކަމުގެ ޝައްކުއުފެދޭއެންމެންގެމައްޗަށް ތަޙުޤީޤުހިންގައި ދަޢުވާކުރެވި، ދައުލަތުގެ މާލަށް އިހުމާލުވެ، ގެއްލުންދީފައިވާ މިންވަރު ދައުލަތަށް އަނބުރާގެނެވެންޖެހޭނެކަމުގައި ދެކެން. ވަކިމީހެއް ދައުރެއް ކިޔާނެކަމެއްނެތް.
މިނިސްޓަރުގެ ލިސްޓް
10 December 2019
އަޑުއިވިފައިވަނީ މުއީޒު އެގޮތަށް ނޫމަޑިއާ އެއްކޮޅަށް ބަޔާންދިނީ އާބިޓްރޭޝަނުން ލިބޭ ފައިސާގެ ބައެއް އޭނައަށް ދޭން ނޫމަޑިން އެއްބަސް ވެގެން ކަމަށް އެހެން ވެއްޖެނަމަ މުއީޒު އެކުރީ ކަނޑައެޅިގެން ބޮޑު ކުށެއް
ޭެޭާއެޑަމް
10 December 2019
ކޮރަޕްސަންހުއްޓުވަން ރައްޔިތުންތިބީ ރައީސްއަށާސަރުކާރައް އެއްބާރުލުން ދޭންތައްޔާރަށެވެ.އެކަމަކު ސަރުކާރާހަމައިން ތޮއްޑުދަށުންދަންޏާހުއްޓޭނެތޯ?
އެޑަމް
10 December 2019
ިއިސްމާލުއަބުދުލްހަމީދު ތިލަފުއްޓައް ގެނައިކޮޅުވެއްޓި ކޮބައިތޯ? މަސްއަލަ ޢޭސީސީންބެލިތޯ އާއެއްޗެއްގެނަމުގާ ދަބަރުތަޅައިގެންދަވާދުލައިގެންގެނައީ ފޫވެއްޓިފައޮތް އެތިގަޑެއްޢަނެއްކާހަމަ އޭނައެގެންގޮސްވިއްކާލީ ދައުލަތައް ކިހާބޮޑު މާލީގެއްލުމެއްތޯ ކޮންތަނަކުންތޯ މަސްއަލަބަލަނީ?
މަރިޔަބޫ
10 December 2019
މުއިއްޒު ގެ ބެލުމުގެ ދަށުން ހިންގިހުރިހާ ކަމެއްގައި ރައްޔިތުންނަށް ވީ ގެއްލުން. ޖެހެނީ ރަގަޅަށް ޝަރީއަތްކުރަން.
އެޑަމް
10 December 2019
ޕާކިންކުރަން މާލޭގެ އެތަންމިތާހެދި ހަރުތަކުން ކިހާވަރެއްގެ މަންފާއެއްތޯނެގީއެއްވެސްބޭނުމެއްނުހިފި ބާދަގަޑައް އުކާލީލިބުނު މާލީގެއްލުމުގެ ބަދަލުޙޯދާކައް ނުޖެހޭތޯ
އެޑަމް
10 December 2019
މަޖީދީމަގު ހެދުމުގެނަމުގާ ހުރިހާ ގާނަގާއުކާލާފަ އަލުންގާ އެތުރީ ގަލެއްގެ އަގުކިހާވަރަކައްޖަހައިގެންތޯ އަދި މިގާ ބޭރުންގަތީކޮންއަގަކައްތޯ ބަލާބަލަ ނޫމަޑިއައްވުރެ ދައުލަތައް ލިބުނު މާލީ ގެއްލުމާ ޖީބައްވަތްވަރުއޭސީސީން ބަލާފިނަމަ މާމަތިވާނެ!!
ނޫމާ
10 December 2019
ތި މީހާ ގެ މައްސަލަ ނުބަލާ މާ ލަސްވެސް ވެއްޖެ
ސިދާ
09 December 2019
މީނާކުރިކޮންމެކަމެެްވެސް ކޮށްފައިހުރީ ދެފަހަރުކުރާގޮތަށް
ދނކޔ
09 December 2019
އިބޫ ހުވާ ކުރި ދުވަހު ވެސް ގޭޓު ދޮށަށް މީހުން އެއްކޮށްގެން މުއިއްޒު ފްލެޓް ބެހި. ނޫމަޑި އެކަނި ނޫން. އޭނަގެ ހުރިހާ މައްސަލައެއް ވެސް ބަލަންވީ. މިކަމުގަ އުޅުނު މީހުން މި ވެރިކަމުގަ ޕްލޭނިންގ މިނިސްޓްރީގަ ވަކި ހިއްޕާފައި ވަނީ. މި މީހުން ދުރުކޮށްގެން ހަގީގީ އެމްޑީޕީ ވެރިކަމެއް ހިނގާނީ.