ބާސެލޯނާ މެޗެއްގެ ތެރެއިން މެސީ އާއި ރޮނާލްޑީނިއޯ.--
14 ޑިސެމްބަރ 2019 - 10:48
ލަންޑަން (ޑިސެމްބަރު 14) - ފުޓްބޯޅަ ތާރީހުގައި އެންމެ މޮޅީ ބާސެލޯނާގެ ތަރި ލިއޮަނަލް މެސީ ކަމަށް ބުނަން އޭނާ އަށް އުނދަގޫކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑީނިއޯ ބުނެފި އެވެ.
ދާދި ފަހުން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ވަނީ ހަ ވަނަ ފަަހަރަށް ބެލޮންޑިއޯ ހޯދައި އެ އެވޯޑް އެންމެ ގިނައިން ހޯދުމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. މީގެ ކުރިން ރޮނާލްޑީނިއޯ ވަނީ ގިނަ ފަހަރެއްގެ މަތިން އެކި ޕޯޑިއަމްތަކުގައި މެސީ އަށް ތައުރީފުކޮށްފަ އެވެ.
ބްރެޒިލްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑީނިއޯ ބުނީ މެސީ އަކީ މި ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނުމުން ދެބަސްވެވޭނެ ފަރާތެއް ހުރެގެން ނުވާނެ ކަމަށެވެ.
"އަހަރެން މެސީ އަށް ޓަކައި އުފާކުރަން. އޭނާ އަކީ ބާސެލޯނާގެ ރޫހު. މެސީ އަކީ މި ޖީލުގައި ހުރި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އެކަމާ ދެބަހެއް ނުވެވޭނެ،" 2005 ވަނަ އަހަރު ބެލޮންޑިއޯ ހާސިލްކުރި ރޮނާލްޑީނިއޯ ބުންޏެވެ.
"ކުޅުންތެރިން އަޅާކިޔުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫން. އެއީ ހަގީގަތުގައި ފުޓްބޯޅަ ތާރީހުގައި އެންމެ މޮޅު ކުޅުންތެރިޔާ ކަނޑައަޅަން އުނދަގޫވީމަ. ޑިއޭގޯ މަރަޑޯނާ އާއި ޕެލޭ ދެން ރޮނާލްޑޯ ވެސް އެބަހުރި. އެހެންވެ އަހަންނަށް އުނދަގޫ ފުޓްބޯޅަ ތާރީހުގައި އެންމެ މޮޅު ކުޅުންތެރިޔަކީ މެސީއޭ ބުނަން. އެކަމަކު ޔަގީނުން ވެސް މި ވަގުތަށް ބަލާއިރު އެންމެ މޮޅީ މެސީ،"
ބާސެލޯނާގެ ޔޫތު ޓީމުތަކުން މެސީގެ ވިދުން ގަދަވަމުން އައިއިރު ސީނިއާ ޓީމުގައި ހުރި ތަރިއަކީ ރޮނާލްޑީނިއޯ އެވެ. ބާސެލޯނާ ސީނިއާ ޓީމަށް މެސީ ޕްރޮމޯޓްކޮށް ކުޅުމުގެ ފުރުސަތު ދޭން ފެށުމުން އޭނާ އަށް ރޮނާލްޑީނިއޯ ވަނީ އެކި ގޮތްގޮތުން އެހީތެރިވެދީފަ އެވެ. ބާސެލޯނާގެ ކޯޗު ފްރޭންކް ރައިކާޑްގެ ނަޒަރުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޕްރެޝަރެއް ނެތި މެސީގެ ހުނަރު އެންމެ މޮޅަށް ދައްކަން ރޮނާލްޑީނިއޯ އާއޮ ކާލޯސް ޕުޔޯލް ފަދަ ކުޅުންތެރިން މުހިއްމު ދައުރެއް އަދާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހޫ
15 December 2019
މެސީއާ އަޅާ ނުކިޔޭނެ. މިރޮނާލްޑީނިއޯވެސް ވަކިހިސާބަކުން ފެންވަރުއޮޅި އަޚްލާޤުދަށްވުމުން ޓީމުން ވަކިކުރަންޖެހުނީ. ކަމަކީ ޕާޓީކުރުން މެޗުއޮންނަދުވަހުގެ ކުރީރޭގަ. އޭސީމިލާނަށް ގޮސްފައިވެސް ހަމަމިހެން އުޅުނީ. އެކަމު މެސީ ރޮނާލްޑޯ އެހެން ނޫޅޭ.
ބާލައާދަނު
15 December 2019
މެސީ އޭ ބުނާ އިރަށް ފަންކާތައް އެނބުރިގަންނަ ވަރެއް ދޯ. ރޮނާލްޑީނިއޯ އެބުނީ މެސީއަކީ ދުނިޔޭގަ މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނަން ދައްޗޭ. ރޮނާލްޑީނިއޯ ވެސް އެބަ އެއްބަސްވޭ މި ޖީލު ދުއް އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށް ކޮބާ މީގަ މައްސަލަ އަކީ. އިހުގެ ކުޅުންތެރިންނާ މިހާރުގެ ކުޅުންތެރިންނާ އަޅާކިޔުމަކީ އުނދަގޫ ކަމެއް. އެއީ އެ މީހުންގެ ހުނަރު އަހަރެމެންނަށް ފެނިފަ ނުވާތީ. އެ މީހުންގެ ކުޅުން ހަމަ ލޮލަށް ނުފެނި ޖަޖް ނުކުރެވޭނެ
ނީރާ
14 December 2019
ޖަމަޔަޤީނުންވެސް އަހަރެންގެ ނަޒަރުގައިމެސީ އަށްވުރެ ރޮނާލްޑީނިޔޯ ހުރިހާގޮތަކުންވެސް މޮޅު
އުދަބާނި
14 December 2019
1 ނުވަތަ 2 ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މީހަ ކާއި 5 ނުވަތަ 6 ފަހަރު ދުނިޔޭގެ މޮޅުކު ކުޅުންތެރިޔާގެ މަގާމު ހޯދާމީހާ އަޅާ ނު ކިޔޭނެ. ވީމާ ބުނެވޭނީ 6 ފަހަރު މޮޅުކުޅުންތެރިޔާ މަގާމު ހޯދި މެސީއޭ އެންމެ މޮޅީ. ދެން ރޮނާލްޑޯއޭ.
އަލީ އަހުމަދު
14 December 2019
ރޮނާލްޑީނިއޯ ކިތަންމެހާވެސް މޮޅު، އެކަމަކު މެސީ އެބަ ކޮންމެ މެޗެއްގަހެން ތަފާތު މޮޅު ކުޅުމެއް ކުޅެ އަދި ނަތީޖާ އެބަ ނެރެދޭ. ރޮނާލްޑީނިއޯވެސް މިހާގިނަ މެޗުގައި ނެތް ތަފާތު ކުޅުން ދައްކާ ނަތީޖާ ނެރިދެވިފައެއް.
އަސްލު ހަގީގަތް
14 December 2019
ރޮނާލްޑީނިޔޯއަކީ މެސީހެން ގިފްޓަޑް ކުޅުންތެރިޔެއް. އެކަމަކު މެސީޔަށްވުރެ މޮޅެކޭ ނުބުނެވޭނެ. ރޮނާލްޑީނިޔޯގެ ޕީކްގައި ފަން ނަމަވެސް އޭނަޔަށް އެއް ފެންވަރެއްގައި ހިފަހައްޓައެއް ނުލެވުނު. މެސީވަނީ އެއް ފެންވަރެއްގައި 12 އަހަރު ހިފަހައްޓާފައި. އަދި އޭނަޔަކީ ޑްރިބްލިންގް، ޕާސިންގް އަދި ގޯލް ސްކޯރިންގައި އެއްވަނަ. މި ހުރިހާ ކަންތައްތައް ފުރިހަމަ ކުޅުންތެރިޔެއް ނުހުންނާނެ.
ކުރުނބަ
14 December 2019
1 އަހަރު 2 އަހަރު މޮޅަށް ކުޅޭ ބްރެޒިލް ފަސްގަނޑަށް އުފަން ގިނަކުދިން މީގަ ޗެލެންޖަކީ އެތައް އަހަރެއްވަންދެން އެއްފެންވަރެއްގައި ހިފަހައްޓާލުން. މިމޭރުމުން ބުނަންޏާ އެންމެ މޮޅީ މެސީ.