ވިޔަފާރި / އެއާޕޯޓް އާ ޓާމިނަލް

ބިޔަ މަޝްރޫއުގެ ރީތި މަންޒަރުން އެއާޕޯޓް ބަދަލުވަނީ

އަލަށް ހަދާ ފިއުލް ފާމުގެ ބައެއް ޓޭންކުތައް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިތާ ތިން އަހަރު ވެގެންދިޔަ އިރު، އެތަނަށް ބޮޑެތި ބަދަލުތަކެއް އަންނަ މަންޒަރު މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. ބާރު ސްޕީޑުގައި ގިނަ މަސައްކަތްތައް ކުރިއަށްދާ އިރު އަންނަ އަހަރުގައި ބައެއް ތަންތަނުގެ ބޭނުން ކުރަން ފެށޭނެ އެވެ. އެއާޕޯޓަށް އަންނަމުންދާ ބަދަލުތައް އަނެއްކާ ވެސް މިވަނީ އިއްޔެ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

އެއާޕޯޓު ބޮޑު ޕްރޮޖެކްޓްގެ ތެރެއިން މިދިޔަ އަހަރު ވަނީ ރަންވޭގެ މަސައްކަތް ނިންމާލައިފަ އެވެ. އެހެން ނަމަވެސް އެތަނުގެ ބޭނުން ކުރަން ނުފެށިގެން އުޅެނީ، އެ ސަރަހައްދަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ނުގެނެވިގެންނެވެ. އެއާޕޯޓުގައި ތަރައްގީ ކުރާ ގިނަ މަސައްކަތްތަކުގެ ވަރަށް ބޮޑު ބައި ނިމުމަކާ ގާތްވެފައިވާ އިރު މިހާރު ކުރިއަށްދާ ގިނަ މަސައްކަތްތައް އަންނަ އަހަރު ފަހުކޮޅު ނިމޭނެ އެވެ.

އެގޮތުން އެއާޕޯޓުގެ ފިއުލް ފާމުގެ މަސައްކަތާއި ކާގޯ ޓާމިނަލް އާއި އާއި ސީ ޕްލޭން ޓާމިނަލް އަންނަ އަހަރު ނިންމާލާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލުން ވަނީ ދީފަ އެވެ. މި ތަންތަން ނިމުމުން އެއާޕޯޓަށް 1،000 މުވައްޒަފުން އިތުރަށް ބޭނުންވާ ކަމަށް އެކްޓިން މެނޭޖިން ޑިރެކްޓާ މޫސާ ސޯލިހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިތަންތަނަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދުމުގައި ދަތިތައް ކުރިމަތިވި ނަމަވެސް މުވައްޒަފުން ތަމްރީނު ކުރުމުގައި މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވަމުން އަންނަ ކަމަށެވެ.

އެއާޕޯޓުގައި ޕާކުކޮށްފައިވާ ބައެއް ޕްލައިޓްތައް--ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިއުލް ފާމުގެ 40 ޕަސެންޓް ނިމިއްޖެ

އަލަށް ހަދާ އޭވިއޭޝަން ފިއުލް ސްޓޯރޭޖްގައި ތިން ބޮޑު ޓޭންކެއް ހަދާފައިވެ އެވެ. ކޮންމެ ސްޓޯރޭޖެއްގެ ކެޕޭސިޓީއަކީ 15 މިލިއަން ލީޓަރެވެ. އެހެންކަމުން އަލަށް ހަދާ މި ފިއުލް ފާމުން ޖުމްލަ 45 މިލިއަން ލީޓަރުގެ ފިއުލް ރައްކާ ކުރެވޭނެ އެވެ. އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެންމެ މުހިއްމު އެކަތި ކަމަށްވާ މަތިންދާ ބޯޓުތަކަށް ބޭނުންވާ ތެޔޮ ރައްކާކުުމެ ގާބިލްކަން އިތުރު ކުރުމަކީ، މުޅި އެއާޕޯޓުގެ ހިންގުމަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެކެވެ. މި ވަގުތު އެއާޕޯޓުން ރައްކާ ކުރެވެނީ 15 މިލިއަން ލީޓަރެވެ. އެހެންވެ އާ ފިއުލް ފާމާ އެކު އެއާޕޯޓުގެ ފިއުލް ސްޓޯރޭޖު ތިން ގުނައަށް އިތުރުވާނެ އެވެ.

މަތިންދާ ބޯޓަށް ބޭނުންވާ ފިއުލްގެ އިތުރުން އެއާޕޯޓުގެ ފިއުލް ފާމުގައި ރައްކާ ކުރާ ޑީސަލް ރައްކާ ކުރާ މިންވަރު ވެސް އިތުރު ކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ކުރެ އެވެ. އެގޮތުން ޑީސަލް ރައްކާ ކުރުމަށް އާ ދެ ޓޭންކް މިހާރު ވަނީ ހަދައިފަ އެވެ. އެތަނުގެ ކުލަ ލުމާއި ޓެސްޓިން މަސައްކަތްތައް ވެސް ވަނީ ނިމިފަ އެވެ. އަދި މިހާރު އެތަން ވަނީ ޕައިޕިން މަސައްކަތްތަކަށް ތައްޔާރުވެފަ އެވެ. އަލަށް ހަދާ ދެ ޓޭންކަކީ 500 މެޓްރިކް ޓަނުގެ ދެ ޓޭންކެވެ.

ފިއުލް ފާމުގެ އެއް ޓޭންކް. މީގެ އެއް ޓޭންކުން 15 މިލިއަން ލީޓަރު ރައްކާކުރެވޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއޭސީއެލްގެ ކޯޕަރޭޓް އެފެޔާޒްގެ ޑެޕިއުޓީ ޗީފް އޮފިސާ މުހައްމަދު ނިޔާޒް ވިދާޅުވީ، ފިއުލް ފާމާ އެކު އެ ސަރަހައްދުގައި ފަޔާ ފައިޓިން ޕްލެޓް ފޯމެއް ވެސް ހަދަމުންދާ ކަމަށެވެ. އަލިފާނުގެ ހާދިސާއެއް ދިމާވާ ހާލަތެއްގައި ވީއެންމެ އަވަހަށް އެކަމަށް އެޓެންޑު ވެވޭނެ މަގުފަހިކުރުމަށް ޓަކައި ފިއުލް ފާމާ އިންވެގެން އޮންނަ މޫދު ސަރަހައްދުގައި އެ ފްލެޓް ފޯމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަލިފާން ނިއްވާލުމަށް ބޭނުންވާ ފެނާއި، ފޯމާއި އެހެން ވަސީލަތްތައް ވެސް އެތަނުގައި ގާއިމް ކުރެވޭނެ އެވެ.

މި ޕްލެޓް ފޯމު އަޅަނީ ކަނޑާ ގާތްގަނޑަކަށް 20 މީޓަރު ކައިރި ސަރަހައްދެއްގަ އެވެ. އަލިފާނުގެ ހާދިސާއެއް ދިމާވާ ހާލަތެއްގައި ކަނޑުގެ 11 މީޓަރު އަޑިން ފެން ނެގޭނެ ނިޒާމެއް ހުރި މިތަން ހަދަނީ ސްޓީލުންނެވެ.

ފިއުލް ފާމު ސަރަހައްދުގައި ތެޔޮ ބޯޓުތައް ކައިރި ކުރުމަށް ހާއްސަ ފާލަމެއް ވެސް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ފިއުލް ޖެޓީގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށް. އެތަނުގެ ޓެމްޕަރަރީ ޕްލެޓްފޯމުގެ މަސައްކަތް މިހާރު އެވަނީ ނިމިފަ،" އޭނާ ވިދާޅުވި އެވެ.

ފިއުލް ޖެޓީގެ މަސައްކަތް ކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއާޕޯޓު ފިއުލް ފާމުގެ ހިދުމަތް ދޭން ފެށުމުން އެންމެ ބޮޑެތި ތެޔޮ ބޯޓުތައް ކަމަށްވާ 45،000 މެޓްރިކް ޓަނުގެ ތެޔޮ ބޯޓުތަކަށް ވެސް އެ ސަރަހައްދާ ކައިރި ކުރެވޭނެ އެވެ.

ފަޔާ ފައިޓިން ޕްލެޓްފޯމު ފެބްރުއަރީ މަހު ނިމޭ އިރު ފިއުލް ޖެޓީގެ މަސައްކަތް ޖުލައި މަހަށް ނިންމާލެވޭނެ އެވެ. އަދި އޯވަރޯލް ފިއުލް ފާމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމައި، 2021 ވަނަ އަހަރު ހިދުމަތްދެވޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"މި ވަގުތު އެއާޕޯޓުގައި މި އިންނަނީ 18 ދުވަހުގެ ސްޓޯރޭޖެއް. އެހެންވީމަ ކޮންމެ 15 ދުވަހަކުން ތެޔޮ ރައްކާކުރުމަށް ގެންނަ ޖެހިފަ މިއިންނަނީ. ކޮންމެ ދުވަހަކު ހެން 600 މީޓާސް ޕާ ޑޭ ބޭނުން ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ ބައެއް ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ސަރަހައްދުގައި ހުރި ބޮޑެތި ޓޭންކުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށްހެން ވަނީ ނިމިފަ އެވެ. ޓެންކުތަކުގެ ދިގުމިނުގައި 15 ބުރީގެ ހުސް މިން ހުންނަ އިރު ޓޭންކު މައްޗަށް އެރުމުން މުޅި އެއާޕޯޓުގެ މަލަމަތި ވަރަށް ރީތިކޮށް ފެންނާނެ އެވެ.

ނިޔާޒް ވިދާޅުވީ، އެއާޕޯޓު ބޮޑު ކުރުމާ އެކު، ހިދުމަތް ދޭން ޖެހޭ ފްލައިޓްތައް އިތުރުވާނެ ކަމަށް ބަލައި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ލީޓަރު ދޫކުރެވޭނެ ގާބިލްކަން ފިއުލް ފާމުގައި ހުންނާނެ އެވެ.

އާ ޓާމިނަލްގެ ލެވެލް ފައުންޑޭޝަން ނިމުމަކަށް

އާ ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ފަހުން މަސައްކަތް ފެށީ މިދިޔަ ޖޫން 27 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ހިމެނޭ ގޮތަށެވެ. އެ ޓާމިނަލްގައި 38 އެރައިވަލް ކައުންޓަރައި 50 ޑިޕާޗާ ޓާމިނަލް ހިމެނޭ އިރު 10 ސްކްރީނިން މެޝިނާއި 10 ގޭޓު ހުންނާނެ އެވެ. މީގެ އިތުރުން އާ ޓާމިނަލްގައި 6 އީރޯބްރިޖް ވެސް ހުންނާނެ އެވެ.

އާ ޓާމިނަލްގެ ކޮސްޓްރަކްޝަން މަސައްކަތް ކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓާމިނަލްގެ ލެވެލް ފައުންޑޭޝަންގެ މަސައްކަތް ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް މިހާރު ދާ އިރު 2022 ވަނަ އަހަރުގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ އެވެ.

"ފައިލްކެޕްސް ޖެހުމުގެ މަސައްކަތް މިހާރު ކުރަނީ. ދެން އޮންނަނީ ކޮލަމްތައް ޖެހުން. ކޮލަންތައް ނިމުމުން ސްޓީލް ސްޓްރަކްޗާ އަންނާނީ. އެހާ ހިސާބުން މަސައްކަތް ކުރިއަށް ދާތަން ފެންނާނެ،" އެމްއޭސީއެލްގެ މެނޭޖާ މުހައްމަދު ސޮލާހު ވިދާޅުވި އެވެ.

ޓާމިނަލްގެ ލެވެލް ފައުންޑޭޝަން އަޅާފައި އޮތް ސަރަހައްދު-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ޓާމިނަލްގެ މިހާރު 15 ޕަސެންޓް މިހާރު ނިމިފައިވާ އިރު އެތަނުގެ އިމާރާތުގެ ބޮޑު ބައި ހަދަނީ ރާވައިގެންނެވެ. އެކަމަށް ބޭނުންވާ ސްޓީލް ސްޓްރަކްޗާ ގެންނާނެ ކަމަށް ބެލެވެނީ ޗައނާއިންނެވެ. އާ ޓާމިނަލް އިން ދިވެހިވަންތަ ޑިޒައިން ވަރަށް ބޮޑަށް ފެންނާނެ ކަމަށާއި، ޓާމިނަލަށް ވަންނަ ހިސާބުން ވެސް ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކާލާނެ ކަމަށް ސޮލާހު ބުންޏެވެ.

ކާގޯ ޓާމިނަލުން އޭޖެންޓުންނަށް އޮފީސް ސްޕޭސް

ކާގޯ ރައްކާކުރާ އާ ޓާމިނަލްގައި އެކްސްޕޯޓް ޓާމިނަލަކާއި އިމްޕޯޓް ޓާމިނަލެއްގެ އިތުރުން ޕެރިޝަބަލް ސާމާނު ބެހެއްޓުމަށް ހާއްސަ ބައެއް ހުންނާނެ އެވެ. ގާތްގަނޑަކަށް 11،000 ސްކޮއާ މީޓަރުގެ މި އާ ކާގޯ ޓާމިނަލަކީ، މިހާރު އެއާޕޯޓުގައި ހުރި ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ތަނެކެެވެ.

އާ ޓާމިނަލްގައި ތަކެތި ބެހެއްޓުމުގައި ވީހާ ވެސް ބޮޑަކަށް ސެގްމެންޓް ކުރެވޭނެ އެވެ. އެގޮތުން ޕެރިޝަބަލް ސާމާނާއި ދިރޭ ޖަނަވާރާއި ނުރައްކާތެރި ތަކެތި ބެހެއްޓުމަށް ހާއްސަ ސަރަހައްދުތައް ކަނޑައަޅާނެ އެވެ.

ސީ ޕްލޭން ޓާމިނަލްގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި: އަންނަ އަހަރުގެ މޭ މަހު ހުޅުވާނެ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއޭސީއެލްގެ މެނޭޖާ އަމްޖަދު ނަސީރު ވިދާޅުވީ، އެއާލައިންގެ މީހުންނާއި އޭޖެންޓުންނަށް އިދާރީ ކަންކަން ހަމަޖެއްސުމަށްޓަކައި ބޭނުންވާ އޮފީސް ސްޕޭސް ލިބޭނެ އެވެ. އެގޮތުން ފެޑެކްސް އާއި ޑީއެޗްއެލް ފަދަ އޭޖެންޓުންނަށް ކާގޯ މެނޭޖް ކުރުމުގެ ކަންކަން ކުރުމަށްޓަކައި އޮފީސް ސްޕޭސް ލިބޭނެ އެވެ.

"އާ ޓާމިނަލް ނިމޭއިރު ޖެޓީ އޭރިއާ ހުންނާނީ ހިޔާ ކުރެވިފައި. މީގެ އިތުރުން ހަތް ކްރޭނު ހުންނާނީ އިންސްޓޯލު ކުރެވިފައި. އެހެންވީމަ ބަރު އެއްޗެހި ބަލައި އަރުވާ ހެދޭގޮތަށް ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

އަމްޖަދު ވިދާޅުވީ، އާ ކާގޯ ޓާމިނަލްގެ ސަބަބުން މަސް އެކްސްޕޯޓު ކުރާ މީހުންނަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ވާނެ ކަމަށެވެ. ކާގޯ ޓާމިނަލްގެ 40 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ އިރު އެތަނުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ފަހުކޮޅު ނިމޭނެ އެވެ. މި ކާގޯ ޓާމިނަލާ އެކު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވެސް 500 އަށް އިތުރު ކުރަންޖެހެ އެވެ. މިހާރު ކާގޯ ޓާމިނަލްގައި މަސައްކަތް ކުރަނީ 200 އެއްހާ މުވައްޒަފުންނެވެ.

ކާގޯ ޓާމިނަލްގައި 11،000 އަކަ މީޓަރު ހުރޭ. މިއީ މިހާރު ހުރި ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ޖާގަ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަތަރު ބުރީގެ ސީޕްލޭން ޓާމިނަލް ހަތަރު އޮޕަރޭޓަރުންނަށް!

ސީ ޕްލޭން ޓާމިނަލްގެ މަސައްކަތަކީ އެއާޕޯޓު ޕްރޮޖެކްޓްގެ އެންމެ ބާރު ސްޕީޑުގައި ކުރިއަށްދާ އެއް މަސައްކަތެވެ. މި މަސައްކަތް ނިންމުން އެހާ ބޮޑަށް މުހިއްމުވަނީ، އާ ރަންވޭ ހުޅުވެން އޮތީ މިހާރު ބޭނުން ކުރާ ޓާމިނަލް އެތަނުން ނެގުމުން ކަމަށްވާތީ އެވެ. ސީ ޕްލޭން ޓާމިނަލްތައް މިހާރު ހުރިތަނުން ހުސްކުރަން ޖެހޭ އިރު ސީ ޕްލޭން ޓާމިނަލް ހުޅުވާތާ ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލްތައް ތަޅާލައި އެ ސަރަހައްދު ހުސްކުރެވޭނެ އެވެ.

މޫސާ ސޯލިހު ވިދާޅުވީ، އާ ސީ ޕްލޭން ޓާމިނަލާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި ބޭނުންވާ ރަނގަޅު އާމްދަނީއެއް އެތަނުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހަތަރު އޮޕަރޭޓަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ހަދާފައިވާ މި ސީޕްލޭނަށް އިތުރު އޮޕަރޭޓަރަކު ގެންނަ ނަމަ ކުރިއަށް އޮތްތަނުގައި ވެސް ކައިރި އިތުރު ސަރަހައްދުތައް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމަކީ ދެމިގެންދާނެ ކަމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އަންނަ ބަދަލުތަކާ އެކު އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 800 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ސައުދީގެ ބިންލާދިން ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ޕްރޮޖެކްޓްގެ ތެރެއިން 3.400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ. އެއާޕޯޓަށް ބޮޑު ބަދަލުތަކެއް ގެންނަ މި ޕްރޮޖެކްޓް ނިމުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ، އެންމެ ޒަމާނީ ހިދުމަތްތައް ދޭ އެއާޕޯޓަށް ވެގެންދާނެ އެވެ.

54 ކޮމެންޓް, 111 ރިއެކްޝަންސް

icon happy icon happy 99%
icon sad icon sad 0%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާހީމް ހާއިލް

24 December 2019

ތަރައްގީ ބޭނުން .. ވައްކަމާއި ޚިޔަނާތާއި ،، އަނިޔާވެރިކަން ބޭނުމެއްނޫން.

The name is already taken The name is available. Register?

ައާދަމް

21 December 2019

ޝުކުރިއްޔާ ރައީސް ޔާމީން ނޫން އެއްޗެއް ހެޔޮހިތުން ނުބުނެވޭނެ.. ރައީސް ޔާމީނަށް ހަމަށާބަހާ އައްސަރިބަސް..

The name is already taken The name is available. Register?

‫ތުއްތޮންބެ

20 December 2019

ހ‫ުރިހާ ޝުކުރަކާ ތައުރީފެއް ހައްގުވަނީ ދިވެހިންގެ 21ވަނަގަރުނުގެ ތަރައްގީގެބާނީ ރައީސް އަބުދުﷲޔާމީން އަބުދުލްގައްޔޫމް. އަރިހައް ތިގުލްޝަނުގެ އަދިވެސްދާހިތޭވަނީ ތިގެނެސްދެއްވި ތަރައްގީ އަދުވެސް ދެކޭހިތޭވަނީ.

The name is already taken The name is available. Register?

ޔާސިރު

19 December 2019

ހައްތަހާވެސް ރައީސް ޔާމީންގެ މިންނެތް ބުރަ މަސައްކަތްތައް. އެބޭފުޅާގެ ރައްކާ ކުރައްވާށި

The name is already taken The name is available. Register?

ލާބަ

19 December 2019

އަހަރެންގެ ލޯބިވާ ރައީސް ޔާމީނަށް ހާސް ފަށުން ޝުކުރު ދަންނަވަން. އެންމެ 5 އަހަރުތެރޭ ތިޔަކޮށްދެއްވި ބޮޑެތި މަސެއްކަތްތައް ލޮލަށް ފެނުމުމުން އުފަލުން ރޮވޭ. ތިޔަފަދަ ހިންގުންތެރި ރައީސެއް ނުދެކެން. މަނިކުފާނަށް އެކި ގޮތްގޮތުން ކުރި ޖެއްސުމާ ގޮވި އެއްޗެހި ހިތަށް އެރިޔަސް ދެރަވޭ.

The name is already taken The name is available. Register?

ބޯހަަރުު

19 December 2019

މި 5 އަހަރު ހުޅުވާނީ ހުސް ޔާމީނު ކުރި ކަންކަން ، ވެރިޔަކައް ހުރި މޯލްޑިވްސް ސިރިސޭނާ ، ވަރައް ވާހަކަ

The name is already taken The name is available. Register?

އެކްސެލެންސީ

19 December 2019

އިބްރާހިމް މުޙައްމަދު ޞާލިހް އެއްގޮތަކަށްވެސް ހާސްވެ ކަންބޮޑުވެނުލައްވާތި! މަނިކުފާނުގެ ޒަޢާމަތުގަ ދިވެހިންނަށް ތަރައްޤީ ފެންނާނެ އިޚްލާސްތެރިކަމެއް ހުރިއްޔާ! އެހެނީ ތަރައްޤީގެ ބާނީ ޖަލަށް ވަޑައިގެންނެވީ ދުރުރާސްތާއަށް ވިސްނަވައި ކުރިޔަށް އޮތް 15 އަހަރުގެ ތަރައްޤީގެ ބިންގާ އަޅުއްވާ ދެއްވާފަ. މަނިކުފާނު ކުައްވަން ޖެހިވޑައިގަންނަވާނީ ހަމައެކަނި ރިބަންކަނޑުއްވާލަން ކިހާ އީޒީ ދެއްތޯ. ޔާމީން ބެއްލެވީ ކުރިމަގު އުޖާލާކުރެވޭތޯ. ޝުކުރިއްޔާ ރައީސް ޔާމީން!

The name is already taken The name is available. Register?

ޝޮކްތެރަޕީ

19 December 2019

އިއަރޕޯޓުގެ ބޮޑުބައެއް ނިމުނިސް. މި ސަރުކާރުން އިއަރޕޯޓުގެ މަސައްކަ ނުހުއްޓުވިނަމަ. ޔާމިނަ ޝުކުރު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

19 December 2019

އިޤިރޭސިންދޫކުރި ފެންވަރުގެ އެއަރޕޯޓާއި އެތައްއިމާރާތާއި ފުރިހަމަވަސީލަތްޤާއިމްކޮށްފައިހުރި ޓާޝަރީ ހޮސްޕިޓަލާއި އިންޖީނުގެ އަދި އެއްގަމުއެތައްއުޅަނދާއިއެކު އައްޑޫ ގޭންއައިލެންޑް މާލޭސަރުކާރުންލޫޓުވާ ޢަނީމާމުދަލުގެގޮތުގައިމުޅިރަށްދަވާނުލިނަމަ އަދިވެސް ހުޅުލެއަށް ގަމާއި އަރާހަމަނުކުރެވޭނެ. # ރޮޔަލް އެއަރފޯސްގެ ބޭނުމަށްތަރައްޤީކުރިގަމުގައި 40 ހާސްގެލަން ޖެޓްފިއުލްސްޓޯރޭޖްހަދާފައިހުއްޓާ މާލޭސަރުކާރުން ބާދަނގަޑުގެގޮތުގައި ތާގީތައްކުދިކުދިކޮށް ކޮށާލި.

The name is already taken The name is available. Register?

ޢެޑްމުންޑޯ

19 December 2019

ޔާމީނުގެ ދުރުވިސްނޭ ތަރައްގީ މިގައުމުން މިހެރެފެންނަނީ ، މިބިޔަ މުހިއްމު މަޝްރޫއު ނުފަށާ އޮއްވާ ވެރިކަން ބަދަލުވިނަމަ ، މިވެރިން އެއަރޕޯރޓް ހިންގަންނޭގި އަނެއްކާވެސް ޖީއެމްއާރަށް ކުއްޔަށްދޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454